YeYe Coffee ge Promotion ge Midhiya Mahuge Naseebuverinnah Laptop Lavaalukohfi
vfp.mv
HM
HM
ޔޭޔޭ ކޮފީގެ ޕްރޮމޯޝަންގެ މިދިޔަ މަހުގެ ނަސީބުވެރިންނަށް ލެޕްޓޮޕްދީފި
inage
ބީއެޗްއެމް އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލެޕްޓޮޕް ހަވާލުކުރަނީ--ފޮޓޯ ބީއެޗްއެމް
  ވިޔަފާރި | އިގްތިސާދު | 11 އޮކްޓޯބަރ 2017 | 0 ކޮމެންޓް
ބީއެޗްއެމް ޓްރޭޑާސްއިން މިހާރު ކުރިއަށް ގެންދާ ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ ސެޕްޓެމްބަރު މަހުގެ ނަސީބުވެރިންގެ ގޮތުގައި ގުރުއަތުން ހޮވުނު 15 ފަރާތަށް ލެޕްޓޮޕް ހަވާލުކޮށްފިއެވެ. jausa
ލެޕްޓޮޕް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ރޭ ބީއެޗްއެމް އޮފީހުގައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގައި، ކޮންމެ މަހަކު ގުރުއަތުން ހޮވޭ 15 ފަރާތަކަށް، ޑެލް ބްރޭންޑްގެ މަލްޓިމީޑިއާ ލެޕްޓޮޕް ލިބިގެންދާނެ ކަމަށް ބީއެޗްއެމް އިން ބުނެއެވެ.

އޭގެ އިތުރުން ޕްރޮމޯޝަންގައި ގްރޭންޑް އިނާމުގެ ގޮތުގައި ނަސީބުވެރި ފަރާތަކަށް ޑެލް ގޭމިން ލެޕްޓޮޕެއް ލިބިގެންދާނެ ކަމަށް ބީއެޗްއެމް އިން ބުނެއެވެ.

ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު 50 ބޯނަސް އިނާމު ލިބިގެންދާނެއެވެ،

ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގައި ޔޭޔޭ ކޮފީގެ ބޮޑު ފަކެޓެއް ގަތުމުން ފަސް ކޫޕަން ލިބޭއިރު، ކޮންމެ ކުޑަ 10 ފެކެޓަށް ކޫޕަނެއް ދޫކުރާނެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޫޕަންގެ ގޮތުގައި ލިބޭ ކާޑް ކަހާލުމަށްފަހު، އޭގައިވާ ކޯޑު، އެސްއެމްއެސް ކުރަން ޖެހެނީ 5757 އަށެވެ.
ގުޅުންހުރި
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒާއި މިދިޔަ މަހުގެ 15 ލެޕްޓޮޕް ހަވާލުކޮށްފި
26 ފެބްރުއަރީ 2018
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ފަހު މަސް، މިމަހުވެސް 15 ލެޕްޓޮޕް!
15 ޖެނުއަރީ 2018
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ މިދިޔަ މަހުގެ ނަސީބުވެރިންނަށް ލެޕްޓޮޕް ހަވާލުކޮށްފި
13 ޖެނުއަރީ 2018
ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ މިދިޔަ މަހުގެ ނަސީބުވެރިން ހޮވައިފި
2 ޖެނުއަރީ 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]