Baking Soda, Mi ee Ethah Faidhaathakeh Libey Evcheh
vfp.mv
HM
HM
ބޭކިން ސޮޑާ، މިއީ އެތައް ފައިދާތަކެއް ލިބޭ އެއްޗެއް
inage
ބޭކިން ސޮޑާ
  ފޭޑި | | 9 އޮކްޓޯބަރ 2017 | 2 ކޮމެންޓް
ބޭކިން ސޮޑާ އަކީ ހަމަ އެކަނި ބަދިގޭގައި ބޭނުންކުރެވޭ އެއްޗެއް ނޫނެވެ. thegardens
ބޭކިން ސޮޑާ އަކީ ކެއްކުމުގެ އިތުރުން ވަރަށް ގިނަ ކަންކަމުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. ހަށިގަނޑާއި މޫނު ރީތި ކުރުމަށްޓަކައިވެސް ބޭކިން ސޮޑާ ބޭނުން ކުރެވި ދާނެއެވެ.

މޫނުގެ ކުލަ އަލިކުރުމަށް ބޭކިން ސޮޑާ ބޭނުން ކުރެވިދާނެވެ. މިކަން ކުރުމަށް ބޭނުންވާނީ އެއް މޭޒުމަތީ ސަމްސާ ބޭކިން ސޮޑާ، އެއް މޭޒުމަތީ ސަމްސާ ލިނބޯ ހުތް،ޓީ ޓްރީ ތެޔޮ އެއްކޮށްފައި މޫނުގައި ހާކާށެވެ.

މޫނުގައި ތިބޭ ބްލެކް ހެޑް ނައްތާލަންވެސް ބޭކިން ސޮޑާ ބޭނުން ކުރެއެވެ. މިކަމަށް ބޭނުންވާނީ ބޭކިން ސޮޑާ އާއި މާމުއު އެވެ. އެއް ސަމްސާ ބޭކިން ސޮޑާ ތެރެއަށް ބައި ސަމްސާ މާމުއި އަޅާލުމަށްފަހު ފަސް މިނިޓް ވަންދެން މޫނުގައި ހާކާފައި ބަހަށްޓާށެވެ.

ބޭކިން ސޮޑާ އަކީ އިސްތަށިގަނޑަށް ވެސް ވަރަށް ރަގަޅު އެއްޗެކެވެ. އިސްތަށިގަނޑު އަވަހަށް ދިގު ކުރަން ބޭނުން ނަމަ ބޭކިން ސޮޑާ ބޭނުން ކުރާށެވެ. އިސްތަށިގަނޑުގައިހޭކުމަށް ނުވަ ސަމްސާ ފެނުގެ ތެރެއަށް ބޭކިން ސޮޑާގެ ތިން ސަމްސާ އަޅާށެވެ. އެއަށްފަހު އިސްތަށިގަނޑުގެ ބުޑުން ފެށިގެން ހާކާށެވެ. އެއަށްފަލު ފެނާ އެޕަލް ސިޑާ ވިނެގާ ކޮޅަކުން މަސާޖް ކުރުމަށް ފަހު ރަގަޅަށް ދޮވެލާށެވެ.

އަގައިން ވަސް ކެޑުމަށްޓަކައި ބޭކިން ސޮޑާ ބޭނުން ކުރެވިދާނެއެވެ. ބޭނުން ކުރާނެ ގޮތަކީ ދެ ސަމްސާ ބޭކިން ސޮޑާއާއި ލައިމް ޖޫސް ކޮޅެއް ބައި ތައްޓެއްގެ ފެނަށް އަޅާ އެއިން އަގަ ދޮވެލާށެވެ. ވި ގޮތަށް ބޭނުން ކުރާއިރުގައި އެ ފެން ދިރުވާ ނުލުމަށް ހަދާން ކުރާށެވެ.

މިކަންކަމުގެ އިތުރުން އެހެނިހެން ކަންކަމަށް ވެސް ބޭކިން ސޮޑާ ބޭނުން ކުރެވިދާނެއެވެ. އޭގެ ތެރެއިން ފްރިޖްގައި ހުންނަ ވަސް ކެނޑުމަށް، ރަން ސާފް ކޮލަން ކަހަލަ ކަންކަމަށް ބޭނުންކުރެވޭނެއެވެ.
ގުޅުންހުރި
ބޮލުން އިސްތަށި ފޭބުމަށް މެދުވެރިވާ ސަބަބުތައް!
1 އޮކްޓޯބަރ 2017
ކާށި ތެޔޮ - ގުދުރަތީ ހަދިޔާއެއް
28 ސެޕްޓެމްބަރ 2017
ލެކިއުޓްގެ "ދަ ފޭސް އޮފް ޕްރިޓީ" މުބާރާތް، އެއް އަހަރަށް މޭކްއަޕް ސާމާނު ހިލޭ
6 ޖުލައި 2017
ފައުންޑޭޝަން އުނގުޅާއިރު ސަމާލުވާންޖެހޭ ކަންކަން
30 މާޗް 2017
ހިޔާލު

ގުޅުންހުރި
ބޭކިންގސޮޑާ
ބަބުރު ކިއްޕަތިންވެސް ވަސް ކަނޑާލާއެއްޗެއް. ހައްހައްހައް
ނީނާ
ޑޮކްޓަރެއްކުރެން އަހާލިންތޯ؟ ސޯޝިއަލް މީޑިއާގަ ބޭކިންގ ސޮޑާ ޕްރޮމޯޓްކުރަނަ ބަޔަކު ޖައްސާ ކެމްޕޭނެއް ވެސް އެބަދޭ ކުރިޔަށް އެކި އާޓިކަލްތަކާ ޕޯސްޓްތައް ލިޔެފަ ހުރޭ ތީގެ މޮޅުކަން ދައްކަން.. ތިޔައިން ރަމގަޅު ނުވާ ބައްޔެއް ނެތް މަރުބައްޔަށްވެސް އޮތް ބޭހެއް ހެން ހީވާނި އެތަކެތި ކިޔާލީމަ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]