America ge Hanguraama Plan tha Uthuru Korea ge Hackarun Vagah Nagaafi
vfp.mv
MIB
MIB
ހަނގުރާމަ ޕްލޭންތައް އުތުރު ކޮރެއާގެ ހެކަރުން ވަގަށްނަގާފި
inage
އުތުރު ކޮރެއާގެ ލީޑަރު
  ދުނިޔެ | އޭޝީއާ | 11 އޮކްޓޯބަރ 2017 | 0 ކޮމެންޓް
އުތުރު ކޮރެއާގެ ހެކަރުން އެމެރިކާއާއި ދެކުނު ކޮރެއާއިން ގެންގުޅުނު ހަނގުރާމައިގެ ސިއްރު ޕްލޭންތައް ވަގަށް ނަގާފައިވާ ކަމަށް ދެކުނު ކޮރެއާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރީޗޯހީ ވިދާޅުވެއްޖެއެވެ. thegardens
ރީ ވިދާޅުވިގޮތުގައި މި ޕްލޭންތައް ހެކްކޮށްފައިވަނީ ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީގެ ޑޭޓާބޭސްއިން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ރީ އަކީ މަޖިލިސްގެ ޑިފެންސް ކޮމެޓީގައިވެސް އިންނަވާ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެކެވެ.

ރީ ސީއެންއެންއަށް މައުލޫމާތު ދެމުން ވިދާޅުވީ މި ޕްލޭންތަކުގެ ތެރޭގައި އެމެރިކާއާއި ދެކުނު ކޮރެއާއިން ހަނގުރާމާއިގެ ހާލަތުގައި ކުރާނެ ކަންކަމާއި އުތުރު ކޮރެއާގެ ވެރިންގެ ދުވަސްދުއްވާލާނެ ގޮތްތައް ވެއެވެ. ހެކަރުން ވަނީ 235 ގިގަބައިޓުގެ މައުލޫމާތު ވަގަށް ނަގާފައިކަމަށް ރީ ވިދާޅުވެއެވެ.

ރީގެ ކޮމެންޓާއި ގުޅިގެން ދެކުނު ކޮރެއާގެ ޑިފެންސް ސްޕޯކް ޕާސަންވަނީ އެއީ ސިއްރު މައުލޫމާތުކަމަށް ބުނެ ޖަވާބުދިނުމަށް އިންކާރު ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ޕެންޓަގަން އިންވެސްވަނީ އެއީ ސިއްރެއްކަަމަށް ބުނެފައެވެ. ނަމަވެސް އުތުރު ކޮރެއާއިން ދީފާނެ ކޮންމެ ހަމަލާއަކަށް ކުރިމަތިލާން ތައްޔާރަށް ހުރިކަމަށާއި އެކަމުގެ އޮޕަރޭޝަން ޕްލޭންތަކަށް ފުރިހަމައަށް އިތުބާރު އެބައޮތްކަމަށް ޕެންޓަގަންގެ ސްޕޯކްސްޕާސަން ބެނެފައި ވެއެވެ.
ގުޅުންހުރި
ފުރަތަމަ ބޮން ވައްޓާލުމާއި ހަމައަށް އުތުރު ކޮރެއާއާއި ވާހަކަ ދައްކާނެ: އެމެރިކާ
16 އޮކްޓޯބަރ 2017
ކިމް ޖޮންގް-އުން ގެ އަންހެން ކޮއްކޮއަށް ޕްރޮމޯޝަންދީފި
9 އޮކްޓޯބަރ 2017
ކިމްގެ ބޭބެ މަރާގުޅިގެން ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި
2 އޮކްޓޯބަރ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]