World Cup Jaaga Hodhaidhin Mohamed Salah Ge Namun Misruge Schoolakah Nandheefi
vfp.mv
HM
HM
ވޯލްޑް ކަޕުން ޖާގަ ހޯދައިދިން ސަލާހްގެ ނަމުން މިސްރުގެ ސްކޫލަކަށް ނަން ދީފި
inage
މުހައްމަދު ސަލާހް ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 10 އޮކްޓޯބަރ 2017 | 0 ކޮމެންޓް
28 އަހަރަށްފަހު ވޯލްޑް ކަޕުން މިސްރަށް ފުރުސަތު ހޯދައިދިން ލަނޑު ޖަހައިދިން ކުޅުންތެރިޔާ ކަމުގައިވާ ލިވަޕޫލްގެ ހުނަރުވެރި ފޯވާޑް މުހައްމަދު ސަލާހުގެ ނަމުން މިސްރުގެ ސްކޫލަކަށް ނަން ދީފިއެވެ. thegardens
ކޮންގޯ މައްޗަށް މިސްރުން ކުރި ހޯދި މެޗުގައި މިސްރުން ޖެހި ދެ ލަނޑު ވެސް ޖަހައިދިނީ ސަލާހެވެ.

މުހައްމަދު ސަލާހުގެ ނަމުން ނަން ބަދަލުކޮށް ރީބްރޭޑު ކުރެވިފައިވަނީ ސަލާހުގެ ގެ ހުންނަ ބަސްޔުން އަވަށުގެ ސްކޫލެއްގައެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ އޭނާ ތައުލީމު ހާސިލްކޮށް ގްރެޖުއޭޓްވި ސްކޫލު ވެސް މެއެވެ.

ސަލާހުގެ ނަމަށް ސްކޫލުގެ ނަން ބަދަލުކުރިކަން ހާމަކުރަމުން ގާބިއާ ސަރަހައްދުގެ ގަވަރަނަރ އަހުމަދު ޑެއިފް ބުނެފައިވަނީ ގައުމުގެ އެފަދަ ދަރިއެއްގެ ނަމުން ސްކޫލަށް ނަން ދެވިގެންދިއުން އެއީ ފަހަރެއް ކަމަށާއި އޭނާގެ ކިބައިން މިސާލު ނަގާ ގައުމަށް ފައިދާ ހުރި މަސައްކަތެއް ކޮށްދިނުމަށް އެންމެންނަށް ގޮވާލާކަމަށެވެ.

ގައުމީ ޓީމާއި އެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހް ވަނީ ޕްރިމިއާ ލީގާއި ދެވަނަ ފަހަރަށް ގުޅުމަށްފަހު މި ސީޒަނުގައި ލިވަޕޫލާއި އެކު ވެސް މިހާތަނަށް ހުނަރުވެރި މޮޅު ކުޅުމެއް ދައްކާފައެވެ.
ގުޅުންހުރި
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]