Himaayatheh Nulibifai Episode 44
vfp.mv
VFPBAAZAARU
MIB
MIB
ހިމާޔަތެއް ނުލިބިފާ
inage
ހިމާޔަތެއް ނުލިބިފާ
  މުނިފޫހިފިލުވުން | ވާހަކަ | | ފުނަމާ | 11 އޮކްޓޯބަރ 2017 | 5 ކޮމެންޓް
44 ވަނަބައި kobadoctor
ދިރިއުޅުމުގައި ލިބެމުންދިޔަ ފިލާވަޅުތަކުން މިއަދުގެ ޞަފްހާއިން ރަފީގަށް ފުދިއްޖެއެވެ. ނުވިސްނުނު އެއްޗަކީ އެވާހަކައާއިގެން ޒައިނަބުގެ ކުރިމައްޗަށް އަރާނެގޮތެކެވެ. އެވާހަކަ ފަށާނެގޮތެކެވެ. އެވާހަކަ ބުނެދޭނެ ގޮތެކެވެ. ޒައިނަބަށް ވިސްނައިދޭނެ ގޮތެކެވެ.

***
މެންދުރުކުރީ، އެގާރަޖެހުމުގެކުރީން ތަޅުން ސާފުކުރެވޭވަރުވެއްޖެއެވެ. އަދިވެސް ދެތީންމީހަކު އެބަތިއްބެވެ. ނަމަވެސް ލޯނުހުޅުވިފައި ތިބި، އެންމެންނަށް މިހާރު އެދަނީ ގޮވަމުންނެވެ. އެއިގެތެރޭގައި ނައިނާއާއި އަބީލާޝާވެސް ހިމެނެއެވެ. އަބީލާޝާ މަޑުކޮށްގެން އެއޮތީ ނައިނާގެ އިޝާރާތަކަށެވެ. ހޭލައިގެން އޮތްކަން އެގުނުނަމަ، މިހާރު ގެންގޮސްފީހެވެ. މިހާރު ކަންތައްތައްވެފައި އޮތްގޮތުން އެއްކޮޓަރިއަކަށް ނައިނާއާއި އަބީލާޝާ ގެންދިޔުމުގެ ފުރުސަތުބޮޑެވެ. މަސައްކަތުމީހުންނަށް އޮތް ވަގުތުކޮޅު ކުޑަކަމުންނެވެ. އޮފީސްތަކުގެ ހުސްވަގުތުކޮޅުގައިވެސް އެތަނަކީ ބާރުބޮޑުވާ ތަނެކެވެ. 'ކަސްޓަމަރުން' އެވަގުތަށް އައުމުގެކުރީން ޝެޑިއުލްގައިވާ ކުދީން ތައްޔާރުވެގެން ކޮޓަރިތަކަށް ވަންނާންޖެހޭނެއެވެ. ނައިނާއާއި އަބީލާޝަގެ ހާލުރަގަޅުނޫންކަމަށް ފެންނަނަމަ، ދެމީހުން ރަގަޅުވަންދެން އެއްތަނެއްގައި ބައިތިއްބާނެއެވެ. ކޮންމެވެސް އެއްޗެއް ބޯންދީގެން ގައިގައި ވަރުޖައްސައިގެން ނެރޭނެކަން ނައިނާއަށް ކަށަވަރެވެ.

****
ލައިކާ ތައްޔާރުވަމުންދިޔައީ މުޅިންއައު ކަމަކާއި ކުރިމަތިލުމަށެވެ. ބައެއްކުދިން ވަރަށް ޝައުގުވެރިކަމާއިއެކު ލައިކާއާއި ސުވާލުކުރަމުންގެންދިޔައެވެ. ލައިކާ ކުރިއަށް ދާނީ ކޮން ރޮގަކުންތޯ ބަލަން އެކުދިންވެސް ބޭނުންވަނީއެވެ. އެއްބަނޑުއެއްބަފާ ދައްތައަކާއި ސުވާލުކުރާ ފަދައިން ކަހެކްވެސް ސުވާލުތައް ކުރިއެވެ.

"ފަހަރެއްގައި ގާނޫނީ ވަކީލަކަށް ވާހިތްވެއްޖިއްޔާ ލައިކާ ކިހިނެއް ހަދާނީ؟" ކަހެކް އަހާލިއެވެ. ހިނިއައިސްފައި ލައިކާ ބަލާލިއެވެ.

"މާމޮޅަށް ކިޔަވައިގެންތިބޭ މީހުންކުރާކަހަލަ ކަންކަން ތިހުންނަނީ.." ކުރު ޖަވާބެއް ލައިކާ ދިނެވެ.

ނަމަވެސް ސިކުނޑީގައި އެނބުރިގަތީ ވިސްނާނުލާ ދޫކޮށްލެވޭވަރުގެ ޚިޔާލްތަކެއް ނޫނެވެ. ތެދެކެވެ. ލައިކާ ބޭނުންވަރަކަށް ކިޔަވަން ފުރުސަތު އެބައޮތެވެ. ހިތްވަރު ހުރިއްޔާ ގިނަވަގުތު ޓިއުޝަންވެސް ނަގަންވީއެވެ. ހުސްވަގުތުގައި މަސައްކަތްކުރާން ނުޖެހޭވަރަށް ލައިކާގެ ކިޔެވުމަށް ބަޖެޓް ހަމަޖެހިފައިވާ ވާހަކަ ލައިކާއަށްވަނީ އަންގާފައެވެ.

"ދެންބުނެބަލަ ކޮންމެވެސް އެއްޗެއް.. ކޮންމެސް ކަމެއް މިހާރު ސިކުނޑީގައި އިންނާނެ.." ކަހެކް ބުނެލިއެވެ.

ތެދެކެވެ. ކޮންމެވެސްކަމެއް ނޫނެވެ. ލައިކާގެ ސިކުނޑީގައި ބައިވަރުކަންކަން އެބަހުއްޓެވެ. ނުނިންމެނީ ގޮތެކެވެ. ގޮތެއްނިންމަން އަވަސްވެގަންނާން ލައިކާ މިވަގުތު ބޭނުމެއްވެސް ނޫނެވެ. ކަހެކް ބުނިފަދައިން، ގަނޫނީ ވަކީލަކަށްވެސް ވެވިދާނެއެވެ. އެކަންކުރަން ލައިކާ ބޭނުންވާންޖެހޭ ސަބަބުތަކެއްވެސް އެބަހުއްޓެވެ. މިހާތަނަށް ލައިކާގެ ހަޔާތުގައި ނުލިބި އޮތް އެންމެ އަގުބޮޑުއެއްޗަކީ އިންސާފެވެ. އިންސާފުހޯދުމަށް އިތުރުމަގެއް ކޮށައި އަލިކުރާން ލައިކާގެ ވަގުތު ބޭކާރުނުކޮށް އަމިއްލައަށް އެކަންކުރާން މިއޮތީ ފުރުސަތު ލިބިފައެވެ. ވަކީލަކަށްވެގެން އެންމެންގެ ކިބައިން އިންސާފު ހޯދޭނެއެވެ. އެމީހުންނަށް ހައުގު އަދަބު ލައިކާއަށް ދެވިދާނެއެވެ. ނަމަވެސް ލައިކާގެ ވިސްނުން ތަފާތެވެ.

"ތެދެއް! ވަކީލަކަށްވެސް ވެވިދާނެ... އަހަރެން ބޭނުންވަރަކަށް ކިޔެވިދާނެ... ވަރަށް ކިޔަވާހިތްވޭ.. ވަރަށް މޮޅުވާން ބޭނުން.. އެކަމަކު ވަކީލަކަށްވާން ހިތައް އަރުވާ ހިސާބުންވެސް ވިސްނުމަށް އަންނާނީ ބަދަލުހިފުން ނުވަތަ އަނިޔާވެރީންނަށް އަދަބުދިނުން... އެހެންކަމަށްވަންޏާއި، އަހަރެންގެ ކަޅު މާޒީ އަހަރެންގެ ފަހަތުން ދުވުން ދުވަހަކުވެސް ނުހުއްޓޭނެ.. އެހަނދާންތަކާއި އެއަނިޔާތަކާއި އަހަންނަށް ދުރައްދެވޭނެ އެއްގޮތެއްވެސް ނޯންނާނެ.. ﷲއާއި ވަކީލު... އެމީހުންކުޅަ ނުބައިކަންކަމުގެ ސަޒާ، އެކަލާންގެ އެމީހުން ދެއްވާނެ.. މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް... އަހަރެން ބޭނުމެއްނޫން އެކަމުގެ ތެރޭގައި އަހަރެންގެ ހަވާނަފުސު އަނދިރިކަމުގެ ހާއްޔަކަށް ގަންބާލާކަށް... ހިތްބުނަނީ މިފުރުސަތަކީ އާފެށުމަކުން ކަންކަން ފެށުމަށް މިދުނިޔޭގައި ﷲ އަހަންނަން މިންވަރުކުރެއްވި ވަރަށްބޮޑު ނިއުމަތެކޭ މިއީ.. ހިތްބުނަނީ އެމީހުންގެ ތެރެއިން ޖާހިލުންނަށް ދުވަހަކުވެސް ހެޔޮމަގެއް ނުފެނި އެމީހުންގެ ނުބައިކަމުގައި އެމީހުން ނިމިދާނެޔޭ... ކަހެކް ބުނެބަލަ އިންސާފު ހޯދުމަށް މަސައްކަތްކުރާ މީހާއަށް ހިތްހަމަޖެހިގެން ނިދާލެވޭނެ ދުވަހެއް؟ އަހަރެން ބޭނުމެއްނޫން އެފަދަ ނުވިސްނޭ މީހަކަށްވާކަށް.. އިންޝާﷲވަރަށް ވިސްނާފައި އަހަރެންނަށް އަބަދުވެސް އެކަމަކުން އުފާވެރިކަން ލިބޭކަހަލަ މަސައްކަތެއްކުރަން ފުރުސަތު ތަނަވަސްކުރެވޭތޯ ބަލާނީ" ބޯފުނާއަޅާން ގެންގުޅުނު ފުނާ، ހިފައިގެން އިދެ އޭގައި ފިރުމާލަމުން ލައިކާ ވާހަކަދެއްކީ ވަރަށް ހަމަޖެހިލައިގެން އިދެއެވެ.

ލައިކާގެ ވާހަކައަށް ޝައުގުވެރިކަމާއެކު ކަހެކް ގެއްލިފައިއިނެވެ. ލައިކާ އެދަނީ ސްޓޭޓްގެ ގައުމީ ޔުނިވަރސިޓީގެ ޓީމަކާއިއެކު ވަޒީފާގެ މަހައުލަތަކަށް ޒިޔާރަތްކުރާށެވެ. އެކަންކަމުން ލައިކާއަށް އެންމެ ގަޔާވާ، އަދި އެންމެ ކުރަން ބޭނުންކަމެއް އިޚްތިޔާރުކުރަން ފަސޭހަވާނެ ގޮތަކަށް އެތަންތަނުގެ މައުލޫމާތާއި އެތަންތަނުގައި ކުރާ މަސައްކަތްތައް އޮޅުންފިލުވާށެވެ. އެމީހުން އެކަންކަން ކުރާގޮތްތައް ބަލާށެވެ. އެފަދަ ޓީމަކާއިއެކު ހޭދަކޮށްލަން ލިބޭ އަގުހުރި ފުރުސަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ލައިކާ މަސައްކަތްކުރާނެއެވެ.

"ލައިކާ ވަރަށް އުފާވެފައިހުރިކަން މިއަދު އެގިއްޖެ.... މިތަނުން އަހަރެން ނުދެކެން ލައިކާ ކަހަލަ ކުއްޖެއް... ކޮންމެ ކުއްޖަކުވެސްބުނާނީ ބޮޑުވެގެން މިތަނުން ނިކުމެގެންގޮސް އެންމެންގެ ކިބައިން ބަދަލުހިފާނަމޭ.. އިންސާފަކީ ނުލިބޭނެ އެއްޗެއްކަން އިގޭތީ ކޮންމެ ކުއްޖެއްގެ ހިތުގައިވެސް އޮންނަނީ އަމިއްލައަށް ވިސްނޭގޮތަކަށް އިންސާފުހޯދުން.. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތެއް ހޯދައިގެންވެސް އެމީހުންނާއި ކުރިމަތިލުން... ތިއީ ވަރަށް ތަފާތު އެކުވެރިއެއް! ލައިކާއަށްޓަކައި އަހަރެން ފަޚުރުވެރިވަން" ލައިކާގެ އަތުގައި ފިރުމާލަމުން ކަހެކް ބުންޏެވެ.

****
އަތުލަފިކޮށްގެން ނައިނާއާއި އަބީލާޝާ ނެރުނީ އެކުއެކީގައެވެ. ދެމީހުންގެ ގައިގައި ވަރުނެތުމުން ސިޑިން އަރުވައިގެން މައްޗަށް ގެންދިއުމަކީ އެމީހުންނަށް އުދަގޫކަމަކަށްވިއެވެ. ފެންވަރުވާފައި ކައިގެން މައްޗަށް ގެންދާނީކަމަށް ބުނެފައި ތިރީގައި ހުރި ވަރަށް ކުޑަ ކޮޓަރިގަނޑަކަށް ނައިނާއާއި އަބީލާޝާ ލުމަށްފަހު ބޭރުން ތަންޑުއަޅުވާފައި އެމީހުން ހިގައްޖެއެވެ. މީހަކު ނެތްކަން އެގުމުން ނައިނާ ލޯހުޅުވާލިއެވެ. ގައިގާ އަންނައުނެއްނެތަސް، މިވަގުތު ނައިނާގެ ފަރުވާލެއް ނެތެވެ. ކޮޓަރީގެ އެއްއަރިއެއްގައި ހުރި އެނދުމަތީން ބެޑްޝީޓް ދަމައިގަތުމަށްފަހު އަބީލާޝާ އޭނާގެ ހަށިގަނޑު ނިވާކުރިއެވެ. ދަތުން ތަންކޮޅެއް ވީދާލުމަށްފަހު ބެޑްޝީޓްއިރާލިއެވެ. އެއިންބައެއް ނައިނާއަށް ދިނުމަށެވެ. ދެމީހުން އެކަނިވުމުން އަބީލާޝާ މިއަދު ނައިނާއަށް ބަލަނީ ތަފާތު ނަޒަރަކުންނެވެ. ހަތަރުކަޅިހަމަކުރަން ބޭނުންނުވާކަން ނައިނާއަށް އެގުނެވެ. ކުރިން އިހުސާސްނުވާ ބޮޑުކަމެއް ނައިނާގެ ސިކުނޑީގައި ރަގަބީލު އަޅަނީއެވެ. ރީމާގެ ސުވާލުތައް އެއްފަރާތްކުރަން ނައިނާއަށް މަޖުބޫރުވީ ހަށިގަނޑުގައ ދައުރުވާ އިހުސާސުގެ ބާނީތަކެއްގެ ސަބަބުންނެވެ. ގޮތް ނޭގޭ އަޑުތަކެއް ކަންފަތަށް އިވޭތީއެވެ. މާބާރަށް ހިތް ތެޅޭތީއެވެ.

"އަހަރެންގެ ސިފަ ހުތުރުވެގެންތަ އަހަރެންނާއި ފިލަން ތި މަސައްކަތްކުރަނީ؟" ނައިނާ އަހާލިއެވެ. އަބީލާޝާ އެއްލި ބެޑްޝީޓުފަޅި ފޭރާމެއްގެ ގޮތުގައި ހަށިގަނޑުގައި އޮޅާލިއެވެ.

"ތިއީ ވަރަށް ރީތި ކުއްޖެއް... ތިއީ ވަރަށް ލޯބި ކުއްޖެއް.. ތިއީ ވަރަށް..." އަބީލާޝާއަށް ދެތިންޖުމުލައެއް ފުރިހަމަނުކުރެވެނީސް ރޮވިއްޖެއެވެ.

"އާން.. އަހަރެންނަކީ ވަރަށް ނަސީބުދެރަ ކުއްޖެއް.. އަހަރެންނަކީ މިދުނިޔޭގައި ދެމީހަކަށް ޖެހުނު މުސީބާތެއް" ނައިނާވެސް ބޭނުންވީ ރޯށެވެ.
ގަސްތުގައި އަބީލާޝާގެ އިހުސާސްތަކާއި ކުޅެން ނައިނާއަށް މިވަގުތު މަޖުބޫރެވެ. ބޭނުންވާ މުހިއްމު ސުވާލެއްގެ ޖަވާބު އަބީލާޝާގެ ފަރާތުން އަޑުއަހަން ނައިނާއެވަނީ ކެތްމަދުވެފައެވެ.

"އަހަންނަނީ މަންމަޔަކާއި ބައްޕަޔަކަށް ކުރިމަތިވި މުސީބާތެއް، އަހަރެން ދުނިޔެއަށް އުފަންވީ އަހަރެން ބޭނުންވެގެނެއްނޫން.. އެކަމަކު ހުރިހާ ކަމެއްގެ ވޭން އުފުލަން މަޖުބޫރުކުރުވީ އަހަރެންގެ މި ނިކަމެތި ގުނަވަންތަކަށް" ނައިނާ ރޮނީއެވެ. އެމަންޒަރު ބަލަން އަބީލާޝާއަށް ކެތްނުވެއެވެ.

"ބައެއްކަހަލަ ހަގީގަތްތަކަކީ ގަބޫލުކުރަން ހިތި އެއްޗެއް" އަބީލާޝާ ބުނެލިއެވެ. ނަމަވެސް އެއަޑު ނައިނާއަށް މިވަގުތު މުހިއްމެއްނުވިއެވެ.

"އަހަރެންނަށް ދިމާވިވަރުގެ ބިރުވެރިކަމެއް، އެފަދަ ނާމާންކަމެއް އެހެން އަންހެންކުއްޖަކަށް ދުވަހަކުވެސް ދިމާވާކަށް އަހަރެން ނޭދެން" ނައިނާ ބުނެލިއެވެ.

"އަހަރެންގެ އުމުރުން ހަތް އަހަރުގައި މިތަނަށްގެނައީ އަހަރެންގެ ބައްޕަ... މަންމަ މަރުވީ ކޮންއިރަކުކަމެއް ނުވެސްއިގޭ... ބައްޕަބުނީ މަންމަ މަރުވެއްޖެއޭ... އެކަންހިނގިގޮތެއް އަހަންނަކަށް ނޭގެ... މަންމަގެ ފޮޓޯއެއްވެސް ނުދެކެން... މާގިނަދުވަހެއް ނުވަނީސް، ދޮންމަންމައެއް ގެއަށްގެނައީ.. އަހަރެންގެ ދޮންމަންމަ އަހަރެންދެކެ ވަރަށް ނަފުރަތުކުރޭ... ގޭތެރޭގެ ހުރިހާ މަސައްކަތެއް އަހަރެންކުރަން ދޮންމަންމަ މަޖުބޫރުކުރުވި... އެކަމަކު ދޮންމަންމައަކަށް އަހަރެން މަސައްކަތްކުރާގޮތް ކަމަކުނުދޭ.. އަބަދު އަނިޔާކުރާނެ.. ވަރަށް ތަޅާނެ... އިސްތަށިގަޑުގައި އަލިފާންވެސް ޖައްސާނެ... ލައިގެން ހުންނަ ހެދުން ވީދާވެސްލާނެ... ކާންވެސްނުދޭނެ... ނިދިފައި އޮތިއްޔާ ގޮވާނީވެސް ގަޔަށް ވެލިއަޅާފައި އެހެންނޫނީ ކުއްލިޔަކަށް މޫނުމައްޗަށް ފެން އޮއްސާލާނެ... އެހެންނޫނީ އިލޮށިފަތީން ތަޅައިގަންނާނެ... އެވަރުން ނުފުދިގެން ދެން ކުރަންފެށީ ...." ނައިނާގެ ވާހަކަމެދުކަނޑާލިއެވެ. ޅައިރުގެ ހަނދާންތަކުން ހިތްކުދިކުދިވަނީއެވެ.

"ނައިނާގެ ބައްޕައަށް ކިޔަނީ ކޮންނަމެއް؟"ކަމެއް ޔަގީންވެ ހުރެވެސް އަބީލާޝާ ސުވާލުކޮށްލިއެވެ.

-- ނުނިމޭ --
ގުޅުންހުރި
ހިމާޔަތެއް ނުލިބިފާ
6 ޑިސެންބަރ 2017
ހިމާޔަތެއް ނުލިބިފާ
4 ޑިސެންބަރ 2017
ހިމާޔަތެއް ނުލިބިފާ
2 ޑިސެންބަރ 2017
ހިމާޔަތެއް ނުލިބިފާ
22 ނޮވެންބަރ 2017
ހިޔާލު

ހަސީ
ާނައިނާގެ މަންމަ ހެން ހީވަނީ އަބީލާޟާ އަކީދޯ
އަބީލާޝާ
އަޖާއިބުން އަޖާއިބު، އަޅޭ މަމީ ނައިނާ މޮމް އޭ
މަންޖެ
ވަރަށް ސަޅި.. އަބީލާޟާ މީކާކުބާ. ވަރަށް ސަޅިމިހާރު ވާހަކަ ގެންދާގޮއި 😍😍
ދިޔެ
އަބީލާޝްއަކީ ނައިނާގެ ކާކުތަ؟؟ވަރަށް އަޑުއަހާ ހިއްވެއްޖެ ދެމީހުންގެ ވާހަކަތައް؟؟؟
ކިޔުންތެރިޔާ
ނައިނާގެ މަންމަ ދޯ އަބިލާސާ އަކީ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]