Teacherunnah Fenkahkaa Boleege Ihzai
vfp.mv
VFPBAAZAARU
MIB
MIB
"ޓީޗަރުންނަށް ފެންކައްކާ ބޮލީގެ އިއްޒަތް"
inage
ޓީޗަރުންނަށް ފެންކައްކާ ބޮލީގެ ޢިއްޒަތް
  ޚިޔާލު | | 5 އޮކްޓޯބަރ 2017 | 9 ކޮމެންޓް
މިއަދަކީ ބައިނަލް އަގުވާމީ ޓީޗަރުންގެ ދުވަހެވެ. މިދުވަސް ރާއްޖޭގެ ސްކޫލުތަކުގައި ވެސް ދަނީ ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ. kobadoctor
ޓީޗަރުންގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ތަފާތު ހަދިޔާތަކާއި އިނާމުތައް ދީގެންނެވެ. ހިތްވަރުގެ ބަސްތަކުންނެވެ. ފެންވަރުގެ ޖާފަތްތަކުންނެވެ. ހަނދާނީ ލިޔުންތަކާއި އައްޑަނަތަކާއި ޓްރޮފީތައް ދީގެންނެވެ.

މިފަދަ ދުވަހެއް މިދެންނެވި ބީދައިން ފާހަގަ ކުރަމުންދާއިރު، ކޮންމެ އަހަރެއްގެ ޝީއާރާމެދު ވިސްނާލަނީ ކިތައް ބޭފުޅުންތޯއެވެ؟ އެ ޝިއާރަށް އަމަލު ކުރަނީ ކިތައް ސްކޫލުންތޯއެވެ؟ ނުވަތަ އެ އަމާޒަށް ވާސިލުވުމަށް އަޒުމު އާ ކުރަނީ ކިތައް ފަރާތުންތޯއެވެ؟

ވޭތުވެދިޔަ އަހަރުގެ ޝިއާރަކީ "ޓީޗަރުންގެ އަގުވަޒަން ކުރުމާއި އެމީހުންގެ ހާލަތު ރަނގަޅު ކުރުން" މިއެވެ. މިޝިއާރަށް ނަޒަރު ކުރާއިރު، ރާއްޖޭގައި މިކަން ހިނގައި ދިޔައީ، ކިހިނެއްތޯ އަމިއްލަފުޅަށް ވިސްނައި ލައްވާށެވެ. ޓީޗަރުންގެ ހާލަތު ރަނގަޅުވެއްޖެތޯއެވެ. އެމީހުންނަށް ގެނެސްދެވުނީ ކޮން ބަދަލެއްތޯއެވެ. ދެންއޮތީ ޓީޗަރުންގެ އަގު ވަޒަން ކުރުމެވެ. ދެވޭ ފިނިފެންމަލަކުން، ރިސޯޓަށް ގެންގޮސް ދޭ ބޮޑު ޖާފަތަކުން، އަގުވަޒަން ކުރެވިދާނެތޯއެވެ؟ ގިނަ ޓީޗަރުން ދެކޭ ގޮތުގައި އެގޮތަށް އަމަލު ކުރުމުން އެމީހުންނަށް މުޖުތަމައުގައި ލިބެނީ ފުރައްސާރައާއި މަލާމާތެވެ. އެމީހުން ދެކޭގޮތުގައި އޮޑިހަނެއްގައި ގާނާހެން ޓީޗަރުން މިއަދު ދަނީ ގާނަމުންނެވެ. ޓީޗަރުންގެ އަގު ވަޒަންކުރާނަމަ މިގޮތަށް އަމަލު ކުރާނެ ކަމަކަށް ގިނަ ޓީޗަރުންނެއް ނުދެކެއެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު މިއަހަރުގެ ޝިއާރަށް ވިސްނާލަމާތޯއެވެ. މިއަހަރުގެ ޝިއާރަކީ، "ޓީޗިންގ އިން ފްރީޑަމް އެމްޕަވަރިންގ ޓީޗާރސް" އެވެ. ޔުނެސްކޯއާއި ޔުނިސެފާއި، އޫއެންޑީޕީއާއި، އައިއެލްއޯގެ އިތުރުން އެޑިޔުކޭޝަނަލް އިންޓަރނޭޝަނަލް ގުޅިގެން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި މި ދެންނެވި ޝިއާރު އިތުރަށް ތަފުސީލުކޮށް ދެއްވައިފައިވެއެވެ. މިގޮތުން ފަސްކަމެއް ފާހަގަ ކުރައްވައިވެއެވެ.

1. ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނަށް ފުރުސަތު އޮތުން
2. އެކަށީގެންވާ އާމްދަނީއެއް ލިބުން
3. ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު މަތިކުރުމުގެ ފުރުސަތު ލިބިފައިވުން
4. ޕްރޮފެޝަނަލް މިންގަނޑުން ކިޔަވައިދެވޭނެ ގޮތާއި އުކުޅުތައް އިޙްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވި މަގުފައިވެފައިވުން
5. ސަލާމަތްތެރިކަމާއި ރައްކާތެރި މާހައުލެއްގައި ކިޔަވައިދިނުކުގެ ފުރުސަތު އޮތުން

ބައެއް ޓީޗަރުން ބުނާގޮތުގައި ދެއްކުމުގެ ގޮތުން ކުރާ ކަންކަމަކީ އަގުވަޒަން ކުރުމަށް ކުރާ ކަންކަމެއް ނޫނެވެ. ސްކޫލުތަކުން ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ، ޒިންމާދާރު ކަމާއެކު، އުނގަންނައި ދިނުމުގެ މަސައްކަތް ކަމަށް ވާއިރު، އެކަންކަމަށް އެންމެ ރަނގަޅަށް އަމާޒުކޮށްގެ ކިޔަވައިދެވޭތޯ ޓީޗަރުން ސުވާލު އުފައްދައެވެ. އިތުރަށް ތަފްސީލު ދެއްވަމުން އެ ޓީޗަރު ބުނީ، "ކިޔަވައިދޭން ހުއްޓާ ސްލިޕެއް ހިފައިގެން އައިސްފާނެ. ނޫނީ ކޮންމެވެސް އެނައުސްމަންޓެއް ދީފާނެ، ނޫނީ އެނޫން ކޮންމެވެސް ކަމެއް ކޮށްފާނެ އެހާ ހިސާބުން ސަޅިކޮށް ނަގައިދެމުން ދިޔަ ލެޝަން ފެނަށްވެގެން އެބަދޭ" ޓީޗަރު ބުންޏެވެ.

ޓީޗަރުންގެ ދުވަހާގުޅޭ ގޮތުން ވާހަކަ ދައްކައިލި ގިނަ ޓީޗަރުންގެ ފަރާތުން އެނގުނީ އެޓީޗަރުން ތިބީ ހިތްހަމަ ޖެހިފައި ނޫންކަމެވެ. ބައެއް ޓީޗަރުން ސިފަކުރީ މިއީ ކުރާ މަލާމާތެއްގެ ގޮތުގައެވެ. ނުވަތަ ދައްކާ ދަޅައެއްގެ ގޮތުގައެވެ. އެޓީޗަރުން ކަންބޮޑުވަނީ ތައުލީމީ ދާއިރާއަށް އަނދިރިކަން ކުރިމަތިވާތީއެވެ. ސްކޫލުތައް ނިންމާ މޮޅެތި ދަރިވަރުން މިދާއިރާއަށް ގެނެވޭނެ ގޮތެއް ނެތީމައެވެ. އަންނާއޮތް ޖީލުތަކުގެ ދަރީންނަށް ކިޔަވައިދޭނެ ޤާބިލު ދަރީން މިދާއިރާއިން ނިކުތުމަކީ އެޓީޗަރުން އެންމެ އެދޭ ގޮތެވެ. ނަމަވެސް އެކަމަށް އަދިވަނީ މަގު ބަންދުވެފައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ރަނގަޅު އިންވެސްޓްމެންޓަކުން މެނުވީ ރަނގަޅު ތައުލީމެއް ނުދެވޭނެއެވެ. ރަނގަޅު ތަޢުލީމެއްގެ ބިންގަލަކީ، ޅަފަތުގެ ބިންގާ ވަރުގަދަ ކުރުމެވެ. އެކުދީންނަށް އެންމެ މޮޅެތި ޓީޗަރުން ކިޔަވައިދޭން ދިއުމެވެ. ރާއްޖެއަށް ބަލާއިރު، މިކަން އޮތީ މިހެންނެއް ނޫނެވެ. ދިމާ އިދިކޮޅަށެވެ. އެންމެ ތުއްތު ކުދީންނަށް ކިޔަވައިދޭނީ އެންމެ ދަށް ޓީޗަރުންނެވެ. އެންމެ އެއްޗެއް ނޭނގޭ ޓީޗަރުންނެވެ. އެންމެ މަތީ ގްރޭޑަށް ކިޔަވައިދޭނީ އެންމެ މޮޅެތި ޓީޗަރުންނެވެ. މިއީ، މިކަން ލޭބަލް ކޮށްފައިވާ ގޮތެވެ. ވިސްނައިދީފައިވާ ގޮތެވެ.

ޕްރޮފެޝަނަލް ޑިވޮލޮޕްމެންޓަކީ ސްކޫލުގެ ކިޔެވުން ބަންދުކޮށްފައި ހިންގާ މުހިންމު ޕޮރުގްރާމަކަށް ވިޔަސް މިކަމަށްވެސް އިންވެސްޓް ކުރެވޭ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ކުރަނީ މަޖަލެވެ. ރިސޯޓަކަށް ދިއުން ނުވަތަ އެހެން ތަނަކަށް ގޮސްގެން މަޖާ ކުރުމެވެ. ރަނގަޅު އިންވެސްޓު ކޮށްގެން ގާބިލު މީހުން ހޯދައިގެން ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓް ހިންގާތިއެއް ނުފެނެއެވެ.

ސްކޫލެއްގެ ސީނިއަރ ބޭފުޅަކު ވިދާޅުވީ، އެކަމަށް އެކަށޭނަ ފައިސާ ނުލިބޭ ކަމަށެވެ. އެހެންވީމާ އެފަދަ ޕްރޮގްރާމްތައް ހިންގަން ގެންނަނީ އެކުވެރީން ކަމަށެވެ. މިހެއް ގެނެސް ކޮންމެވެސް ސަކަރާތެއް ޖަހާލަނީ ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޓީޗަރުން ކަންބޮޑުވަނީ މިހުރިހާ ކަމެއް މިހެން ހުރެމެ، އެކަންކަމަށް އިސްލާހީ ހެޔޮބަދަލު ނުގެނެސް ކުރާ ކަންކަމުގެ ބަދުނާމު ޓީޗަރުންނަށް ލިބޭތީއެވެ. ބައެއް ޓީޗަރުން ސިފަކުރާ ގޮތުގައި ރާއްޖޭގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަކީ ފެންކައްކާ ބޮލީގެ އިއްޒަތް ދިނުމެވެ.
ގުޅުންހުރި
ހިނގާބިނގާވެ އުޅުމުގެ ހަނގުރާމަ!
17 ޖުލައި 2018
ހުޅުވާލެވިފައިވާ ސިޓީއެއް: އަހަރެންގެ ލޯބިވާ ދަރިފުޅު، ޖޫލިއަސްއަށް
20 މެއި 2018
ހަގީގީ ހައްލު ގެންނަން "ގަޓު ރައީސް" ކޮބާ؟
11 އޭޕްރީލް 2018
މަގުތަކަށް ދުވާލު ބޮޑު ލުޔެއް، ހައެއްގެ ފަހުން ތޮއްޖެހި ބަރުގޮނުން މަގުތައް ގުގުމަނީ
6 އޭޕްރީލް 2018
ހިޔާލު

ގުޅުންހުރި
ޓީޗަރެއް
ޓީޗަރުންގެ އަގު ވަޒަންކޮށް ޓީޗަރުންނަށް ހަދިޔާއެއް ދޭނަމަ ދޭންވީ ހަދިޔާ އަކީ އެޓީޗަރުންނަށް މުޖުތަމައުގައި ގަދަރާއި ލޯބި ދޭންވީ. އެމީހުންނަށް އިޙްތިރާމް ކުރަންވީ.
ޓީޗާ
ޙުސް ތެދުވާހަކަތީ
ގަންބެ
ލިޔާނެ އެެއްޗެއްނެތިއްޔާ އެއްޗެއްނުލިޔެ ތިބެންވީނު.
އަލީ އަހުމަދު ސަލީމް
ޓީޗަރުންގެ އަގު ވައްޓާލީ ރައީސް ޔާމީންގެ ސަރުކާރަކުން ނޫން... އެމްޑީޕީގެ ވެރިކަމުގައި... ޓީޗަރުންނަށް ހައްގު ނޫން މުސާރަވެސް ދިނީ ހަމަ އެމްޑީޕީ ސަރުކާރުން.. ރައީސް ޔާމީން ވެރިކަމަށް އައިފަހުން ޓީޗަރުންގެ ފެންވަރު ރަގަޅު ކުރުމަށް އެތައް ޕޮރޮގުރާމްތަކެއް އެބަހިންގާ.. އަދި ސްކޫލުތައް މަރާމާތުކުރުމާއި ވަސީލަތްތައްވެސް ގާއިމްކުރުމުގެ މަސައްކަތް އެބަކުރޭ.. ކޮން ސަރުކާރެއްގެ އެޑިއުކޭޝަން މިނިސްޓަރެއްތޯ ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ޒިޔާރަތް ކޮށްފައިވަނީ.. ހަމައެކަނި މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ މިކަންވެސް ކުރީ... ދެން ކޮން ވާހަކއެއް ކިޔާކަން ... ތިޔަ ވީއެފްޕީގައި ލިޔާނީ ޓީޗަރުން ތެރެއިންވެސް ހަމައެއް ނެތް ބައެއްގެ ވާހަކަ ...
އަތޮޅޭ
ޓީޗަރުންނަށް ގިނަ ސްކޫލްތަކުން ވަރަށް ބޮޑަށް އިހުމާލްވޭ...ތަފާތުކުރުން ތަށް ގެންގުޅޭ...ދުވަސްވީ ތަޖުރިބާ ހުރި ޓީޗަރުން އެއްފަރާތްކޮއް ރައްޓެހި ކުދިންކޮޅު ފަހަތު ލައިގެން ތަނުގެ ތެރޭގަ ފިތުނަ އުފެދި ދަރިވަރުންގެ ކިޔެވުމަށްވެސް އޭގެ ނޭދެވޭ އަސަރު ކޮއްފަ އެބަހުރި...މެނޭޖްމަންޓްން ވަރަށް ދެރަކޮއް ކަންތައްކުރަނީ..ސްކޫލްޔަކުގެ ވެރިންނަށް ދޯހަޅި ދިއުޅިއެއް ނުވާމީހުން ހަމަޖަސްސާތީވާގޮތް...ފިކުރަށް ކުލަޔަށް ބަލައިގެން އުޅެންޏާ ވާނީ މިހެން..
ފިޔޯރީސައީދު
ނޫސްތަކުގައި އެކަން ޖެހުމުން އެއްވެސް މައްސަލައެއްނުން، މައްސަލަޔަކީ ޓީޗަރުންނޭ ބުނެ ލިއުން، ދިވެހި ބަޔަކަށް މިކަހަލަ ކަމެއް އޮޅުމަކުން ވެއްޖެ ކަން ލިއުނު ނަމަ ރަނގަޅުވީސް. މަގޭ ޚިޔާލު
ސަހުލާ ސަޢީދު
ޒަމާނާ އެއްގޮތައް އަހަރެމެން ޖެހޭނެ ޓިޗަރުންނަށް އެދުވަސް ފާހަގަ ކޮށްދެން. ކޭކް ފަޅައިދޭން ވެސް ޖެހޭނެ. ޓީޗަރުން ގޮވައިގެން ރެސްޓޯރެންޓަށް ދާންވެސް ޖެހޭނެ. ހުރިހާ ކުދިން ރަގަޅު ގިފްޓްތައްވެސް ދޭންޖެހޭނެ. ޓީޗަރުން ގޮވައިގެން ދަތުރުދާން ވެސް ޖެހޭނެ. މިކަމަށްޖެހޭނެ ތަނަކުން ދަރަންޏަށް ނަގާފަވެސް ޚަރަދު ކުރަން. ޔޫރަޕް މީހުން ކުރާގޮތަށް އަހަރެމެން ވެސް ކަންކަން ކުރީމަ އަހަރެމެންވެސް ވެސް ކުރިއަރާނީ. ގެއަށް ވަނީމަތާ މީހަކަށް އެނގޭނީ ގޭގަ އަހަރެމެން ދިރިއުޅޭ ޙާލު. ދެމަހުން އެއްމަހު ކަރަންޓް ބިލް ނުޖެއްކުން އެއީ އެހެން ކަމެއް. މިކަންޖެހޭނީ ހަމަ ކުރަން.
އަލިބެ
ޝާހްރުކް މުސްލިމުން ދިރިއުޅޭ މިރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކަށް އޫރުމަސްކެވުމަކީ ވަރަށް ބޮޑު މައްސަލައެއް. އެއީ ހަމައެކަނި ޓީޗަރުން ވީމަކާނޫން. އެއީ ޓީޗަރުންގެ އަގުވެއްޓޭ ކަމެއްވެސް ނޫން. ކޮންމެ މީހަކަށްވެސް އޮޅިގެން އެފަދަ ކަމެއް ކުރެވިދާނެ.

ނޫހެއްގައި އެކަން ޖެހުމުގެ ބޭނުމަކީ އެކަން ސަމާލުކަމަށް ގެނެސް އެފަދަ ކަމެއް ތަކުަރާރުވިޔަ ނުދިނުން. މުޖުތަމައުގައި ކަމެއް ގޯސްވެގެން އެވާހަކަ އެއްވެސް ގޮތަކަށް ދައްކަން ބޭނުންނޫނަމަ އިސްލާކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ.
ޝާހްރުކް
އިއްޔެ މި ނޫހުން ޓީޗަރުންގެ އަގުވައްޓާލީ، އޮޅިގެން ބަޔަކަށް ކުރެވުނު ކަމެއް ބޮޑުކޮށްލައިގެން އެވާހަކަ ލިއުނީ ހިޓް ގިނަ ކުރަން. މިއަދު ކޮން އިއްޒަތެއްގެ ވާހަކައެއް. ޓީޗަރުންނަށް އިހްތިރާމެއް ކުރާ ބައެއް ހިންގާ ނޫހެއް ނޫންތީ. ސްކޫލަށް ނުގޮސް ބޮޑެތިވި ބައެއް ކަންނޭންގެ ތި ނޫސް ހިންގަނީ ދޯ؟

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]