BainalaguvaamyAanhenkudhinge Dhuvas Rajjeygai Faahaga kohfi
vfp.mv
VFPBAAZAARU
MIB
MIB
ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަަސް ރާއްޖޭގައި ފާހަގަ ކޮއްފި
inage
  ހަބަރު | | 12 އޮކްޓޯބަރ 2017 | 0 ކޮމެންޓް
ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހަރަކާތެއް އިއްޔެ ބާއްވާއިފިއެވެ. kobadoctor
ޖެންޑާ މިނިސްޓްރީން އިންތިޒާމްކުރި އަންހެންކުދިން ބާރުވެރިކުރުމަށްޓަކައި "ގާލްސް ލީޑް އިނީޝިއަޓިވް" ނަމުގައި ހިންގި އެ ހަރަކާތުގައި 34 ކުދިން ބައިވެރިވެފައިވެއެވެ.

އެ ހަރަކާތުގައި ބައިވެރިވެފައި ވަނީ އުމުރުން 16 އަހަރާއި 17 އަހަރާއި ދެެމެދުގެ އަންހެން ކުދިންނެވެ.

އެއް ދުވަހައް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ސަރުކާރު މުއައްސަސާތަކާއި، އަމިއްލަ ގަމިއްޔާތަކާއި އަދި އެހެނިންހެން މުއްސަސާތަކުގެ އިސް މަގާމުތަކުގައި ވަޒީފާއަދާކުރާ އަންހެންނުން ވަނީ ބައިވެރިވެފައިއެވެ.

އެ ހަރަކާތުގައި ބައިވެރިވި ކުދިންނަށް އެ އަންހެންވެރިން އަދާކުރާ ވަޒީފާގެ އެއް ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ކޮއްލުމުގެ ފުރުސަތުލިބިފައިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ލަނޑުދަޑިތަކާއި އުންމީދުތަކަށް ވާސިލްވުމަށް އެކި ދާއިރާތަކުގައި ނިންމުން ނިންމާ ފެންވަރުގެ ވަޒީފާތަކާއި ހަމަޔަށް ދިއުމަށް އަންހެން ކުދިންނަށް ހިއްވަރުދިނުންކަމަށެވެ.

މި ހަރަކާތް ނިންމާލުމުގެ ގޮތުން ޗަންޕާ ސެންޓްރަލް ހޮޓެލުގައި ބޭއްވި ހަފްލާގައި ހަރަކާތުގެ ބައިވެރިންނަށް ހަދާނީ ލިއުމެއްވެސް ވަނީ ދީފައިއެވެ.

އެ ހަފްލާގައި ވާހަކަ ދައްކަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ވިދާޅުވެފައިވަނީ މި ހަރަކާތް މެދުވެރިކޮއް، އަންހެންކުއްޖަކަށްވީތީ ވަޒީފާގެ މައިދާނުގައި ކުރިމަތިވާ ގޮންގެހުންތަކައް ކުރިމަތިލުމަށް ތައްޔާރުވުމާއި ކުރިއަށްދާނެ ގޮތްތަކާމެދު ވިސްނުމަށާއި، ރާއްޖޭގައި ހުރި ތަފާތު ދާއިރާތަކުގައި މަސައްކަތްކުރުމަށް ހުރި ފުރުސައްތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

އަދި އެހަރަކާތުގައި ބައިވެރިވި ކޮންމެ ކުއްޖަކީވެސް މަސައްކަތުގެ މައިދާނަށް ނިކުތުމުގައި ފަސްނުޖެހި، ކެރިގެން އިސް މަގާމުތަކަށް ކުރިމަތިލާނެ ކުދިންނަށް ވާނެކަމަށް އުންމީދު ކުރާކަމަށް މިނިސްޓާ ޒެނީޝާ ވިދާޅުވިއެވެ.



ގުޅުންހުރި
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ކަށަވަރުކުރަން ސްމާޓް ސިޓީއެއް ބޭނުންވޭ
23 ޖޫން 2018
"އަމާޒަކީ މިއަހަރުގެ ތެރޭގައި ހުރިހާ އަތޮޅެއްގައި އިންޓަވިއު ރޫމްތައް ގާއިމުކުރުން"
5 މެއި 2018
މިނިސްޓަރު ޒެނީޝާ ދަތުރު ކުރެއްވި ކާރު އެކްސިޑެންޓްވެއްޖެ
3 މެއި 2018
ހިއުމަން ރައިޓްސް ކައުންސިލްގައި ބައިވެރިވުމަށް ދެ މިނިސްޓަރަކު ފުރާވަޑައިގެންފި
25 ފެބްރުއަރީ 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]