Paper Leakeh Nuvey! Bodu Jokeh!
vfp.mv
VFPBAAZAARU
HM
HM
ޕޭޕަރު ލީކެއް ނުވޭ! ބޮޑު ޖޯކެއް!
inage
ދަރިވަރުންތަކެއް އިމްތިހާނެއް ހަދަނީ---
  ޚިޔާލު | | 11 އޮކްޓޯބަރ 2017 | 9 ކޮމެންޓް
އެސް.އެސް.ސީ އަދި އެޗް.އެސް.ސީ އިމްތިޙާނުތަކުގައި ދަރިފުޅު ބައިވެރިވާނަމަ، އިމްތިޙާނު ހޯލު ބެލެހެއްޓުމަކީ މަނާ ކަމެކެވެ. ގްރޭޑް 10 ނުވަތަ އޭލެވެލްއަށް މާއްދާ ކިޔަވައިދޭ ޓީޗަރަކު އިމްތިހާނު ހޯލާ ވައި އެޅުމަކީ ވެސް ބޮޑުވެގެންވާ ކުށެކޯލައެވެ. އެހެންނަމަވެސް ރާއްޖޭގައި އިމްތިޙާނު ޕޭޕަރު ހެދުމަށް ނެންގެވި ޓީޗަރުންގެ ތެރެއިން ބައެއް ފަރާތްތަކުން، އިސްބޭފުޅުންގެ ދަރީންނަށް ޓިއުޝަންދީ، ބައެއް ސްކޫލުތަކުގައި ރިސޯސްކޮށް އެކްސްޓްރާގަޑި ފައިސާއަށް ނަގައިދީ، އިމްތިޙާނު ކަރުދާސް އޮތް ނެތްގޮތާއި ދަސްކުރާންވީ ބައިތައް ބުނެދިނުމަކީ ޕޭޕަރު ލީކުވުން ކަމަކަށް ނުވެޔޯލައެވެ. އެ ސްކޫލުތަކަށް ދިން ނޯޓުތަކުގައި ހުރިގޮތަށް އިމްތިޙާނު ކަރުދާހުގައި ސުވާލު އޮތުމަކީ ވެސް އިއްތިފާގެ ކޯލައެވެ. ދެ އުޅި އެއްނުވެ މިކަން ޖޯކަކަށްވާ ހިސާބަކީ މިއީ އެވެ. dhi2
"އެފަދަ އެއްވެސް ކަމެއް ހިނގާފައެއްނުވޭ. ހިނގާފައިވާ ކަންކަމާއި އިމްތިހާން ތައްޔާރު ކުރައްވަން އުޅުނު ފަރާތްތަކާއި މިކަންކަމަކީ އަޅުގަނޑުމެން ސައްތައިންސައްތަ އިތުބާރު ކުރެވިގެން ކަނޑައެޅިފައި ހުރި އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދެވިފައި އޮތް ކަމެއް،" އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވިއެވެ.

ނަމަވެސް ކަން ހިނގާފައިވަނީ އެހެން ނޫން ކަމަށް ކަމުގެ މައުލޫމާތު ހުރި ބައެއް ޓީޗަރުން ވިދާޅުވެއެވެ.

އިމްތީޙާނު ހެދުމަށް ފުރަތަމަ ފަހަރު އިޢުލާނު ކުރުމުން އެކަމަށް އިޖާބައެއް ނުލިބުނެވެ. މިހެންވުމުން ވަކިވަކި ބައެއް ޓީޗަރުންނާ ވާހަކަ ދެއްކި ކަމަށް ބައެއް ޓީޗަރުން މައުލޫމާތު ބުނެއެވެ. ދެވަނަ ފަހަރަށް އިއުލާނު ކުރުމުން ވެސް ސްކޫލުތަކުގެ ޓީޗަރުން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ. ޓީޗަރުން މިކަމަށް އިޖާބަދީފައި ނުވަނީ ސީދާގޮތެއްގައި ދަރިވަރުންނަށް ކިޔަވައިދޭ ބަޔަކު އިމްތިޙާނު ހެދުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ނުދެކޭތީ ކަމަށް ވެއެވެ. "ކިތަންމެ އިންސާފުވެރިޔޭ ބުނިކަމުގައި ވީ ، ނަމަވެސް ކިޔަވައިދޭ ބަޔަކު ޕޭޕަރު ހަދާފިނަމަ، އޭގައިވާ އެއްޗެއް ކިޔަވައިދޭ ކުދީންނަށް ބުނެ ނުދެވުމަށްވުރެ، ބުނެދެވުމުގެ ފުރުޞަތު ބޮޑުވާނީ. އެހެންވެ އަޅުގަނޑުމެންނާ ވާހަކަ ދެއްކުމުން އިންކާރު ކުރީ. އަޅުގަނޑުމެން ކިޔަވައިދީފައި އިމްތިޙާނު ހެދުމަކީ، ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް އަމިއްލަ ޒަމީރަށް ގަބޫ ކުރެވޭތީ. މާލޭގެ ސްކޫލުތަކުގައި އިސްކޮށް އުޅުއްވާ ފާހަގަކޮށްލެވޭ ޓީޗަރަކު ވިދާޅުވިއެވެ.

ދެވަނަ ފަހަރަށް ވެސް އިޢުލާނުކޮށް ޓީޗަރުން ނުވުމުން މާލޭގައި އޭލެވެލްއަށް ކިޔަވައިދޭ 2 ސްކޫލަކުން 3 ޓީޗަރަކު އިސްލާމް ޕޭޕަރު ހަދަން ނެގިއެވެ. އެނގިފައިވާ ގޮތުގައި ދިވެހީގައި ނަގައިފައިވަނީ އޭލެވެލްއަށް މާލޭގައި ކިޔަވައިދޭ ދެ ސްކޫލެއްގައި މަސައްކަތް ކުރާ ޓީޗަރަކާއި، އޭލެވެލްއަށް ކިޔަވައިދޭ އަމިއްލަ ސްކޫލެއްގެ ޓީޗަރަކާއި، ކުރީން ކިޔަވައި ދިނުމުގައި އުޅުއްވި، ފަހުން ކޮމިޝަނެއްގެ މެމްބަރުކަން ކުރެއްވި ފަރާތެކެވެ.

އިމްތިޙާނުގެ ނަތީޖާގެ ވާދަވެރިކަން ސްކޫލުތަކުގެ މެދުގައި މިހާރުވަނީ ވަރަށް ބޮޑަށް އުފެދިފައެވެ. ހަމައެހެންމެ އޯލެވެލް، އަދި އޭލެވެލްގައި ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދައި މަތީ ތައުލީމުގެ މަގުފަހި ކުރުމަކީ މޮޅަށް ކިޔަވާ ދަރިވަރުންގެ އެންމެ ބޮޑު އެއް ބޭނުމެވެ. މިގޮތުން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް ހޯދުމަށް ގިނަ ދަރިވަރުންތަކެއް ދަނީ، ގަދަ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ. މިހެންވަނީ، ކުރިން މިކަން އޮތްގޮތާ ޚިލާފަށް، މިހާރު ފުރުޞަތު ވަރަށް ބޮޑަށް ހަނިވެފައިވާތީ ކަމަށް ވެދާނެއެވެ.

ކަންމިހެން އޮތް އިރު ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ޕޭޕަރު ހެދުމުން އަދި އެޓީޗަރުން ވަކި ކަހަލަ ބައެއްގެ ދަރިންނަށް ޓިއުޝަން ދީ، މާލޭގެ ބައެއް ސްކޫލުގައި ރިސޯސްކޮށް ކިޔަވައި ދީފައިވުމުން އެއީ އިއްތިފާގޭ ބުނެ ނިންމައި ލެވިދާނެތޯއެވެ؟

މައްސަލައަކަށްވަނީ، މިކަން ކުރެއްވި ފަރާތްތަކުގެ ޕްރޮފެޝަނަލް ކަމެއް ނެތުމެވެ. ޕޭޕަރު ތައްޔާރު ކުރުމަށް ކިޔަވައިދޭ ޓީޗަރުންތަކެއް ނެންގެވުމަކީ، އަދި އެ ނެންގެވި ފަރާތްތަކުން ކުދީންނަށް ޓިއުޝަންދީ، ބައެއް ސްކޫލުތަކަށް އެކަން އެނގިގެން އެފަރާތްތައް ގެންގޮސް ރިސޯސް ޓީޗަރެއްގެ ގޮތުގައި ކިޔަވައި ދެވުމަކީ އިމްތިޙާނުގެ ސައްހަ ކަމާމެދު ސުވާލު އުފެދެން ޖެހުނު މައިގަނޑު ސަބަބުތަކެވެ.

އެހެންކަމުން އުސޫލުތައް ހެދިފައި ހުރީ، ފާޅުކަން ބޮޑު ގޮތެއްގައި އާންމުންނަށް މިވާހަކަ ދެއްކޭނެފަދަ، އަދި އާންމުންގެ ހިތުގައި ޝައްކު އުފެދޭނެ ފަދަގޮތެއްގައި ކަމަށް ބައެއް ޓީޗަރުން ވިދާޅުވެއެވެ.
ގުޅުންހުރި
ގޮއިދޫ ސްކޫލުގެ ދަރިވަރުން "މިސައިލެއް" ޓެސްޓުކޮށްފި
2 އޯގަސްޓު 2018
ބައެެއް ސުކޫލުތަކުގައި ޓެބްލެޓު ބޭނުންކޮށްގެން ކިޔަވަދޭން ފަށައިފި
2 އޯގަސްޓު 2018
މޮރޮކޯ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާނެ
30 ޖުލައި 2018
ފުލްޓައިމް ދިރިއުޅުން!
21 ޖުލައި 2018
ހިޔާލު

ޙަބީބު
ރިޕޯޓު ލިޔުނު މީހާގެ ނަން ޖަހާލަން ނުކެރުމުން ވެސް އެގުނީ މިއީ ތެދު ޚަބަރެއް ނޫންކަން.
މާހިރު
ޢެޑިއުކޭޝަނުން ބުނީ ލީކެއް ނުވެޔޭ. މާނައަކީ ޕޭޕަރު ހެދި މީހާ ތާކަށް ގޮސް އޭގައި ހުރިއއެއްޗެއް ހުރިގޮތަށް އަކުރުން އަކުރަށް ކިޔައިދިނަސް އެ ލީކުވީ. މާނައަކީ އެކަހަލަ ކަމެއް ވެސް ނުހިގަޔޭ. ޑީޕީއީ އިން ޕޭޕަރު ހަދަނީ އެކެއްވެސް ނޫން. ކޮމިޓީއަކުން ތިޔަ ޕޭޕަރު ހަދަނީ. ސްޓޯރީގަ ހަގީގަތެއް ނެތް. ބަޔަކު ބުނެލީމަ ބުނެލިގޮތަށް ލިޔެފަ ޢޮތް އެއްޗެއް
މިތުރު
ސައްތައިން ސައްތަ ގޯސް. ކަން ހިނގި ގޮތާ ކަން ހިނގަމުން އައިގޮތް އަދި މިހާރު ރޭވިފަ އޮތް ގޮތް ވަކި ބަޔަކު ބޭނުންވާ ގޮތަށް ނެތުމަކީ މުޅިޔަކުން ގޯސް ވުމެއް ނޫން. މިހާރު ތިޔަ ވާހަކަ ދައްކަވާ ބޭފުޅުން ކިޔަވައިދެއްވަމުން ޕޭޕަރު ހެއްދެވި އިރު ނުވި ކަމެއް މިހާރު ވާންވީ ސަބަބެއް ވެސް ބުނެލަން ޖެހޭ. ހައްތާވެސް އަނގަ. ކަމެއް ރަނގަޅު ކުރެވޭނީ ބިނާކުރަނިވި ފާޑު ކިޔައިގެން. ރޯނު އެދުރުންނަށް ވެގެނެއް ނޫން
ާާާައަަާދިލް
މިކަމާމެދު ޑީ.ޕީ ޒިންމާވާން ޖެހޭނެ!
ރަތް އަލިދީދީގެ ބައްޕަ ހުތްއަލިބޮޑޭ
ފިތުނަ ފަސާދަ އުފައްދަން މިކަހަލަ ލިޔުންތައް ނުލިއުމަށް ގޮވާލަން.
ޖަމީލާ މަރުޖާނޫ، މަމާމޮޅު ގާސިމުގެ އަވާގައި ނޫސްތައް ނުޖެހުމަށް ނަސޭހަތްތެރިވަން!
ހަސީނާ
މަތީ ސާނަވީ އަށް ކިޔަވައިދޭ ނުވަތަ ޓިއުޝަންދޭ ޓީޗަރުން ލައްވައި މަތީ ސާނަވީ ޓެސްޓް ޕޭޕަރު ތައްޔާރު ކުރުމަކީ ފާޅުކަން ބޮޑުގޮތުގަ މަސްލަޙަތު ފުށުއަރާކަމެއް. ކުދިންނަށް ޕޭޕަރު ބުނެ ނުުދިނަސް ބުނެދޭނެ ނުވަތަ ބުނެ ދެވިދާނެ ކަމަށް ދުނިޔެވީ ހަމަތަކުން ބަލާކަމެއް. ޓީޗަރުން ކިތަންމެ ތެދުވެރި ވިއަސް މިކަން މިގޮތުގައި ބާއްވަން ހެޔޮނުވާނެ.
ގަނޑިގަނޑީޔަ
ޑީޕީން މިފަދަ ކަންކަމާމެދު ވިސްނުން މުހިއްމު
އެސް އެސް ސީ
މި އާޓިކަލްގައި ދައްކާފަހުރި ވާހަކަތައް ވަރަށް ރަގަޅު. މިފަހަރު ކަންހިގި ގޮތަކީ އެއީ. ހަގީގަތަކީވެސް އެއީ.. މިފަދަ ކަންކަން ކުރާގޮތާއި ކުރަން އޮންނަގޮތް ނޭގުމަކީ މިކަން ވެގެން މިދިޔަގޮތް ދިފާޢު ކުރެވޭނެ ސަބަބެއްނޫން
ނަފާ ނަސީމު
މިއާޓިކަލް މުޅިން ރަގަޅެއްނޫން. ކޮންމެކަމެއް ވެސް ކުރަނީ އިންސާނުން. ބަރޯސާކުރަނީ އޭނާގެ ތެދުވެރިކަމަށް. ޕޭޕަރުތައް ހުރިހާޒަމާނަކު ކޮންމެތާކު ވެސް ހަދަނީ އިންސާނުން. ސިއްރު ދެމެހެއްޓުމާ ލީކުވުމާ އެއީ މުޅިން އެހެންކަމެއް.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]