AFC Inn, FAM 10,000 US Dollarun Joorimanaa Kurun Ekasheegnve
vfp.mv
VFPBAAZAARU
MIB
MIB
އޭއެފްސީން، އެފްއޭއެމް ދިހަ ހާސް އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުން އެކަށީގެންވޭ
inage
ގައުމީ ޓީމުގެ ކޯޗު ފޮޓޯ:---
  ކުޅިވަރު | ރާއްޖެގެ ކުޅިވަރު | 12 އޮކްޓޯބަރ 2017 | 6 ކޮމެންޓް
އޭޝިއަންކަޕް ކޮލިފައިންގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އޮމާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސަށް ދިވެހި ކުޅުންތެރިޔަކު ހާޒިރު ނުވުމުގެ ސަބަބުން، 10،000 އެމެރިކާ ޑޮލަރުން އެފްއޭއެމް ޖޫރިމަނާ ކުރެވިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. muni
މި މެޗުން ރާއްޖެވަނީ 3 ލަނޑު 1 ލަނޑުން ބަލިވެ، އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ހުރިހާ ދޮރެއް ގާތްގަނޑަކަށް ބަންދުވެފައެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގަވާއިދުގެ ތިރީސްވަނަ މާއްދާގެ އެއްވަނަ ނަންބަރާ ދެވަނަ ނަންބަރުން، މެޗުގެ ކުރިން އޮންނަ ނޫސްވެރިންގެ ބައްދަލުވުމަށް އަދި މެޗުގެ ފަހުން އޮންނަ ނޫސްވެރިންގެ ބައްދަލުވުމަށް ކޮންމެ ޓީމެއްގެވެސް ހެޑް ކޯޗާ، އަދި ކުޅުންތެރިޔަކު ހާޒިރުވުން ލާޒިމް ކުރެއެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ގަވާއިދުގާ މިގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސަށް ދިވެހި ޓީމުން ހާޒިރުވެފައިވަނީ ޓީމުގެ ހެޑް ކޯޗު ޑެރަން ސްޓެވަޓް އެކަންޏެވެ.

އޭއެފްސީ އޭޝިއަން ކަޕްގެ ގަވާއިދުގެ 30 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބުނެފައިވަނީ ޕްރެސް ކޮންފަރެންސްއަށް ހާޒިރުވާން ޖެހޭ ފަރާތަކުން ހާޒިރު ނުވެއްޖެ ނަމަ އެ ފަރާތެއް ނިސްބަތްވާ ޓީމެއް 10،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވެނޭ ކަމަށެވެ. އެހެންކަމުން ދިވެހި ޓީމުގެ ކުޅުންތެރިޔަކު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވެފައިނުވާތީ، އެފްއޭއެމް 10،000 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބެލެވެއެވެ. އަދި ދެން އެންމެ އަވަހަށް އޮންނަ އޭއެފްސީ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގެ ބައްދަލުވުމުގައި މި މިކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.
ގުޅުންހުރި
ހިޔާލު

ގުޅުންހުރި
ރާކަނި މަސް
މިހާރު އޮންނާނީ ރާކަނިމަސް ކެވިފައި.. ޕެހެޕެހެ..
ޑޯޑީ
ޚެކެެކެކެކެ ކޮބާތަ ގައުމީ ޓީމްގެ މީޑިއާ އޮފިސަރު
އެލް ނީނޯ
ކުޅުންތެރިންގެ މުސާރައިން ކަނޑަން ފެނޭ. ޓީމްގެ ޑިސިޕްލިން މައްސަލައެއްތީ
ޙަސަން
ކުރަންވީ މާލަސްވެސް ވޭއްޖެ
ބުރޯ
އެލާރިވެސް ރައްޔިތުން ދައްކަން ޖެހޭނީ..ފުޓްސަލް ކުޅުނު ނަމަ ތިކަމެއް ނުވީސް
ނިހާން
ބަލިވީމަ ފިލީދޯ؟؟؟

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]