Iheaven - Uthuru ge Rayyithunah Dhakka Avaa mendhureh tha?
vfp.mv
HM
HM
އައިހެވަން - އުތުރުގެ ރައްޔިތުންނަށް ދައްކާ އަވާމެންދުރެއްތަ؟
inage
އައިހެވަންގެ ކުރެހުމެއް ކަމަށް ބުނެ މި ކުރެހުން ދައްކާތާ ހަތަރު އަހަރު
  ރިޕޯޓް | ސިޔާސީ | 5 އޮކްޓޯބަރ 2017 | 24 ކޮމެންޓް
އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާނެ ކަމަށް ސަރުކާރުން ބުނަމުން އަންނަ އައިހެވަން މަޝްރޫއުގެ މާސްޓަރ ޕްލޭން މިދިޔަ ޖުލައިމަހުގެ ތެރޭގައި ނިންމާ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް ޖުލައިމަސް ޖުލައި މަހާއި އޮގަސްޓް މަހާއި ސެޕްޓެމްބަރު މަސްވެސް ނިމި މިއަދު މީ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހެވެ. thegardens
ޖުލައި މަސް ތެރޭ މާސްޓަރ ޕްލޭން ނިންމާނެ ކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެވަނަ ރަންވޭގެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ޖުލައި މަހުގެ 6 ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުނީ މާސްޓަރ ޕްލޭނާއި އެއާޕޯޓާއި މަގުތަކުގެ އިތުރުން އިންޑަސްޓްރިއަލް ޒޯން އޮންނާނެގޮތް ތަފްސީލު ކުރެވިފައިވާނެކަމުގައެވެ.

ޖުލައި މަހު އައިހެވަން މާސްޓަރ ޕްލޭން ނިމޭނެކަމަށް ސައީދު ވިދާޅުވިއިރު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި މި އަހަރުގެ ފެބްރިއަރީ މަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އޭޕްރީލް މަސް ނިމުނުގެ ކުރިން އައިހެވަން މާސްޓަރ ޕްލޭން ނިމި އައިހެވަންގެ ތަރައްޤީގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

އޭޕްރީލްގެ ކުރިން އައިހެވަންގެ މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމާލެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވި އިރު މާސްޓަރ ޕްލޭން އެކުލަވާލުމަށް ސިންގަޕޫރުގެ ސުރުބާނާ ޖްރޯންގް، އެސްޖޭއާ ގްރޫޕާއި 2016 ވަނަ އަހަރު ނޮވެމްބަރު އެއް ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.

އެސްޖޭއާ އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް ހަތަރު މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އައިހެވަންގެ މާސްޓާ ޕްލޭން ހަދަނީ ފީސިބިލިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަތް ދާއިރާކަމަށްވާ އެއާޕޯޓަކާއި، ޓްރާންޝިޕްމަންޓް ބަނދަރަކާއި، ބަންކަރިންގެ ހިދުމަތާއި، ރިއަލް އެސްޓޭޓާއި، ޝޮޕިން މޯލްތަކުގެ އިތުރަށް، ރިސޯޓް މަޝްރޫއުތަކަށް އަމާޒުކޮށްގެން ނެވެ.

އެއް ބިލިއަން ޑޮލަރުގެ އައިހެވަން މަޝްރޫއަކީ މަދުވެގެން 14000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ހިންގާ ޕްރޮޖެކްޓެއް ކަމަށްބުނެ ސަރުކާރުގެ ބޮޑު ވައުދެއްގެ ގޮތުގައި އަދި އުތުރުގެ ރައްޔިތުންނަށް ސަރުކާރުން ދައްކާ އުއްމީދެއްގެ ގޮތުގައި ދައްކާ މަޝްރޫއެކެވެ.

ނަމަވެސް އައިހެވަންގެ މަޝްރޫއުގެ ވާހަކަ ސަރުކާރުން އާއްމުކޮށް ފެންމަތި ކުރުމަކީ ސިޔާސީ މަޝްރަހު ހޫނުވެ ސަރުކާރަށް ޕްރެޝަރު ބޮޑުވާ ވަގުތުތަކުގައި ނޫންމަކަމަ ކޮންމެވެސް އިންތިހާބަކާއި ގުޅިގެންނެވެ. މި ސަރުކާރުގެ ވެރިކަމަށް އަންނަ ނޮވެމްބަރު މަހު 17 ވަނަ ދުވަހު ހަތަރު އަހަރު ފުރޭ އިރު އައިހެވަން ފަދަ ބޮޑު މަޝްރޫއެއްގެ މާސްޓަރ ޕްލޭނެއް ތައްޔާރު ކޮށްލެވިފައި ނުވާތީ މިއީ ހަގީގީ މަޝްރޫއެއް ކަމާއި މެދު އެތައް ރައްޔިތުންނެއް ސުވާލު އުފައްދައެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އައިހެވަން މަޝްރޫއަކީ އުތުރުގެ ރައްޔިތުންނަށް ސަރުކާރުން ދައްކާ އަވާ މެންދުރެވެ. އެ މަޝްރޫއުގެ ކުރެހުމާއި މާސްޓަރ ޕްލޭންގެ ވާހަކަ ދައްކާލަ ދައްކާލާ ފަސް އަހަރު ދާއިރު އަންނަ ރިޔާސީ އިންތިހާބު ބޯމަތިވުމުން ކޮންމެވެސް ކުރެހުމެއް ސަރުކާރުން ރައްޔިތުންނަށް ދައްކާނެކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.

އަދި މަޝްރޫއު ތަންފީޒު ކުރުމަށް ވެރިކަމުގެ އިތުރު ދައުރެއް ބޭނުންވާކަމަށް ސަރުކާރުގެ ވެރިން ވިދާޅުވެ ރިޔާސީ އިންތިހާބަށް ވޯޓް ހޯދަންޖަހާ މަޅިއަކަށްވެސް އައިހެވަން ޕްރޮޖެކްޓްގެ ހަގީގަތެއްނެއް ވާހަކަތައް ދައްކާނެކަމަށް އެތައް ބަޔަކު ގަބޫލު ކުރެއެވެ.
ގުޅުންހުރި
ވެރިކަމަށް 4 އަހަރު: އައިހެވަން މަޝްރޫއު ހުވަފެނަކަށް
17 ނޮވެންބަރ 2017
އައިހެވަން މާސްޓަރ ޕްލޭން މިފަހަރުވެސް ބޮޑު ނަގުލަށް
8 އޯގަސްޓު 2017
އައިހެވަން މާސްޓަރ ޕްލޭމް މިމަހު ނިމޭނެ
6 ޖުލައި 2017
ހިޔާލު

ގުޅުންހުރި
އުގުދޭލި
ތިކަށްވެސް ވާނެ. މިކަށްވެސް ވާނެ. ދެންހުރިކަންތައްވެސް ވާނެ. ޔާމީން ކުރާނެ. ޔާމީން އަކީ ޖަވާހިރެއް. އެތްއް އަހަރެއްވަންދެ އަޑުއެހިން މަގުމަތީގައިތާރު އަޅާވާހަކަ. 16 އަހަރުފަހުން އަދިކިރިޔާ ހަގީގަތަކަށް މިވަނީ. ރޭގައި މިގޭ ދޮރުމަތިގައި ހައިމާކު އޮވެ މަސައްކަތްކުތަމުންދިޔަ މަންޒަރު ބަލާލި އެދުމަތީގައި އޮވެ
އިބްރާހިމް ( ޢާރިއްޕެ )
ތިކަންވެސް އަދި ކުރެވޭނެ . ރަޢިސް ޔާމީނުގެ ތިކަމުގެ ޤާބިލްކަން އެބަހުރި .ސިޔާސީ ލީީޑަރުންނަކީ އެއީ، ވަފާތެރިންނަކީ އެއީ، ލަވާ ހަޅޭކަކަށް ، ޖަހާބެނަކަށް ނުނަޝާނެ ، ައަމާޒެއް އޮވިގެން މަސައްކަތް ކުރާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރަޢިސް ޔާމީނު. ( ޝުކުރިއްޔާ ރަޢިސް ޔާމީނު )
ޡޠ
ތިކުރެހުމަށް މިތަށް މިލިޔަން ޑޮލަރު ކާލިބާ
ސިރުމީނާ
2018 މޭމަހު ބިންހިއްކަން ފަށާނެ ! ދެންލަލަލާ
ތަކުރު
ފާފު އަތޮޅު ސައުދީ ޕްރޮޖެކްޓް ވެސް އައި ހެވަންވެސް ނިމިފަޔޯލަ. މުޅި ރާއްޖެ ސިއްސުވާލި 2 ޕްރޮޖެކްޓްް ހައް ހައް. ގަޅި ދިވެހިން....
ތިލަދުންމަތި
ހަމަ ތިޔަގޮތައް ހަނިމާދޫ އެއަރޕޯރޓްވެސް.ވަރައްރީތިކޮއް ކުރަހާފަ އޮތް ކުރެހުމެއް ފެނުނު.ނޭނގެ އެވެސް ވީ ތަނެއް.ިހދ ހުޅުވަންބުނި ރިސޯރޓްވެސް އަބަދުވެސް މިމަސް ނިމޭއިރު ހުުޅުވާނެ.މަށެއް ޔާނުއަށް ވޯޓެއް ނުދޭނަން
އައިހެވަން
އައިހެވަން ހާދަ ސަޅިއޭ!!!! ތިތަން ބަލާލަންދެވޭނެނަމަ ކިހަރަނގަޅު. އައި ހެވަންގެ ރައްޔިތުންގެ ކެތްތެރިކަމަށް ޝުކުރުއަދާކުރަން. 2018 ގެ އިންތިޚާބު 0 އައިހެވަންއިން ލިބޭނެކަމަށް އުންމީދުކުރަން. ޝުކުރިއްޔާ ރައީސް
ޒައިން
އެންމެ ގިނަ ދޮގު ހެއްދެވި ޕޮރޮޖެކްޓް ސީދާ ރައީސްގެ ދުލުންވެސް އެތަށް ދޮގެއް.. ރައްޔިތުންނަށް މިވަރަށ ްއޮޅުވާލާ ދޮގު ހަދާކަށް ހެޔޮ ނުވާނެ..
ސާބަސްވީއެފްޕީ
ވީއެފްޕީ އަީ 100ގެ ނޫހެއް މިނޫނީ ނެތް ޕްރޯއެކްޓިވްކޮސް އަތޮޅުތަކުގެ ރައްޔިތުންނާ ގުޅުން ހުރި މިކަހަލަކަންކަން ގެނެސްދޭ ނޫހެއް ދެންތިބީ ހަބަރެއް ލިބުނިއްޔާ ލިޔަން ތިބޭ ނޫސްތައް..ނޫނިއްޔާ ކޮންމެވެސް ސިޔާސީ ކަންތައްގަނޑެއް ފަހާދުވެ ފޮލޯއަޕް ހަދާ ނޫސްތައް.. އައިސެލިއުތް ޔޫ ކީއިތް އަޕް ދަ ގުޑް ވޯކް
ޒީބާ
އޒމލ ގެ ނަމުގަ ކޮމެންޓް ކުރި ބެފުޅާއަށް ބުނެލަން އޮތީ ތިހެން ގެނެސްދެްންޏާ ނޫސްވެރިންނަށް ޖެހޭ ި އަބަދުވެސް މާލޭ މެގަ ޕްރޮޖެކްޓެއްގެ ވާހަކައާއި އޭގަ އޮތް ބޮޑު ކަޓު ނެގުމާއި ބޮޑު ދަރަނި ލޯނުގެ ވާހަކަ ދައްކަ ދައްކަ ތިބޭށޭ.. އަތޮޅެއްގަ ނެތް އިޤްތިސަދީ މަޗްރޫއެއް މިސަރުކާރުން ހިންގާފައެއް އަސާސީ ހިދުމަތްތައް ޤާއިމްކޮށްދިނަަސް އެބައި ފެލަނީ ރައްޔިތުންގެ ޖީބުން ޓެކްސް ތަކެތީގެ އަގު ބޮޑުކޯސްގެން އެހެންވެ އެކަންކަން ވެސ ްބަލައި ނުގަންނަނީ
ދިސްވޭ
ހުއްހުއްހޫ ހޭޔް ޔޯތް ތަމެން ރަން ރީނދުލޭމެން ތިޔަ ޖޭބޮކި ވަނީ ކޮންކަމަކާ؟ ބަލަ މަމެންގެ ސްޓްރޯންގ އެނޑް ޕަވަރފުލް އަދި ވައުދު ފުއްދަވާ ޖަވާހިރެއްފަދަ ރައީސް ވިދާޅުވެފަ އެއޮތީ އެމް.ޓީ.ސީ.ސީއަށް މަހާ ޖައްރާފު އައުމުން އެންމެ ފުރަތަމަ ހިއްކާނީ އައިހެވަން މަޝްރޫއަށް ބޭނުންވާ ބިމޭ.. ދެން ތަމެން ކެތް ނުލަވައިގެން ކީކޭތަ ތިޔަ ކިޔަނީ؟ މަމެންގެ ޕިންކީގެ ގަޓު ޕްރެސިޓެންޑް ވިދާލުވިކަމެއް ވިއްޔާ އެގޮތަކަށް ކޮންފަ އޮންނާނި ތަމެން ތިބޭ 2018އަށް ބަލަން ތިޔަ އައިހެވަން ރޮކެޓެއްހެން މަސައްކަތްދާތަން.. އެދުވަހުން މަމެން ފިންކީމެން ކުލެޕް ކުލެޕް ކުލެޕް ކޮށްފަ ތަމެން ބޮލަށް ގޮންޖަހާނެ.. ރައްޔިތުންނަށް ތަމެންގެ މަކަރާ ހަދާ ދޮގުތަކާ ދޭތެރެޖެއްސުންތައް ފަޅާއަރާ ތަމެއްނ ބޭރުކުރާނެ އޭރުން މަމެން އަނެއްކާވެސް މިޣައުމުގެ ވެރިކަމަށް އަރާ ތިބޭނެ ފޯރ އެވަރ އެންޑް އެވަރ ހޭހޭހޭ ހޭހޭހޭ ހޯޔްޔޯތް
ލަބީބް
ފިނިފެންމާ މިނިސްތަރު ވެސ ްފިއްލަވައިގެން އުޅުއްވަނީ ޖުލައިމަހޭ ކިޔާފަ ހަޤީޤަތަކީ ސިންގަޕޫރުގެ ޖުރޮންގް މީހުންނާ ހަވާލުކުރީ ވެލނާ އެއަރޕޯޓްގެ ފުލޭނު ހަދަން އައިހެވަންއޭ ކިޔާ ރައްޔިތުންނަށް އޮޅުވާލީ.. ދެން މާރޗޭ ޖުލައިއޭ ފެބުރުއަރީއޭ ކިޔާ މަތިމައްޗަށް ދޮގު ހަދއިގެން ހިފަހައްޓާނެ މިވެރިން. ރައީސްގެ ރިޔާސީ ބަޔާނުގަ ހެދި ދޮގުތައް ބަލާބަލަ.. ފިނިފެންމާ ވަޒީރާއި ޗައިނީ އެކި ފަހަރު އެކި ވާހަކަތައް ދައްކަނީ މިހާރު ނުކެރޭ ނޫސްވެރިންނާ ފޭސްކުރާކަށް
ހަބޭސްބބބބ
ކުރެހުން ވަރަށް ރީތި ؟
ސިރްފްނަފުރަތު
ހއ.ބަޔަކާ ބައްދަލުކޮށްފަ ރައީސް މީހާ ބުންޏޯލަ ޗައިނާއާ އިންޑިއާ އާ އަރާރުމާ ހަސަދަޔާހުރެއޭ މިކަން ނުވެގެން މިއުޅެނީ އިްނވެސްޓަރުން އެބަތިއްބޭ.. އހެންވެ ތޯ ޗައިނާއާ ގުޅިގެން ހުރިހާކަމެއް ކުރަނި މާލޭ އެއަރޕޯތް ނުސިދާކޮށް ޗައިނާއަށް ދީގެން ތިޔަ އުޅެނީ؟ އަދި ބުންޏޯލަ 2018 އިންތިހާބަށް ހިތު ލޯބި އުފައްދާށޭ މިހާ ބޮޑެތި ދޮގުތައް ފާޅުގަ ހަދާ މީހަކަށް ކޮްނ ހިތު ލޯތްބެއް އޮންނާނި.. ސިރްފް ނަފްރަތު
ދަރަނިކަޓުބޯ
އަތޮޅުތަކަށް ވައުދުވި އެންމެ އެއަރ ޕޮތެއް ނޫނީ ހެވަންއެއް ވެސް އެޅިޖެއްެތޯ؟ ނުވާނެ ދިވެހިން ދެކެފި 3 އަހަރުން 5 އެއަރޕޯތްގެ މަސައްކަތްފަށާފަ 3 ތަން ނިންމި ސަރުކާރެއްވެސް.. ކަޓު ނުނަގާ ރައްޔިތުންނަށް ކަންކަން ކޯށްދޭން އުޅޭ މީހުންނަށް ކަންކަން ވާނި. އެއަރޕޮތެއް އަޅަން އަޔަސް މިވެރިން ބޭނުންވޭ 2 މިލިޔަން ޑޮލަރުގެ ކަޓެއް.. އެހެން ކާކު ކުރާނި... މިވެރިންނަށް ވާނެހާވެސް ކަމަކީ ހަމައެކަނި މާލެ ތަރައްޤީކުރުން ކަޓުލާފަ ބޮޑެތި ލޯނު ނަގާ ޤައުމު ދަރުވައިގެން..
ނީޒާ
ފާފު އަތޮލު މަޝްރޫއާއެކު ތިވެސް ފްލޮޕް ވެއްޖެ ދެންބުނޭ އިދިކޮޅު މީހުންނާ ހެދިއޭ މިކަން ވެސް ނުވީ.. އިދިކޮޅު މީހުން ދެކޮލު ހެދިތޯ ނޫނީ މުޒާހަރާއެއްކޮށް ސޯޝިއަލް މީޑިއާ ކެމްޕެއިނެއް ކުރިތޯ މިކަން ހުއްޓުވަން؟ ތިމާމެންގެ ކިބައިގަ ޤާބިލުކަމެއް އުރަތްޕެއް ނެތީމަ ނޭނގެނި ކަންކަން ކުރަން ކޮންމެ ކަމަކުން ވެސ ްއެންމެ ފުރަތަމަ އަމިއްލަ ޖީބަށް ލިބެނޭނެ އެއްޗެއް ބަލާފަ ކަންކަން ކުރަން އުޅޭތީ އިންވެސްޓަރަކުވެސް ނުވަނީ
ފިނިފެންމާ
މި ވެރިންނަށް ދެން އެޅޭނެ ހެވަނެއް ނެތް 4 އަހަރުން ނުވިކަމެއް 1 އަހަރުން ކިހިނެއް ކުރާނި... ހަމަ ހުސް ފޮނި ބައިސާ ކަނޑާފަ ނުވާނެ ވަރުގެ ބޮޑެތި ވާހަކަ ދައްކާ ނުފޯރާ ފޮތިން ފޫގެޅުން މިވެރިންގެ އުސޫލަކީ.. މިހާރު ތިޔަ ވާހަކަ ދައްކާނެ މީހަކު ނެތް.. ތިޔަ މާސްޓަރ ޕްލޭނެއް ހަދަން ސިންގަޕޫރު މީހުންމަށް ދިންވާހަކައެއީ ދޮގެއް.. ހުޅުލޭ އެއަރޕޯޓްގެ ޕުލޭނު ހަވާލުކުރީ
ކަޓޭ
ތި މާލެ ކައިރީގަ އަޅާ ހެވަންއެއް ނަމަ މިހާރު ބޮޑެތި ލޯނު ނަގައިގެން ވެސް ނިންމާނެ... އެންމެ ގިނަ ޑޮލަރު ޤައުމަށް ވަންނާނެ ކަހަލަ ކަންކަން ނުކޮށް މިބަލަނީ 5 މިނެޓުން ދެވޭ ހިސާބުގަ ބުރިޖު އެޅޭތޯ އޭރުންތާ ކަޓު ލިބޭނި ޤައުމަށް އެއްޗެއް ނުވަނަސް
ދޮގުދޫވެރިޔާ
ތިޔަ ތަނެއް ހިއްކާނެ ކަމަށް ބުނެ ރައްޔިތުން ކުރިމަތީގަ ރައީސް ހެއްދެވި އިތުރުފުޅު ކޮބާ؟ އެންމެ ފުރަތަމަ ބުނީ ހުޅުމާލެ ފޭސް 2 ހިއްކާ ނިމޭތަނުން އައިހެވަން ހިއްކަންފަށާނަމޭ.. ދެން މެއި 2016ގަ ބުނީ 2016ގެ ފަހު ކޮޅު ހިއްކަން ފަށާނަމޭ ދެން ބުނީ މި އަހަރު ކުރީ ކޮޅު ހިއްކާނަމޭ.. ރައްޔިތުންނަށް މިވަރަށް ދޮގު ހަދާ އޮޅުވާލި ޕްރޮޖެކްޓެއް ނެތް ސީދާ އެންމެ މަތީ ވެރިޔާ އެވެސް.. ދޮގު ހަދާ ކަމަށް ނަންވާނި ރައީސް ނަޝީދު
ބުރޯ
މިކަން ސަރުކާރުން ކުރިޔަސް ގޯސް ނުކުރިޔަސް ގޯސް
ޔާހުވަފެން
ތިޔަށް ކިޔަންވީ އައިހުވަފެން... ޔާމީނު ޓްރޭޑުމިނިސްޓަރު ކަމުގަ ހުރި އިރުން ގެށިކެން ދެކޭ ހުވަފެނެކޯލަ.. އެހެންވެ އެއްނު އެހށ ބާރު ސްޕީޑުގަ އެގެންދަނީ
ރެހެންދި
މިއީ ޚިޔާލީ ފޮލާއެއް ނަމަ އެ ދާއިރާގެ ސާދަ ހާސް ވޯޓު ދާނީ ޖަހަންނަމަޔަށް އަދި ޑިސެމްބަރ 2017 ނުވަތަ ރިޔާސީ ވޯޓުގެ ކުރިން ޢަމަލީ މަސައްކަތް ފެށިއްޖެނަމަ % 100 ވޯޓު ރައީސް ޔާމީން އަށް ލިބިވަޑައިގެންނަވާނެ
އޒމލ
ކޮން އިރަކުންތޯ ތިބޭފުޅުން ރާއްޖޭގައި ރަނގަަޅަ ހިނގާދިޔަ ކަމެއް ގެނެސް ދޭނީ؟؟ ވީއެފްޕީ ކޮންޓިރުބިއުޓް ޕޭޖް ބޫނާގޮތައް އެންމެ އާޓިކަލް އެއްވެސް ގެނެވިފައި އެއް ނެތް... ނޫސް ވެރިކަަމަކީ ދެފުއް ފެންނަ ގޮތަށް ގެނެސް ދިނުނުން. މީ ވެބްސައިޓުން އަބަދުވެސް ނެގެޓިވް ހަަބަރު ގެނެސް ދެނީ. ކަޑަ ބައެއް ތީ!!!
ގުއިއްޒު
އައި ފެވަން ޕްރޖެކްޓަކީ "ވާން ނެތް ޕްރޮޖެކްޓް"

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]