World Cupun Jaagaeh Hoadhaa Iceland Thaareehuge Thereah
vfp.mv
MIB
MIB
ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގައެއް ހޯދާ އައިސްލޭންޑް ތާރީހުގެ ތެރެއަށް
inage
  ކުޅިވަރު | ދުނިޔެ | 10 އޮކްޓޯބަރ 2017 | 0 ކޮމެންޓް
ރޭ ވޯލްޑް ކަޕް ކޮލައިފައިންގައި ކޮސޯވޯ 2-0 ގެ ނަތީޖާއަކުން ބަލިކޮށް ވޯލްޑް ކަޕުން ޖާގަ ހޯދި އެންމެ އާބާދީ ގޮތުން ކުޑަ ގައުމުގެ ޝަރަފް އައިސްލޭންޑުން ހޯދައިފިއެވެ. kobadoctor
އެންމެ 3 ލައްކަ 50 ހާސް މީހުން ދިރިއުޅޭ އައިސްލޭންޑުން ވޯލްޑް ކަޕުން ޖާގަ ހޯދި މެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސިގަޑްސަން އާއި ގަޑްމަންޑްސަން އެވެ.

މީގެ ކުރިން ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ކުޑަ އާބާދީއެއް އޮންނަ ގައުމަކީ ޓްރިނިޑަޑް އެންޑް ޓޮބާގޯ އެވެ. 2006 ވަނަ އަހަރު އެގައުމު ވޯލްޑް ކަޕަށް ކޮލިފައިވިއިރު އެގައުމުގެ އާބާދީ އުޅެނީ 1.3 މިލިއަންގައެވެ.

މިއީ އައިސްލޭންޑު ވޯލްޑް ކަޕްގައި ފުރަތަމަ ކުޅޭނެ ފަހަރެވެ. މިދިޔަ އަހަރުގެ ޔޫރޯ މުބާރާތުގައި ވެސް ކުއާޓާއާއި ހަމައަށް ދަތުރުކޮށް މޮޅު ކުޅުމެއް ދައްކާފައިވާ އައިސްލެންޑުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގާ ހޯދާފައިވާއިރު 1990 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މިސްރުން ވެސް ވަނީ މުބާރާތުގެ ޖާގައެއް ކަށަވަރުކޮށް ގިނަ ބަޔަކު ސިއްސުވާލާފައެވެ.
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]