Asset Recovery Commissionun Air maldivesge Massala ai FPIDge Massala Balanee
vfp.mv
VFPBAAZAARU
HM
HM
އެއާމޯލްޑިވްސް އާއި އެފްޕީއައިޑީ މައްސަލަ އަލުން ބަލަނީ
inage
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ފޮޓޯ:ޕީއެސްއެމް
  ހަބަރު | ސިޔާސީ | 12 އޮކްޓޯބަރ 2017 | 9 ކޮމެންޓް
ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ އެސެޓު ރިކަވަރީ ކޮމިޝަނުން އެއާމޯލްޑިވްސްގެ މައްސަލައާއި އެފްޕީއައިޑީގެ މައްސަލަ ވެސް އަލުން ބަލަމުންދާ ކަމަށް ބުނެފިއެވެ. muni
ކޮމިޝަނުން އެހެން ބުނެފައިވަނީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ޗެއާ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ. އަޒްލީން ވިދާޅުވީ ޖުލައި މަހު އުފައްދާފައިވާ ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީއަކީ ވަކި ދުވަސްވަރެއްގެ މައްސަލަތައް އެކަނި ބެލުމަށް އުފައްދާފައިވާ ކޮމިޝަނެއް ނޫން ކަމަށެވެ.

ހިޔާނާތުގެ ތެރެއިން ދައުލަތަށް ބޮޑެތި އަދަދުތަކުން ފައިސާ ގެއްލިފައިވާ އިރު އެ ފައިސާ ހޯދަން އެކަށިގެންވާ މަސައްކަތްތަކެއް މީގެ ކުރީގެ ސަރުކާރުތަކުން ކޮށްފައި ނުވާ ކަމަށް އަޒްލީން ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތަކުގައި މުއައްސަސާތަކުގެ ތެރެއިން ފިޔަވަޅު އެޅޭލެއް ލަސް ކަމަށާއި ބޮޑެތި ބައެއް މައްސަލަތައް މަޑުޖެހިފައި އެބަ ހުރި ކަމަާށެވެ.

އެގޮތުން މީގެ 17، 18 އަހަރު ކުރީގެ މައްސަލަތައް ވެސް އެބަހުރި ކަމަށް އަޒްލީން ވިދާޅުވިއެވެ. އޭގެތެރޭގައި އެފްޕީއައިޑީއާއި، އެއާމޯލްޑިވްސްގެ ހިޔާނާތުގެ މައްސަލަތައް ހިމެނޭ ކަމަށް އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ އެ ދެ މައްސަލަ ބަލަމުންދާ ކަމަށާއި ތަހުގީގަށް ފެންނަ ގޮތެއްގެ މަތިން އޭސީސީއާއި އޭޖީ އޮފީހާއި ގުޅިގެން ފައިސާ ހޯދަން މަސައްކަތް ކުރާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ. އެ ދެ މައްސަލައަކީ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މައްސަލަތަކެއް ކަމަސް އަޒްލީން ވިދާޅުވިއެވެ.

އެފްޕީއައިޑީއާއި އެއާމޯލްޑިވްސްގެ މައްސަލަތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދުވަސްވަރު ހިނގާފައިވާ މައްސަލަތަކެކެވެ.
ގުޅުންހުރި
ހައްޖު ކޯޓާއިން ބައި އެޅުން ހުއްޓުވާ، ހައްގުވެރިންނަށް ބަހާނަން: ފައިސަލް
11 ގަޑިއިރު ކުރިން
ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން ފަށައިފި
16 އޯގަސްޓު 2018
ތަރުޖަމާކުރުމާ ތަރުޖަމާނުގެ މާނަ ބަދަލުކުރަންޖެހިފައި؟
16 އޯގަސްޓު 2018
އިތުރު ގައިދީންތަކަކަށް މައާފު ދެވޭ ގޮތަށް އަނެއްކާ ވެސް ގަވާއިދު އިސްލާހުކޮށްފި
15 އޯގަސްޓު 2018
ހިޔާލު

ގުޅުންހުރި
އަހަންމާބެ
އެންމެގިނައިން ވަގަށްގޮވަނީ ވަގުންކަން ސާބިތުކުރަން ރައީސް ޔާމީން ފައްޓަވާފައިވާ މަސައްކަތްޕުޅަށް ހަމަސާބަސް، ހައްތާވެސް ވަގުން ނުކުމެ ވަގަށް ގޮވީމަ މާކަރީއްޗެއްނޫން، ގޮތްނޭގޭ އެއްހައްކާޅުންވެސް ތިޔައިގެތެރެއަކުނެތް، މިސަރުކާރުގައި ވައްކަންކުރި މީހުންނަށް އަދަބުދޭ މަންޒަރެއް ނުފެނޭތަ، މިއީ ވަގުންނަށް އަދަބުދޭންކެރޭ ސަރުކާރެއް.
ސާބަހޭ
ވައްކަން ކުރަމުން ވަގަށްގޮވަމުން.. އަދިވެސް އިތުރަށް ލާރިކޮޅެއް ކައިލެވޭތޯ ދޯ. ހިތުން ތިޔަ ޖަހާލެވެނީ އެއްދޮނުގައި ދެ ބުޅި ދޯ. އިރާދަކުރެއްވިއްޔާ އިރުއޮއްސޭ މަންޒަރު ކައިރިވަނީ!
މާމަ
ލަނކާއިން ދހިވެހި ސަރުކާރުން ގަތް ސައިފަތްދަނދުތަކަ އެކަމަށް ވީގޯތާ އެދަނދުތައް އެއިރުގެ ޓްރޭޑް މިނިސްޓަރ ޔއގ އަށް ރަޖިސްޓްރީކުރަންޖެހުނު ގޮތާ އެވިޔަފާރި އިނދެޖެހުނު ގޮތާ 800 މިލިޔަން ޑްލަރުގެ ވަގުތެޔޮ ވިޔަފާރިކުރިގޮތް ބަލަން ކެރޭނެނެބާ ބަލާނެބާ؟؟؟😈😈
ައޒ
މހަށް ވަޑައިގަންނަވާ.. ދޮށި ބޮނޑިއަކާ އެންދަމާ ދަލެއް ހިފައިގެން... އޒލނ
ނޭފަތުފޫޅު
މާކުރިން ވެސް އެނގޭ ތިޔަ ކަމިޝަންގެ އަސްލު މަޤްޞަދަކީ ވެސް އިލްޔާސް އިބްރާހީމް ކަސްތޮޅު އެޅުވުންކަން.
ޅަޅަޅާ
ކަލޯ ކިތައްމެ ނަންނަމުގަ ކަންތައްކުރިޔަސް ފާއިތުވެދިޔަ ހަތަރު އަހަރައްވުރެއް ގިނައި ދިވެހިދައުލަތުގެ ޙަޒާނާއިން ވައްކަންކުރި ދުވަސްވަރެއް ނައަންނާނެ
އުމަރު
ޔާމީނު އެއުޅެނީ ކުރާނެކަމެއް ނޭގިގެން. މައުމޫނާއި އޭނާގެ 4 ދަރިންނާއި ނަސްރީނާ ޖަލަށްލިޔަސް ޔާމީނު 2018 ގައި ނުހޮވޭނެ ދެން ލަލަލަ.
ރައްޔިތުމީހާ
ޔާމީނު ބައިތުލްމާލް ދަވާލިމައްސަލަ ބަލާނީ ކޮންއިރަކުންތަ؟
ރައުނާ
ފުރަތަމަ ބަލަންވީ އެންމެ ތާޒާ ކޮށް އޮތް އެމް އެމް ޕީ އާރ މައްސަލަ އެއް ނޫން ތޯ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]