Kudahuvadhoo Joorimanaakoh Ehen Clubthakah Inzaareh
vfp.mv
VFPBAAZAARU
HM
HM
ކުޑަހުވަދޫ ޖޫރިމަނާކޮށް އެހެން ކްލަބުތަކަށް އިންޒާރެއް
inage
  ކުޅިވަރު | ރާއްޖެގެ ކުޅިވަރު | 12 އޮކްޓޯބަރ 2017 | 0 ކޮމެންޓް
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ މަހު 22 ވަނަ ދުވަހުގެރޭ ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗު ފުރިހަމަ ނުކޮށް ދަނޑުން ފޭބި ދ. ކުޑަހުވަދޫ ޖޫރިމަނާކޮށް ހުރިހާ ކްލަބްތަކަށް އެފްއޭއެމުން އިންޒާރުދީފި އެވެ. Dhiraagu
ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭ ކުޑަހުވަދޫ އާއި މިލަންދޫ ބައްދަލުކުރި މެޗުގައި މިލަންދޫއިން ދެވަނަ ލަނޑު ޖެހުމާ އެކު ރެފްރީންގެ ނިންމުންތަކާ ހިތްހަމަނުޖެހި، ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެ ޓީމުގެ ހުރިހާ ކުޅުންތެރިން ދަނޑުން ފޭބުމަށް އިޝާރާތް ކުރުމުން އެ ޓީމު ކުޅުންތެރިން މެޗުގެ ފުރިހަމަ ވަގުތު ހަމަ ނުވަނީސް ދަނޑުން ފޭބިއެވެ. އަދި މިހެން ކަންހިނގުމާއެކު ކުޑަހުވަދޫގެ ޓީމުގެ މެނޭޖަރު އިސްމާއިލް މައުރޫފްއަށް ތަކުރާރުކޮށް އަލުން މެޗު ކުރިއަށް ގެންދިޔުމަށް އެންގުމުން ވެސް އޭރު މެޗުގެ ރެފްރީގެ ގޮތުގައި ހުރި ރެފްރީއާ އެކު މެޗު ކުރިއަށް ނުގެންދާނެ ކަމަށް ބުނެ މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް އެ ޓީމުން މެޗު ހުއްޓުވާފައި ވާތީ އެފްއޭއެމްއިން ވަނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ 49 މާއްދާގެ ދަށުން ކުޑަހުވަދޫގެ ޓީމު 25 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މިއީ މި ފަހަރު ލީގުގައި ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަ ނުޖެހިގެން މެޗެއް ހުއްޓާލި ދެ ވަނަ ފަހަރެވެ. މިދިޔަ މަހު 12 ވަނަ ދުވަހު މާޒިޔާ އާއި ގްރީން ސްޓްރީޓްސް މެޗު ހުއްޓާލިއިރު، އެ މެޗުން މާޒިޔާ މޮޅުވީ ކަމަށް ނިންމައި އެފްއޭއެމުން ވަނީ ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށް އެ ޓީމަށް ވެސް އިންޒާރު ދީފަ އެވެ.

އެ މެޗަށް ފަހު އެފްއޭއެމް އިން އިންޑިއާގެ ރެފްރީން ލީގުގައި ބޭނުންކުރަން ފެށިއިރު، މާޒިޔާ އަދި ގްރީން ބައްދަލު ކުރި މެޗުގައި 0-1 ގެ ނަތީޖާއިން މާޒިޔާ ކުރީގައި އޮތުމާއެކު، އެޓީމު މެޗުން މޮޅުވި ކަމަށް ނިންމިއެވެ. އަދި އެފްއޭއެމް އިން ވަނީ 25 ހާސް ރުފިޔާ އިން ގްރީން ޖޫރިމަނާކޮށް، އިންޒާރު ވެސް ދީފައިވެއެވެ.
ގުޅުންހުރި
ހަ ރަށެއްގައި ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ
23 މެއި 2018
ދިރާގު ޓީވީ އާއި ފައިބާ ކަނެކްޝަން ކުޑަހުވަދޫއަށް ތައާރަފުކޮށްފި
7 މެއި 2018
ކުޑަހުވަދޫގައި މޫދަށް އެރިއުޅުނު ކުއްޖަކު މަރުވެއްޖެ
29 މާޗް 2018
ޖެންޑާ މިނިސްޓަރު ކުޑަހުވަދޫއަށް ރަސްމީ ދަތުރެއް ކުރައްވައިފި
30 ޖެނުއަރީ 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]