Saudi ge GEA inn 200000 Vazeefa Ufahdhanee
vfp.mv
VFPBAAZAARU
MIB
MIB
ސައުދީގެ ޖީއީއޭއިން 200000 ވަޒީފާ އުފައްދަނީ
inage
ސައުދީގައި މަސައްކަތްކުރާ ބަޔަކު-
  ވިޔަފާރި | ދުނިޔެ | 11 އޮކްޓޯބަރ 2017 | 0 ކޮމެންޓް
ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމެންޓް އޮތޯރިޓީ (ޖީއީއޭ) އިން 200،000 ވަޒީފާ ފޯރުކޮށްދީ 2030 ވަނަ އަހަރު އަންނައިރު ޖީޑީޕީއަށް 500 ބިލިއަން ސައުދީ ރިޔާލް ހިއްސާކުރާނެ ކަމަށް ހާމަކޮށްފިއެވެ. dhi2
ސައުދީގެ މުނިފޫހިފިލުވުމުގެ އޮތޯރިޓީއާއި ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާއިރު އެ އޮތޯރިޓީގެ ސީއީއޯ ހާތިމް ސަމްމަން ވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ކެތްތެރިކަމާއެކު ތިބުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

"(ޖީއީއޭ) އަހަރެމެން ފަށައިގަތީ މީގެ 17 މަސް ކުރިން. ކާމިޔާބު ހަރަކާތްތަކެއް މި ފާއިތުވި މުއްދަތުގެ ތެރޭގައި ވަނީ ބޭއްވިފަ." ހާތިމް ސަމްމަން ބުންޏެވެ.

ހާތިމް ބުނި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން، 14 ސިޓީއެއްގައި މުނިފޫހިފިލުވުމުގެ ހިދުމަތްދޭ ގޮތްތައް އެ ފަރާތުން ވަނީ ދިރާސާކޮށްފައެވެ. އަދި އޭގެ ތެރެއިން ސައުދީގައި ކުރެވޭނެ ކަންކަން ބަލަމުންދާކަމަށްވެސް އޭނާ ބުންޏެވެ.

މުނިފޫހިފިލުވުމުގެ ކަންކަމަށް އިންވެސްޓްކުރުމަށް 10 ބިލިއަން ސައުދީ ރިއާލް (2.7 ބިލިއަން ޑޮލަރު) އިނީޝިއަލް ކެޕިޓަލްއަކާއެކު ކުންފުންޏެއް އުފެއްދުމަށް ސައުދީ އަރަބިއްޔާއިން މީގެ ކުރިން ވަނީ ނިންމާފައެވެ.
ގުޅުންހުރި
ސައުދީ ކޯލިޝަނުން ދިން ހަމަލާއެއްގައި ޔަމަނުގެ 29 ކުޑަކުދިން މަރާލައިފި
9 އޯގަސްޓު 2018
ސައުދީއާއި ކެނެޑާގެ މައްސަލާގައި ރާއްޖެ ސައުދީއާއެކު
9 އޯގަސްޓު 2018
ހައްޖުގެ އަޅުކަން އަދާކުރަން ސައުދީއަށް ދިޔަ މީހުންގެ އަދަދު 700،000 އަށް
5 އޯގަސްޓު 2018
ސައުދީން ހަދިޔާކުރި ކަދުރު ލިބުނީ ހދ އަތޮޅުން އެންމެ ރަށަކަށް!
24 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]