Bappage Handhaan Thakuge Therein Nazim Emmennah Dhevvi Filaavalheh!
vfp.mv
MIB
MIB
ބައްޕަގެ ހަނދާންތަކުގެ ތެރެއިން ނާޒިމު އެންމެނަށް ދެއްވި ފިލާވަޅެއް!
inage
ނާޒިމް މަޖިލީހުގެ ޖަލްސާއެއްގައި---
  ހަބަރު | ސިޔާސީ | 12 އޮކްޓޯބަރ 2017 | 2 ކޮމެންޓް
ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ހިމޭނުން ހުންނަވާތާ އެތައް ދުވަހެއް ފަހުން އިއްޔެ ވަރުގަދަ ފިލާވަޅަކާއެކު ޓްވީޓެއް ކުރައްވައިފިއެވެ. Dhiraagu
ނާޒިމް އެންމެންނަށް ފިލާވަޅެއް ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވާފައިވަނީ ބައްޕަ މ.ނިޔަދުރުގެ މުހައްމަދު މަނިކު "ދުނިޔޭގެ އާދަ"ގެ ނަމުގައި ހައްދަވާފައިވާ ޅެމެކެވެ.

އެ ޅެމުގައި މުހައްމަދު މަނިކު ވިދާޅުވެފައިވަނީ ހަގީގަތް ހޯދާ އަސްލަށް ބަލާ މީހަކު ނުހުންނާނެ ކަމަށާއި އެއީ ދުނިޔޭގެ ގާނޫނު ކަމަށެވެ. ޝުކުރުވެރިވާނެ ކަމަށް ހީކޮށް ޖާނުން ފިދާވިޔަސް މަކަރު ހެދުމާއި އޮޅުވާލުން ނޫން އެއްޗެއް ނުލިބޭނެ ކަމަށެވެ. ހިތުގައި އުފެދޭ ރަހުމެއްގެ ސަބަބުން މުޅި ދިރިއުޅުން ދިނަސް ފަހުން ތެޔޮހަމެއް ނޫން އެއްޗެއް ނުލިބޭނެ ކަމަށް ވެސް އެ ޅެމުގައި މުހައްމަދު މަނިކު ވިދާޅުވެފައިވެއެވެ.

ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުން ކެނޑޭ ކަމަށާއި ފޮޅި އަޅަން ގެންގުޅޭ ފަތްތައް ވެސް ފޮޅި އަޅައި ނިމުމުން އުނދުން ތެރެއަށް އަޅައި ނައްތާލާ ކަމަށް އެ ޅެމުގައި ވިދާޅުވެފައިވެއެވެ. މަތީ ދަރަޖައިގެ ޝަރަފާއި އިއްޒަތް ލިބިގެން އުޅޭ އިރު އަތް އަތް މަތިން އުފުލައިގެން ގެންގުޅުނު ނަމަވެސް އެކަންކަން ގެއްލޭ އިރަށް އަބުރާ ނަމާ ހިރަފުހާ މޮޑެލާނެ ކަމަށް އެ ޅެމުގައި މުހައްމަދު މަނިކު ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން މުދާ ގިނައިރު ރަހުމަތްތެރިން ވެސް ތިބޭނެ ކަމަށާއި، ބަރުބާދުވެ ފަގީރުވާ ދުވަހު ހިމާޔަތް ދޭނެ މީހަކު ނުހުންނާނެ ކަމަށް ވެސް އެލެމުގައި މުހައްމަދު މަނިކު ވިދާޅުވެފައިވެއެވެ.

ނާޒިމަކީ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. ނަމަވެސް ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ދިމާވި މައްސަލަތަކެއްގައި ގުޅުން ހީނަރުވެ ނާޒިމު އުމުރަށް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ހިސާބުން އެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ނާޒިމް ވަނީ ބޭސްފަރުވާއަށް 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސިބްގަޕޫރަށް ފޮނުވުމުން ފިއްލަވައިގެން ސިންގަޕޫރު ދޫކޮށް އެހެން ގައުމަކަށް ވަޑައިގެންފައެވެ.
ގުޅުންހުރި
ހައްޔަރުގައި ބޭއްވިޔަސް ފަރުވާލެއް ނެތް، ފަހަތަކަށް ނުޖެހޭނަން: ފާރިސް
14 ޑިސެންބަރ 2017
އިންސާނީ ހައްގުތަށް ކުރިއެރުމަށް ސަރުކާރުން މަސައްކަތެއްނުކުރޭ: މައުމޫން އޮފީސް
11 ޑިސެންބަރ 2017
އަބްދުﷲ، އިލްހާމް، ސިނާން ސްޕްރީމް ކޯޓަށް!
3 ޑިސެންބަރ 2017
އެންއައިސީގެ ރައީސްގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
30 ނޮވެންބަރ 2017
ހިޔާލު

ގުޅުންހުރި
ޝަރް
ދެރައީ ބައްޕަ ވިސްނުން ނާޒިމުގެ ނެތީމަ.
ނޭފަތުފޫޅު
ނާޒިމް ބޭސްފަރުވާ އަށް ދިއުމުން މުއްދަތު ހަމަވީމަ، ފުލުހުން މެދުވެރިކޮށް ގެންނަން ނުއުޅުނީ ކީއްވެބާ! ސިންގަޕޯރުން އެހެން ގައުމަކަށް ޕާސްޕޯރޓާ ނުލައި ދެވުނީ ކިހިނެއްބާ! 2 ވަނަ ގައުމެއްގެ ޕާސްޕޯރޓް އޭރުވެސް އަތުގައި އޮތީބާ!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]