Hoadhamun Dhiya Dingee Fenijje
vfp.mv
MIB
MIB
ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެ
inage
ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެ
  ހަބަރު | | 12 އޮކްޓޯބަރ 2017 | 0 ކޮމެންޓް
ގެއްލިގެން ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެ އެވެ. Dhiraagu
ތިން މީހުނާއެކު ޅ ހިންނަވަރުން ފުރައިގެން ނ މިލަދުއަށް ދަތުރުކުރި މި ޑިންގީ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ޑިންގީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް 116 ލޯންޗަށް މިރޭ 19:10 ހާއިރު ނ މަނަދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރުން ނެވެ.

ޑިންގީ ފެނުނުއިރު ޑިންގީއިން ދަތުރުކުރި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި މިޑިންގީގެ ޚަބަރެއް ނުވީ އައި ކޮޅިގަނޑެއްގައި މިސްރާބު އޮޅި އިންޖީނުން ޕެޓްރޯލް ހުސްވެ އޮޔާ ދިއުމުންކަމަށް ޑިންގީއިން ދަތުރުކުރި މީހުން އެމްއެންޑީއެފުން ބުނެއެވެ.

މިޑިންގީ ހޯދުމުގެ މަސައްކަތުގައި ނައިޓްވިޝަން ކެމެރާ ބޭނުންކޮށްގެން އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންސެޓެޕްޓަރ ކްރާފްޓް "ވެލާނާ" ވަނީ ޑިންގީ ދަތުރުކުރި ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

މި ޑީންގީ ނ މަނަދުއަށް ގެންދިއުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އަންނަނީ އެހީތެރިކަންފޯރުކޮށްދެމުންނެވެ.
ގުޅުންހުރި
ރީތި ބީޗްގެ ދޯންޏެއްގައި އަލިފާން ރޯވެއްޖެ
16 ފެބްރުއަރީ 2018
ވާދޫ ބޭރުގައި އެން ދަމަން ފީނި މީހަކު މަރުވެއްޖެ
11 ފެބްރުއަރީ 2018
ތިން މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ގެއްލިގެން ހޯދަނީ
2 ފެބްރުއަރީ 2018
މިފްކޯ ބޯޓު ދިޔަވުން ކޮންޓްރޯލް ކޮށްފި
29 ޖެނުއަރީ 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]