Srilankaagai Hunnaa Dhivehi Embassy Kurimatheegai Idhikolhu Faraithakun Muzaaharaa Kuranee
vfp.mv
VFPBAAZAARU
HM
HM
ލަންކާގައި ހުންނަ އެމްބަސީ ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަނީ
inage
އިދިކޮޅު ފަރާތްތަކުން މުޒާހަރާ ފަށާފައިވަނީ 9:45 ހާއިރު---
  ހަބަރު | ސިޔާސީ | 12 އޮކްޓޯބަރ 2017 | 7 ކޮމެންޓް
ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީ ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން ފަށައިފިއެވެ. kobadoctor
ލަންކާގައި މިހާރު ހުންނެވި އިދިކޮޅު ތަރުޖަމާނު އަހުމަދު މަހުލޫފު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރަމުންދަނީ ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ނަގައިގެންނެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުންދާ އިރު ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވާލާފައިވާ ބޯޑުތަކާއި ކޮރަޕްޝަންގެ އަމަލުތަކާއި ޖަލުތަކުގައި މީހުން މަރުވަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ގޮވާލާ ބޯޑުތައް ވެސް ދަނީ ބޭނުން ކުރަމުންނެވެ. އޭގެއިތުރުން ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

އެ މުޒާހަރާގައި ލަންކާގައި މިހާރު ތިއްބެވި މަޖިލީހުގެ ބައެއް މެންބަރުން ވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެ ބޭފުޅުންގެ ތެރޭގައި މަހުލޫފާއި، ވައިކަރަދޫ މެންބަރު މުހައްމަދު ނާޒިމާއި، ހިތަދޫ ދެކުނު މެންބަރު އަލީ ނިޒާރާއި، ފެލިދޫ މެންބަރު އަހުމަދު މަރުޒޫގު ހިމެނިވަޑައިގަންނަވައެވެ.
ގުޅުންހުރި
ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް މާދަމާއިން ފެށިގެން ސެކިއުރިޓީ ދެނީ
3 ގަޑިއިރު ކުރިން
ފޯމު ހުށަނާޅާ އިތުރު ބަޔަކު ރީރަޖިސްޓަކޮށްފައި ހުރި މައްސަލަތަކެއް ފެންމަތިވެއްޖެ
3 ގަޑިއިރު ކުރިން
ކެމްޕޭނަށް މިސްކިތް ބޭނުން ކުރުމަކީ ނުބަޔަކަށް ހުޅުވުނު ދޮރެއް: ޝެއިހް އަނިލް
9 ގަޑިއިރު ކުރިން
ނިޔާޒުގެ ސުވާލެއް: ވޯޓު ދޭންވީ ކާކަށް؟
9 ގަޑިއިރު ކުރިން
ހިޔާލު

ނައި
ހަކަޑާވެސް ހަމަނުވެ
ހަސަނު
ދެން ތިވާގޮތުން ރާއްޖޭގެ މުޒާހަރާ ކުރެވުން ނިމުނީ. ކޮންމެ ފަހަރަކު މުޒާހަރަ ކުރާ ހިތްވާ މީހުން ލަންކާއަށް ދޭ. ދެން އެމީހުނަށް ތިކަމުން އުދަގޫ ވާނީ.
އަލިބެ
މި ކަމުން ދައްކައިދެނީ މިގައުމުގައި މުޒާހިރާ ނުކުރެއްވެއްޔާ އެހެން ގައުމުތަކަށް ގޮސްގެން ނަމަވެސް އެކަން ދިވެހިރައްޔިތުން ކުރާނެކަމެވެ. މުސާރަ ދީގެން ހަމައެކަނި ކޮމަންޓު ކުރަންތިބޭ ކޯޑިނޭޓަރުންނަ ހަޖަމް ނުކުރެވެނީއެވެ. މިގައުމުގައި އިންސާފެއްނެތެވެ. ގާނޫނެ ގަވާއިދެއްނެތެވެ. މިނިވަންމުއައްސަސާ ތަކެއްނެތެވެ. މަގާމާއި ފައިސާއަށް ދަހިވެތިވެ ފައިސާ ހޯދަނީ ހަލާލެއް ހަރާމެއް ބަލާނެ ކަމެއްނެތެވެ. ފުލުހުންނާއި ސިފައިން ކަރެޕްޓް ވެފައިވާކަމަށް ރައީސް ޔާމިން އެވަނީ ވިދާޅުވެފައެވެ. ދެން ގައުމު ގައުމެއްގެ ގޮތުގައި ހިގާނީ ކިހަނަކުން ތޯ ؟ މީ ހަގީގަތެވެ. ރައްޔިތުންނަށް ވެސް ފުލެޓްދިނީ އިންސާފުން ނޫންކަށް ގަބޫލު ކުރާއިރު ބިރުވެރި މާ ހައުޅެއްގެ ގޭގައި އެތިބި ބިރުވެތި ކަންމަތީގައެވެ. މާތްﷲ ހައްގު ވެރިންނަ ނަޟުރު ދެއްވާނޭކަން ޔަގީނެވެ.
ފަޅުވެރިން
ރާއްޖޭގައި މުޒާހަރާކުރަން އެއްވެސް މީހަކު ނުނިކުންނާތީ ބޭރު ޤައުމުތަކުގައި ތިބެގެން ފޮޓޯ އުފައްދާލަނީ! ތިހަޔެން އުފައްދާލާ ފޮޓޯއަކުން ވާނެކަމެއް ނޯންނާނެ! ތިޔަހެން ތެޅިތެޅި އެންމެންގެ ހުޅުނބުކޮޅު ފައިބާނީ، އެނޫން އެއްވެސް ކަމެއް ނުކުރެވޭނެ! ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ޔާމީން ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާތީ އެކަން ހަޖަމް ނުކުރެވިގެން ޙަސަދައިގެ ފަރާތުން ކުރާ ކަމެއް ތިޔައީ! އެމްޑީޕީގެ ރަންޒަމާނުގައި އޮތް ގޮތަށް އެމީހުން ގޮވާލީމާ މާލޭ މަގުތައްމައްޗަށް މިހާރު ރައްޔިތުން ނުނުކުންނާތީ ރާޑިވެގެން މިހާރު މިމީހުންނަށް ކުރެވޭހާވެސް ކަމަކީ މަޖްލިސް މެންބަރުންނަށް ލިބިފައިވާ ޤާނޫނީ ޙިމާޔަތް ބޭނުންކޮށްގެން ދޮޅަހަކަށް މީހުންވެގެން މަޖްލިސް ހަލަބޮލިކުރުން. އެކަން ކުރުމުގެ ދޮރުވެސް މިހާރު އެދަނީ ބަންދުވަމުން!! ރާއްޖެއަށް ތަހްޒީބު ޑިމޮކްރެސީ ގެނެސްފައި އަހަރެމެންގެ މަސައްކަތް ހުއްޓާލާނީ އިންޝާﷲ!!
|ޑިމޮކްރަސީ
ތީމާރަގަޅުގޮތެއް/އަމިއްލަޤަވްމުގަ މުޒާހަރާ ނުކުރެވޭތީ އަވައްޓެރި ޤަވްމުތަކަށް ގޮސް މުޒާހަރާ ކުރުން/ މުޒާހަރާ ކުރްނ ބެނުން އެނެމެން ބޮޑު ބޯޓެއްގަ ދަތުރުފަށަންވީ އަވައްޓެރި ޤަވްމުތަކަށް ގޮސް މުޒާހަރާ ކުރަން
ކަބުލޮ
މުޒަަހަރާ ކުރަން އެކަނި ދޯ އެގެނީ😂😂
ފަޅުވެރިން
ރާއްޖޭގައި މުޒާހަރާކުރަން އެއްވެސް މީހަކު ނުނިކުންނާތީ ބޭރު ޤައުމުތަކުގައި ތިބެގެން ފޮޓޯ އުފައްދާލަނީ! ތިހަޔެން އުފައްދާލާ ފޮޓޯއަކުން ވާނެކަމެއް ނޯންނާނެ! ތިޔަހެން ތެޅިތެޅި އެންމެންގެ ހުޅުނބުކޮޅު ފައިބާނީ، އެނޫން އެއްވެސް ކަމެއް ނުކުރެވޭނެ! ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ޔާމީން ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާތީ އެކަން ހަޖަމް ނުކުރެވިގެން ޙަސަދައިގެ ފަރާތުން ކުރާ ކަމެއް ތިޔައީ! އެމްޑީޕީގެ ރަންޒަމާނުގައި އޮތް ގޮތަށް އެމީހުން ގޮވާލީމާ މާލޭ މަގުތައްމައްޗަށް މިހާރު ރައްޔިތުން ނުނުކުންނާތީ ރާޑިވެގެން މިހާރު މިމީހުންނަށް ކުރެވޭހާވެސް ކަމަކީ މަޖްލިސް މެންބަރުންނަށް ލިބިފައިވާ ޤާނޫނީ ޙިމާޔަތް ބޭނުންކޮށްގެން ދޮޅަހަކަށް މީހުންވެގެން މަޖްލިސް ހަލަބޮލިކުރުން. އެކަން ކުރުމުގެ ދޮރުވެސް މިހާރު އެދަނީ ބަންދުވަމުން!! ރާއްޖެއަށް ތަހްޒީބު ޑިމޮކްރެސީ ގެނެސްފައި އަހަރެމެންގެ މަސައްކަތް ހުއްޓާލާނީ އިންޝާﷲ!!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]