Kudakudhin Falavaa Baleege Shikaarakah!
vfp.mv
VFPBAAZAARU
HM
HM
ކުޑަކުދިން ފަލަވާބަލީގެ ޝިކާރަކަށް!
inage
  ފޭޑި | ސިއްހަތު | 13 އޮކްޓޯބަރ 2017 | 0 ކޮމެންޓް
ދުނިޔޭގެ ނިސްބަތުން ކުޑަ ކުދިންނާއި ފުރާއުމުރުގެ ކުދިން އޮބީސިޓީ ނުވަތަ ފަލަވާ ބަލިޖެހޭ ކުދިންގެ އަދަދު މާ ބޮޑަށް މައްޗަށްގޮއްސިއެވެ. dhi2
ދިރާސާއަކުން ދައްކާ ގޮތުގައި ފާއިތުވި ސާޅީސް އަހަރު ތެރޭ ކުޑަކުދިން އޮބީސިޓީ އަށް ގޮސްފައިވާވަރު ދިހަ ގުނަ އިތުރުވެއްޖެއެވެ. އެއިން ދައްކާ ގޮތުގައި ދުނިޔޭގެ ނިސްބަތުން 124 މިލިއަން އަންހެން އަދި ފިރިހެންކުދިން ފަލަވާ ބައްޔަށް ގޮސްފައިވާ ކަމަށެވެ.

އެ ދިރާސާ(ލެންސެޓް އެނަލިސިސް) އަކީ އަކީ ވޯލްޑް އޮބީސިޓީ ފެޑެރޭޝަންގެ ރިސާޗަރުން ތަކެއް ކުރި ދިރާސާއެކެވެ.

އެ ލެންސެޓް އެނަލިސިސް ނެރެ ފައިވަނީ ދުނިޔޭގެ އޮބީސިޓީ ދުވަހުގައިއެވެ. ޔޫކޭގައި އުމުރުން ފަސް އަހަރާ ނަވާރަ އަހަރާ ދެމެދު ކޮންމެ ދިހަ ކުއްޖަކުން އެކަކީ އޮބީސް ކުއްޖެކެވެ.

ކުޑައިރުގައި މާބޮޑަށް ފަލަވާ ކުދިން، ބޮޑެތިވުމުން ސީރިއަސް ސިއްހީ ބަލިތައް ޖެހިދާނެކަމަށް ދިރާސާކުރި ފަރާއްތަކުން ބުނެއެވެ. އެކުދިން ފަލަވާބައްޔަށް އެންމެ ބޮޑަށްދާ ސަބަބަކީ، ހަށިގަނޑަށް ރަގަޅު ކާނާ ކެއުމަށް ވުރެ ބަންދު ކުރި ކަނާ ނުވަތަ ފާސްޓް ފުޑް ކެއުން ގިނަވުން ކަމަށް ދިރާސާކުރި މީހުން ބުނިއެވެ.

ކުރިން ކުޑަކުދިން ލުއިވެގެން އުޅޭ ވާހަކަ އަށް ވުރެ ބޮޑަށް ދައްކާނީ މާ ބޮޑަށް ފަލަވާ ވާހަކަ ކަމަށް ދިރާސާ ކުރި މީހުން ބުނެއެވެ.
އެ މީހުން ބުނިގޮތުން ދުނިޔޭގެ ނިސްބަތުން ކުދިން ފަލަވާ ބަލި ނުޖެހުނަސް، 2016 ގައި 213 މިލިއަން އަށް އިތުރު ވިއެވެ.
ދުނިޔޭގައި އެންމެ ގިނަ ފަލަވާ ބައްޔަށް ގޮސްފައިވާ ކުދިން ތިބެނީ ޕޮލިނީސިޔާ އަދި މިކްރޯނީސިއާގައެވެ.

ފަލަވާ ބަލި ޖެހެނީ ހަމައެކަނި ކުޑަކުދިން އެކަންޔެއްނޫނެވެ. މިއީ ކޮންމެ އުމުރަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. މިކަމުން ދުރުވުމަށް ގިނައިން ހަށިގަނޑަށް ފައިދާ ހުންނަ ކާނާ ކާން އާދަކުރާށެވެ.
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]