Doctorun thamreen kurumah Zakath Fund in Heydha kurumah Mashvara koffi
vfp.mv
VFPBAAZAARU
HM
HM
ޑޮކްޓަރުން ތަމްރީން ކުރުމަށް ޒަކާތު ފަންޑުން ހޭދަކުރުމަށް މަޝްވަރާކޮށްފި
inage
ބައްދަލުވުމުގެ ތެރެއިން------
  ހަބަރު | | 12 އޮކްޓޯބަރ 2017 | 2 ކޮމެންޓް
ޒަކާތު ފަންޑުން ސްޕެޝިއަލިސްޓް ޑޮކްޓަރުން ތަމްރީން ކުރުމަށް ހަރަދު ކުރުމާ ބެހޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ ޒިޔާދު، ހެލްތް މިނިސްޓާރު ނާޒިމް އާއި ބައްދަލްކުރައްވާފިއެވެ. Dhiraagu
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮއްފައިވަނީ ޑޮކްޓަރުން ތަމްރީން ކުރަން ފަށާ އިރު ހުރި ދަތި ތަކާއި އެހީ ބޭނުންވާ ދާއިރާތައް ދެނެގަތުން ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވީއެފްޕީ އަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

މަތީ ތައުލީމް ކިޔެވުމަށް ޒަކާތް ފަންޑުން މީގެ ކުރިންވެސް ސްކޮލާޝިޕް ދީފައިވެއެވެ. އެ ގޮތުން މި ފަހަރު ރާއްޖޭގައި އަލަށްފަށާ ސްޕެޝިއަލިސްޓް ޑޮކްޓަރުން ތަމްރީން ކުރާ ކޯސް ސްޕޮންސާކުރަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބެނެފައިވެއެވެ.

މިހާރުވެސް ޒަކާތު ފަންޑުގެ އެހީގައި ރާއްޖެއިން ބޭރުގައި ޑޮކްޓްރީކަން ކިޔަވަން އަށް ކުދިން ތިބި އިރުގައި އެ ކުދިން ކިޔަވާ ނިމިގެން އަންނަ އަހަރު ރާއްޖެ އަންނާނެ ކަމަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވިއެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޒަކާތު ފަންޑުއިން މަތީ ތައުލީމު އެކި ދާއިރާތަކުން ކިޔެވުމަށް ސޮކޮލާޝިޕް ދޭ ކަމަށެވެ. އަދި މަތީ ތައުލީމަށް އިއުލާން ކުރުމާއެކު ސޮކޮލާޝިޕް ހޯދުމަށް ލެވޭނެ ކަމަށެވެ.

ގުޅުންހުރި
ޒަކާތު ފަންޑުން ސްކޮލާޝިޕް ދެނީ
25 އޭޕްރީލް 2018
ޒަކާތު ފަންޑުން ބޯންމެރޯ ހަދަން ހޮވުނު ކުދިންނަށް ލިޔުން ހަވާލުކޮށްފި
15 ޖެނުއަރީ 2018
މުދަލު ޒަކާތް ވާޖިބުވާ ނިސޯބަށް ބަދަލު ގެނެސްފި
17 އޮކްޓޯބަރ 2017
ހިޔާލު

ާހަބީބު
ޒަކާތު ފަންޑުން ތިކަމަށް ހޭދަކުރުން ހުއްދަވާނެތަ؟
ނޭފަތުފޫޅު
ޒަކާތު ފަންޑުގައި އެއްޗެއް އެބަހުރިތޯ؟

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]