Lukaku 100% Fit: Roberto Martinez
vfp.mv
VFPBAAZAARU
MIB
MIB
ލުކާކޫ 100 އިންސައްތަ ފިޓް: ރޮބާޓޯ މާޓިނޭޒް
inage
ރޮމެލޫ ލުކާކޫ ބެލްޖިއަމް ފަރިތަކުރުންތަކުގައި ބައިވެރިވަނީ ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 10 އޮކްޓޯބަރ 2017 | 0 ކޮމެންޓް
ބެލްޖިއަމް އަދި މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ލުކާކޫ 100 އިންސައްތަށް ފިޓު ކަމަށާއި އޭނާ އަލުން ކުޅެން ނުކުތުމަށް ތައްޔާރު ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ. muni
ބެލްޖިއަމްއާއި ސައިޕްރަސް ވޯލްޑް ކަޕް ކޮލިފައިންގައި ބައްދަލު ކުރާ މެޗުގައި ލުކާކޫ ބޭނުން ކުރާނެކަން ކަށަވަރު ކޮށްދެމުން އޭނާ ބުނެފައިވަނީ ލުކާކޫގެ ކުޑަހުޅަށް ލިބުނު އަނިޔާއިން އޭނާ މުޅިން ސަލަމާތްވެފައިވާ ކަމަށެވެ. އެހެން ކަމުން އޭނާ މެޗުގައި ފެނިގެންދާނެ ކަަމަށެވެ.

ސައިޕްރަސް އާއި ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވެސް ބެލްޖިއަމް ވޯލްޑް ކަޕަށް ކޮލައިފައިވެފައި އޮތުމާއި އެކު ލުކާކޫގެ ފިޓްނަސް އާއި މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އޭނާ ކުޅެން ނުރުމުން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ވަނީ މިކަމާއި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް މާޓިނޭޒަށް ގުޅާފައި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބެލްޖިއަމްގައި އަންޓަނޭޝަލަށް ޑިއުޓީގައި ކުޅުމުގެ ތެރެއިން މިފަހަރު މެންޗެސްޓާ ޔުނައިޓެޑުގެ ލުކާކޫގެ އިތުރުން ފެލައިނީ އަށް ވެސް ވަނީ އަނިޔާވެފައެވެ. އެގޮތުން މިއަނިޔާއާއި ގުޅިގެން އޭނާ 2-3 ހަފްތާއަށް ކުޅުމާ ދުރަށްދާން ޖެހޭނެވެ.
ގުޅުންހުރި
އާޖެންޓީނާ އުންމީދު އާ ކުރި އިރު، ބްރެޒިލް މޮޅުވެއްޖެ
16 ނޮވެންބަރ 2016
ސޭންޗޭސްގެ ދެ ލަނޑާއެކު ފަހަތުން އަރައި ޗިލީ މޮޅުވެއްޖެ
16 ނޮވެންބަރ 2016
އެސްޓޯނިއާ ކޮޅަށް 8 ލަނޑު ޖަހައި ބެލްޖިއަމް އަށް ފަސޭހަ މޮޅެއް
14 ނޮވެންބަރ 2016
ޑިޕޭ ދެ ލަނޑު ޖެހި އިރު ނެދަލެންޑްސް އަށް މޮޅެއް
14 ނޮވެންބަރ 2016
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]