Gang Kuhthakai Gangthah Nuhuttuvenee Keevve!
vfp.mv
VFPBAAZAARU
HM
HM
ގޭންގު ކުށްތަކާއި ގޭންގުތައް ނުހުއްޓުވެނީ ކީއްވެ!
inage
ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ---
  ރިޕޯޓް | އިޖުތިމާއީ | 8 އޮކްޓޯބަރ 2017 | 2 ކޮމެންޓް
ގޭންގު ކުށްތަކާއި ގޭންގުގެ ވާހަކައަކީ ރާއްޖޭގައި އާވާހަކައެއް ނޫނެނެވެ. ނަމަވެސް ޒަމާންވީ އެކަންތައްތަކަކީ މިހާތަނަށް އައިއިރު ރާއްޖޭގައި ހައްލު ނުލިބިފައި އޮތް ކަމެކެވެ. ފެންނަން އޮތް ހަގީގަތަކީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑެތި ޖިނާއީ ކުށްތައް އެ ގޭންގުތަކާއި ގުޅިފައިވާ ކަމެވެ. ކޮންމެ މަރެއްގެ ފަހަތުގައި ގޭންގެކެވެ. ނުވަތަ ގޭންގެއްގެ މެންބަރެކެވެ. މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކާއި ހަށި ވިއްކުމުން ފެށިގެން ގޮސް އިންސާނީ ވަގުފާރި ކުރުމުގެ އަމަލުތަކާއި ހަމައަށެވެ. ގޭންގުތަކާއި ބެހޭ ގޮތުން މާބޮޑު ދިރާސާތަކެއް މިހާތަނަށް ހެދިފައެއް ނުވެއެވެ. ނަމަވެސް ގޭންގުތަކާއި ބެހޭ މައުލޫމާތާއި ގޭންގު ކުށްތަކުގެ ތަފާސް ހިސާބުތައް ކަމާ ބެހޭ ފަރާތްތަކުގައި އެބަ ހުއްޓެވެ. Dhiraagu
ގޭންގުތަކުގެ ހާލަތު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު 2014 ވަނަ އަހަރު ވިދާޅުވެފައިވާ ގޮތުގައި މާލޭގައި އެކަނި ވެސް 30 ގޭންގު އެބަ އޮތެވެ. އޭގެތެރެއިން 13 ގޭންގަކީ ނުރައްްކާތެރި ކުށްތަކަށް އަރައި ގަންނަ ގޭންގުތަކެވެ. އުމަރު ވިދާޅުވި ގޮތުގައި 50 ވަރަކަށް ގޭންގު ލީޑަރުން ތިބި އިރު ގޭންގުތަކުގެ މެންބަރުންގެ އަދަދު 500 އަށް އަރައެވެ. މާލެއަށް އެކަނި މަދެއް ނޫނެއް ނޫންތޯއެވެ.

ގޭންގުތަކާއި ބެހޭ ގޮތުން މިހާތަނަށް ދިރާސާއެއް ހަދާފައިވަނީ މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސްއިންނެވެ. 2012 ވަނަ އަހަރު އެ އިންސްޓިޓިއުޓުން ނެރެފައިވާ "ރެޕިޑް ސިޗުއޭޝަން އެސެސްމަންޓް އޮފް ގޭންގްސް އިން މާލޭ"އަކީ މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް އާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ކޮށްފައިވާ ދިރާސާއެކެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މާލޭގަ އެކަނިވެސް ވިއްސާއި ތިރީހާއި ދެމެދުގެ އަދަދަކަށް ގޭންގުތައް ހަރަކާތްތެރިވާއިރު އެ
ގޭންގުތަކުގައި 50 ހާއި 400 އާއި ދެމެދުގެ އަދަދަކަށް މީހުން އުޅެއެވެ.

ގޭންގުތަކުގެ ފަހަތުގައި ސިޔާސީ ފަރާތްތައް

މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ގޭންގުތައް މެދުވެރިކޮށް ތަންތަނާއި މުދަލަށް ގެއްލުންދީ ހަމަނުޖެހުންތައް ހިންގާ މީހުން މެރުމުގެ އަޑީގައި ތިބީ ސިޔާސީ ވެރިންނާއި ވިޔަފާރިވެރިންނެވެ. ގޭންގުތަކުގައި ހަރަކާތްތެރިވާ މީހުންނާއި އިންޓަވިއުކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ގޭންގު މެމްބަރުންނާއި ހަވާލާދީ ބުނެފައިވަނީ ގޭންގުތަކަށް އެންމެ ބޮޑަށް ހަރަދު ކުރަމުން ގެންދަނީ ޕީޕީއެމް އާއި ޑީއާރްޕީއާއި ޖުމްހޫރީ ޕާޓީ ގެ އިތުރުން އެމްޑީޕީން ކަމަށެވެ.

ގޭންގުތައް ލައްވާ ސިޔާސީ މީހުންނާއި ވިޔަފާރިވެރިން ހިންގާ ހަމަނުޖެހުންތަކުގެ ބަދަލުގައި ފައިސާދޭއިރު އެހަރަކާތެއްގައި އުޅެނިކޮށް ބަންދެއް ނުވަތަ ހައްޔަރެއް ވެއްޖެނަމަ ޖަލުން ސަލާމަތް ވެސް ކޮށްދޭ ކަމަށް ރިޕޯޓްގައި ބުނެއެވެ. އަދި ބައެއް ސަފާރީތަކުގައި އަންހެން ކުދިންނާއި ރަލާ އެކު ޕާޓީކޮށްލަން ވެސް ދޭކަމަށާއި މަސްތުވާތަކެތި ވެސް ދޭ ކަމަށް ގޭންގުތަކުގެ މެމްބަރުންނާއި ހަވާލާދީ ރިޕޯޓްގައި ބުނެފައިވެއެވެ.

ސިޔާސީ ކަންކަމުގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ހަމަނުޖެހުންތައް އުފެއްދުމަށް ސިޔާސީ ފަރާތްތަކުން ވެސް ގޭންގުތައް ބޭނުން ކުރާ ކަމަށާއި އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ ގޭންގު ލީޑަރުންނަށް މަހެއްގެ މައްޗަށް ބައެއް ފަހަރު މިލިއަނެއްހާ ރުފިޔާ ލިބޭ ކަމަށް ވެސް ދިރާސާ ރިޕޯޓްގައިވަނީ ބުނެފައެވެ.

2014 ވަނަ އަހަރު އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ނެރެފައިވާ ޓްރެފިކިން އިން ޕާސަންސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިނގާ ހަށި ވިއްކުން ފަދަ އަމަލުތަކާއި ގޭންގުތައް ހިނގުމުގައި ސިޔާސީ ފަރާތްތަކުގެ އެހީތެރިކަން އޮވެއެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާވައިގެން ކުށްކުރާ ބައެއް ގުރޫޕުތަކުގެ ތެރޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ގުރޫޕުތައް ވެސް ހިމެނެއެވެ. އަދި އެ ގުރޫޕުތަކަށް ސިޔާސީ ފަރާތްތަކުގެ ތާއީދު ލިބެއެވެ.

ގޭންގުތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

ގޭންގު ކުށްތަކާއި ގޭންގުތައް ހުއްޓުވުމުގެ ވާހަކައަކީ ބޮޑު ވާހަކައެކެވެ. ޒަމާނުއް ސުރެ އެކަމަށް ދައްކަމުންދާ ބަހަނާއަކީ ބޭނުންވާ ގަވާއިދުތަކާއި ގާނޫނުތައް ނެތުމެވެ. 2009 ވަނަ އަހަރު ވެސް ގާނޫނުތައް ނެތީއެވެ. މިހާރު ވެސް ގާނޫނުތައް ނެތީއެވެ. ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް ދައްކާ ބަހަނާއަކީ އެއީއެވެ. ގޭންގުތައް ހުއްޓުވުމުގެ ވާހަކައާއި އެކު މިހާރުގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް ވިދާޅުވީ ގާނޫނީ ހުރަސްތައް ނައްތާލުމުގެ ވާހަކައެވެ.

މިދައްކަނީ ކޮން ގާނޫނީ ހުރަހެއްގެ ވާހަކަތޯއެވެ.

ޖިނާއީ އިޖުރާއަތު އެބައޮތެވެ. ގާނޫނުލް އުގޫބާތު އެބަ އޮތެވެ. ޓެރަރިޒަމް މަނާ ކުރުމާއި ބެހޭ ގާނޫނު(މޮނިކޮން ގާނޫނު) އެބައޮތެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ފުންނާބު އުސް ގާނޫނީ ވަކީލަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވިދާޅުވީ ގޭންގުތައް ހުއްޓުވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"އިތުރަށް ބޭނުންވާ އެއްވެސް ގާނޫނެއް ނެތް. ބޭނުން މީހަކު އުޅާ އަޅުވާ ތަނޑި އަޅުވައިގެން ވެސް ގެންގުޅެވެން އެބަ އޮތް. ގޭންގުތަކާއި ގުޅުން ހުރި ކަންކަމަށް ޓެރަރިޒަމް ގާނޫނުގައި ހާއްސަ ފަރުވާތައް އެބަހުރި. ހެއްކާއި ބެހޭ އުސޫލުތައް އެބަހުރި. ހެކީގެ މިންގަނޑު އެހެރީ ލުއިކޮށްފައި. އެއީ މިހާރު އިޝޫއެއް ނޫން،" ވީއެފްޕީއާއި ވާހަކަ ދެއްކި ވާކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވި ގޮތުގައި ގޭންގުތައް ނުހުއްޓިވިގެން އުޅެނީ ގާނޫނު ނެތިގެންނެއް ނޫނެވެ. އެވަކީލު ވިދާޅުވި ގޮތުގައި ގޭންގުތަކާއި ގުޅުން ހުރި މައްސަލައެއް ނަމަ އިޖުރާއަތުތައް ފުރިހަމަވެފައިވޭތޯ ޕީޖީން ވެސް ވަރަށް ބޮޑަށް ބަލައެވެ. ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމުގައި އެގޮތަށް ނުބަލައެވެ.

"އެންމެ މިސާލެއް އަޅުގަނޑު ދޭނަން. މިސާލަކަށް، އަހުމަދު އަދީބު އެ ހުންނެވީ އޭނާގެ މައްޗަށް ދައުވާކޮށްފައި އޮތް ދެތިން މައްސަލައެއްގައި 33 އަހަރަށް ޖަލުގައި. އެ ވިދާޅުވާ ފައިސާތައް އިތުރު ދައުވާތަކެއް ކޮށްގެން ލިބޭނެތޯ. އެކަމަކު މިހާރު ވެސް ދައުލަތުން އެބަލަނީ އަދީބު ބޮލަށް ދެން ވެސް ކަނޑާލެވެން އޮތީ ކޮން މައްސަލައެއްތޯ ހޯދައިގެން އަދީބުގެ ބޮލަށް އިތުރު ކުށްތަކެއް މަހަން. އަދީބު ހިޔާނާތްތެރިވެ ނަގާލި ކަމަށް ބުނާ ފައިސާތައް،.އިތުރު 200 އަހަރަށް ޖަލަށް ލައިގެން ލިބޭނެތޯ. އެ ކުރައްވަނީ ހަގީގަތުގައި ދައުލަތާއި، ކޯޓުތަކާއި ފުލުހުންނާއި އެތައް ބައެއްގެ ވަގުތު އިސްރާފު. އޭގެ ބަދަލުގައި އެ މައްސަލަތައް ފަހަތައް ޖައްސާފައި ޖިނާއީ ބޮޑެތި އެހެން މައްސަލަތަކަށް ވަގުތުދިނުން ކީއްތޯ،" ވީއެފްޕީއަށް ވާހަކަ ދެއްކެވި ވަކީލު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކީކޭތޯ؟

އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ގުޅިގެން 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ އޭރު ޕީޕީއެއމްގެ ޕީޖީ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވީ އެފަދަ ކުށްތައް ނުހުއްޓުވިގެން އުޅެނީ ގާނޫނުތައް ނެތިގެން ނޫން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު އެ ދުވަހު ވިދާޅުވީ މައްސަލަ އުޅެނީ ގާނޫނު ތަންފީޒު ކުރުމުގައި މައްސަލަތަކެއް ހުރުމުން ނުވަތަ ދަތިތަކެއް ހުރުމުންނެވެ.

ސަރުކާރާއި ގޭންގުތައް

ގޭންގުތަކުގެ ވާހަކަ ދެކެވޭ ކޮންމެ އިރަކު މިހާރުގެ ސަރުކާރަށް އިނގިލި ދިން ކުރެވެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ގޭންގުތަކުގެ ނަޖާއިޒު ފައިދާ ސަރުކާރުން ކިތަންމެ ރަނގަޅަކަށް ވެސް ނަގާ ވާހަކައަކީ އާވާހަކައެއް ނޫނެވެ. ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ސަރުކާރުގައި ހުންނެވި އިރު ވެސް ޒުވާނުން ނެރެގެން ދެއްކެވީ އެ މަންޒަރެވެ. އަދި މިހާރު ވެސް ސަރުކާރަށް އޮތް ތާއީދު ދައްކަން ޒުވާނުން ނެރެގެން ދައްކަމުން ދަނީ އެ މަންޒަރުތަކެވެ. އަދީބު ނެތުމުން އެ ކަންތައްތައް ހިންގާނެ ގޮތްތައް ކިތަންމެ ރަނގަޅަށް ވެސް ހޯދާފައި އޮތް ކަން ދަނީ ސާފުކޮށްދެމުންނެވެ.

ގޭންގުތަކާއި ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ނަމަވެސް އެ މަސައްކަތާއެކު އުމަރަށް ޖެހިވަޑައިގެންނެވި ދަތުރުތަކަކީ މިސަރުކާރުގައި އެކަމުގައި ކުރި ނުލިބޭނެ ކަމުގެ ހެކިތަކެވެ. ގޭންގު މެންބަރުންގެ ފައިގައި ޓެގު އެޅުވުމާއި ގޭންގުތަަކުން ގާއިމުވެ ތިބޭ ތަންތަން ނައްތާލުމަކީ އުމަރު ފެއްޓެވި ދެ މަސައްކަތެވެ.

ޓެގު އެޅުވުން ވަކި ހިސާބަކުން ހުއްޓާލަން ޖެހުނެވެ. އަދި ހަޓުތައް ރޫޅާލަން ކުރި މަސައްކަތް ވެސް ހުއްޓާލަން ޖެހިވަޑައިގެންނެވިއެވެ. އަދި އުމަރު މަގާމުން ދުރުވެވަޑައިގެންނެވުމާއެކު އަޅުވާފައި ހުރި ޓެގުތައް ވެސް ގެއްލުނެވެ.

މިއަހަރުގެ މާޗު މަހުގެ އަށް ވަނަ ދުވަހު މާލޭގައި ގޭންގަކުން ހިންގި މާރާމާރީއަކާއި ގުޅިގެން ގޭންގަކަށް ނިސްބަތްވާ ބަޔަކު ހައްޔަރު ކުރަން ދިއުމުން ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުވަނީ ފުލުހުންނަށް ހުރަސް އަޅާފައެވެ.

ގޭންގުތައް ހުއްޓުވަން ބޭނުންވަނީ "ބޯލްސް"

މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހު އުމަރު ނަސީރު ވީއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ގޭންގު މާރާމާރީތަކާއި ގޭންގުތައް ހުއްޓުވަން ބޭނުންވާ "ބޯލްސް" ނެތީއެވެ.

"މިއީ ހުއްޓުވޭނެ ކަންކަން. ބޭނުންވަނީ ޕޮލިޓިކަލް ވިލް. ހުރިހާ ގާނޫނުތަކެއް، ސިސްޓަމްތަކެއް މިހާރު ފުލުހުންގެ ތެރޭގައި ވެސް ހުންނާނެ. އެކަމަކު މިއީ ފިރުމައިގެން ކުރެވޭނެ ކަމެއް ނޫން. ހާޑް ޑިސިޝަންއެއް ނަގަން ޖެހޭނީ. އަޅުގަނޑު ދަންނަވާނީ ހަމަ ހުއްޓުވަން ބޭނުންވާ ބޯލްސް ނެތީއޭ،"" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ވޭތުވެ ދިޔަ ކޮންމެ ސަރުކާރެއްގައި ވެސް ގޭންގުކުށްތަކާއި މީހުން މެރުން ނުހުއްޓުވުނީ ގޭންގުތަކުގެ ރުހުން ހޯދަން ހަދައިގެންނެވެ.

ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން އުޅޭ އުޅުން ހުއްޓާލައިގެން ނޫނީ ގޭންގުތައް ނުހުއްޓުވޭނެއެވެ. ސީރިއަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އަދި ސިޔާސީވެރިންނާއި ވިޔަފާރިވެރިން ގޭންގުތަކުގެ ބޭނުން ކުރުން ހުއްޓާލަން ޖެހެއެވެ. ކަންމަތިތަކުގައި ތިބި "ކުދިން" އެެ ހިންގަނީ ގޭންގުތައް ކަމަށް ބަލައިގެން އެކުދިން އެކުރާ ކުށްތަކަކީ ގޭންގު ކުށްތައް ކަމަށް ބަލައިގެންނެވެ.
ގުޅުންހުރި
ވަކި ބަޔަކަށް ނިސްބަތްކޮށް ގޭންގްތަކޭ ބުނަން އަޅުގަނޑަށް އުނދަގޫ: ރައީސް
17 ސެޕްޓެމްބަރ 2018
ހުޅުމާލޭގައި ގޭންގަކުން ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
9 ޖޫން 2018
2017: މާރާމާރީތަކުން ބިރު ގަންނަވާލި!
1 ޖެނުއަރީ 2018
ބޮޑެތި ކުށްތަކުގައި ނުހިމެނޭ މީހުންގެ ޕޮލިސް ރެކޯޑު ސާފުކޮށްދެނީ
8 ނޮވެންބަރ 2017
ހިޔާލު

މީމުހާ
ޑރ ޝައިނީ ގާތު ތިޔަ ސުވާލު އައްސަވަބައްލަވަ؟
އަހްމަދު
ތިހުރިހާމީހުން ފުލުހުންނަށްއެގޭ. ނޭގޭ އެކައްޗެއްވެސްނެތް. ނަމަވެސް ގޭންގު މީހުން ހައްޔަރު ނުކުރެވެނީ ފުލުހުންނަށްވުރެ ގަދަ ބަޔަކު އެމީހުން ހިމާޔަތް ކުރާތީވެ. މިކަންނޭގޭ ކުޑަކުއްޖަކުވެސް މިޤައުމަކު ނެތް. މިއަށްކިޔަނީ ސްޓޭޓް ޓެރަރިޒަމް. މިކަމެއްނުހުއްޓވޭނެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]