Addu ah Generator Set thah Gengosfi
vfp.mv
VFPBAAZAARU
HM
HM
އައްޑޫ އަށް ޖެނަރޭޓަރ ސެޓްތައް ގެންގޮސްފި
inage
އައްޑޫ އަށް ޖެނަރޭޓަރ ސެޓްތައް ގެންގޮސްފި
  ހަބަރު | ސިޔާސީ | 11 އޮކްޓޯބަރ 2017 | 0 ކޮމެންޓް
އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ގެންދާ ދެ ޖަނަރޭޓަރ ސެޓް މިރޭ ގެންގޮސްފިއެވެ. dhi2
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ޖެނަރޭޓަރ ސެޓްތައް ހިފައިގެން ދިޔަ އުޅަނދު ހިދަތޫ ބަނދަރަށް ވަދެފައިވާ ކަމުގައެވެ. އަދި ޖެނަރޭޓަރ ސެޓްތައް އޮފްލޯޑް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަނަރޭޓަރ ސެޓްތައް އިންސްޓޯލް ކުރުމަށް 20 ޓެކްނީޝަނުން ދެ ގުރޫޕަކަށް މަސައްކަތް ކުރަމުން ގެންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫގައި މައްސަލަ ޖެހިފައިވާ ހަތަރު ޖަނެރޭޓަރު ފެށްގެ ތެރެއިން އެއް ޖަނަރޭޓަރ ސެޓް މަރާމާތަށް ނެރެފައިވާ ކަމަށާއި އަނެއް ތިން ސެޓް މަރާމާތު ނުކުރެވިގެން އުޅެނީ ބޭނުންވާ ސްޕެއަރ ނުލިބިގެން ކަމަށް ޝަރީފު މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

މިރޭ އައްޑޫއަށް ގެންގޮސްފައިވަނީ 1.2 މެގަވޯޓްގެ ޖަނަރޭޓަރު ސެޓަކާއި އެއް މެގަވޯޓްގެ ޖަނަރޭޓަރ ސެޓެކެވެ.
ގުޅުންހުރި
ފުވައްމުލައް ކަނު އަނދިރީގައި ތިން ދުވަސް
1 އޯގަސްޓު 2018
އިންތިހާބަށް ދެ މަހަށް ވެފައިވަނިކޮށް 20 ރަށެއްގައި ނަރުދަމާ އަޅަން ހަވާލުކޮށްފި
31 ޖުލައި 2018
މާމެންދޫއަށް ޖަނަރޭޓު ގެންގޮސް، ކަރަންޓު ދޭން މަސައްކަތް ކުރަނީ
29 ޖުލައި 2018
ޕެނަލް ބޯޑު ގޮވާ ރަތަފަންދޫއިން ކަރަންޓު ކެނޑިއްޖެ
23 ޖުލައި 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]