Californiage Eki Sarahah Dhuthakugai Alifaan Roave Adhanee!
vfp.mv
HM
HM
ކެލެފޯނިޔާގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯވެ އަނދަމުންދަނީ!
inage
ކެލެފޯނިޔާގައި އަދަމުންދާ ގެއެއް....
  ދުނިޔެ | ހުޅަނގު | 10 އޮކްޓޯބަރ 2017 | 1 ކޮމެންޓް
އެމެރިކާގެ ކެލިފޯނިޔާގެ ބައެއް ސަރަހައްދުތަކުގައި އަލިފާން ރޯވެ، 10 މީހުން މަރުވެއްޖެއެވެ. thegardens
ކެލިފޯނިއާގެ ބައެއް ސަރަހައްދުތަކުގައި އަލިފާން ރޯވެ އަނދަމުންދާއިރު، އަލިފާންގަނޑު އެންމެ ބޮޑަށް ފެތުރިފައިވަނީ ސޮނޮމާ، ނަފާ އަދި ޔުފާ ސަރަހައްދުގައެވެ. ކެލިފޯނިއާގެ މެންޑޮސިނޯއަށްވެސް އަލިފާންގަނޑު ފެތުރިފައިވާއިރު، އެހާދިސާގައި މެންޑޮސިނޯއިން އެކަކު، ސޮނޮމާއިން ހަތް މީހުން އަދި ނަފާއިން ދެ މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަލިފާނުގެ ހާދިސާގައި މަދުވެގެން 1500 ގެ ވަނީ އަނދާފައެވެ. އަދި އަލިފާންގަނޑު ފެތުރެމުންދާތީ ކެލިފޯނިއާގެ ނާޕާ، ސޮނޮމާ އަދި ޔުބާއިން 20،000 އެއްހާ މީހުން ވަނީ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

ކެލިފޯނިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުން، އަލިފާންގަނޑު ފެތުރެން ފަށައިފައިވަނީ އާދިއްތަ ދުވަހުއެވެ. އެހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމުވެފައިވާއިރު ބައެއް މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެެއެވެ.

ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ނަފާގެ ފަޔާ ޗީފް ބުނެއެވެ.

އަލިފާންގަނޑު ބާރު މިނެއްގައި ފެތުރެމުންދަނީ ވައިޖެހޭ ބާރުމިނުންނާއި ހިއުމިޑިޓީ ދަށްވުމުގެ ސަބަބުން ކަމަށް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. އަލިފާން ނިއްވުމަށްޓަކައި ކެލިފޯނިޔާގެ އެކި ސަރަހައްދުތަކުން އަލިފާން ނިވި ވަނީ ގެނެސްފައިއެވެ.

ކެލިފޯނިއާގައި ކުއްލި ހާލަތު އިއުލާނު ކޮށްފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ނޭނގޭ ކަމަށް އަލިފާން ކެލިފޯނިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ގުޅުންހުރި
އަލަބާމާގެ އިންތިހާބުގައި ޓްރަމްޕަށް ބޮޑު ނާކާމިޔާބެއް!
3 ގަޑިއިރު ކުރިން
އެލްޖީއޭގެ ނިންމުމާ މެދު އެމެރިކާ އެމްބެސެޑަރު ވެސް ކަންބޮޑުވުން ފާޅު ކުރައްވައިފި
20 ގަޑިއިރު ކުރިން
ނިއުޔޯކްގައި ދޭން އުޅުނު ބޮމުގެ ހަމަލާއެއް ފެއިލްވެއްޖެ
11 ޑިސެންބަރ 2017
"ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އެމެރިކާއަށް ދެން އަދާ ނުކުރެވޭނެ"
7 ޑިސެންބަރ 2017
ހިޔާލު

ހުސެއިން
ﷲ ގެ ކުޅަދުން ވަންތަ ކަމުގެ ހެކިތަށް ފެންނަމުން މިދަނީ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]