Jismaanee Dhulhaheyo kan Kudavumaki ves Depression ah magu fahifaa kameh
vfp.mv
MIB
MIB
ޖިސްމާނީ ދުޅަހެޔޮކަން ކުޑަވުމަކީވެސް ޑިޕްރެޝަނަށް މަގުފަހިވާ ކަމެއް!
inage
ޑިޕްރެޝަނަށް ގޮސްފައިވާ މީހަކު
  ފޭޑި | ސިއްހަތު | 5 އޮކްޓޯބަރ 2017 | 1 ކޮމެންޓް
ޑިޕްރެޝަން މިބަހަކީ ވަރަށް އާންމު ބަހެކެވެ. thegardens
އެހެން ނަމަވެސް ޑިޕްރެޝަން އާމެދު މީހުންނަށް ވިސްނިފައި އޮންނަނީ ނުބައި ކޮށެވެ. ގިނަ މީހުން ދެކޭ ގޮތުގައި އެއީ ހަމައެކަނި ނަފްސާނީ ގޮތުން ޖެހޭ ބައްޔެކެވެ.

ނަފްސާނީ ގޮތުން މީހަކު ޑިޕްރަޝަން އަށް ގޮސްފިނަމަ އެމީހަކަށް ވާނެ ކަންކަމުގެ ތެރޭގައި، ކަންކަމާ މާ ބޮޑަށް ދެރަވެ، ބިރުގަނެ ދިރިއުޅުމާ މެދު އުންމީދު ކަޑާލާފަހަރުވެސް އާދެއެވެ. އަދި ނަފްސާނީ ގޮތުން ޑިފްރެޝަން އަށް ދާ މީހަކަށް ހީވާން ފަށާނީ އެ މީހެއްގެ އެއްވެސް އަގެއް ނެއްކަމަށެވެ. މި ކަންތައް މަދުވެގެން ދެ ހަފްތާއަށް ވާނެއެވެ.

ޑިޕްރެޝަން އަކީ ހަމައެކަނި ނަފްސާނީ ބައްޔެއް ނޫނެވެ. ޖިސްމާނީ ގޮތުން ވާ ކަންކަމުން ވެސް ޑިޕްރެޝަން އަށް ދެއެވެ. މިކަހަލަ ހާލަށް ތަކުގައި ނިދުމަށާ ކެއުމަށް ބަދަލުއާދެއެވެ. ހަށިގަނޑުގެ ބަރުދަނައް ބަދަލުއައިސް ހަށިގަނޑުގައި ރިއްސާހެން ހީވާން ފަށާ އަބަދު ވަރުބަލިކަން ހީވާންފަށާނެއެވެ. އަދި ކަންކަމާ މާ އަވަހަށް ރުޅިއާދެވޭނެއެވެ. ނަފްސާނީ ގޮތުން ޑިޕްރެށަނަށް ގޮސްފައިވާ ނަމަ މަތީގައިވާ ކަންތަކުގެ ތެރެއިން ގާއްގަޑަކަށް ފަސް ކަންކަން މަދުވެގެން ދެ ހަފްތާއަށް ވާނެއެވެ.

ޑިޕްރެޝަން އަށް ކޮންމެ މީހަކު ވެސް ގޮސްދާނެއެވެ. ބޮޑެތިމީހުންނާ ކުޑަކުދިންނަށް ވެސް ޑިޕްރެޝަން އަށް ގޮސްދާނެއެވެ. އެއީ ލަދުގަންންނަން ޖެހޭ ވަރު ކަމެއް ނޫނެވެ. އެ މަކަމީ މީހެއްގެ އިހްތިޔާރް ގައިވާ ކަމެއް ނޫނެވެ. މި ކަމަމަށް ދާ މީހުން ގިނަ ފަހަރު ރުޅިގަދަވެ އެކަނިވެރިވާން ބޭނުންވާނެއެވެ. އެހެން ނަމަވެސް މިކަހަލަ ހާލައްތަކުގައި އެންމެ ބޭނުން ވާނީ މީހުންގެ އަޅާލުމާ ލޯއްބެވެ.

ކެންސަރާއި ހިތުގެ ބަލި، ހަކުރު ބަލި ކަހަލަ ބަލިތަކަށް ފަރުވާ ކުރާ މީހުން ޑިޕްރެޝަން އަށް ދިއުން ވަރަށް އާންމުވެއެވެ. މި ބަލި ތަކަސް ކާން ޖެހޭ ބޭސް ތަކުގެ ސަބަބުން ޑިޕްރެޝަންގެ ހާލަތު ގޯސް ކޮށް ލައެވެ.

ބޭނުންވާ ހުރިހާ އެއްޗެއް ލިބިފައިވެސް މީހަކަށް ޑިޕްރަޝަނަށް ގޮސް ކަމަކާ ނުލާ ދެރަ ހީވެދާނެއެވެ. ގިނަ ފަހަރު ޑިޕްރެޝަން އަށް ދާ ކަންކަމުގެ ތެރޭގައި ލޯބިވާ މީހެއް މަރުވެން، އެހެން ތަނަކަށް ދިރިއުޅުން ބަދަލްކުރުން، ލާރީގެ ގޮތުން ދަތިވުން އަދި ހަޔާތުގައި ދިމާވެފައި ހުންނަ ކަންކަން ހިމެނެއެވެ.

މީހެއް ގެ ފަރާތުން އެއްވެސް ކަހަލަ އަނިޔާ އެއް ނަފްސާނީގޮތުން ވިޔަސް ޖިސްމާނީ ގޮތުން ވިޔަސް ލިބިފައިވާނަމަ ނަފްސާނީ ގޮތުން ޑިޕްރެޝަނަށް ދާނެއެވެ.

ޑިޕްރެޝަން އަކީ ބައެއް ފަހަރު ވާރުތަވާ ކަމެކެވެ. އާއިލާ ތެރޭގައި ޑިޕްރެޝަން އަށް ގޮސްފައިވާ މީހަކު ހުރި ކަމުގައި ވާނަމަ މުސްތަގުބަލުގެ ޖީލައް މިކަން ވާރުތަ ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ޑިޕްރެޝަން އިން ދުރުވުމަށް ޓަކައި އެކެހެރި ނުވެ އާއިލާ މީހުން ނުވަތަ ރައްޓެހިން ނާއެކީ ވަގުތު ހޭދަކޮއް އެ މީހުން ނާ ވާހަކަތައް ހިއްސާކުރާށެވެ. އަދި ގަވައިދުން ކަސްރަތު ކުރާށެވެ. ކަސްރަތު ކުރުމަކީ ޑިޕްރެށަން އާ ދުރަށް ދާން ކުރަން އެންމެ ރަގަޅު ކަމެވެ. އަދި ގަވާއިދުން ހަށިގަނޑަށް ފާއިދާ ހުންނަ އެއްޗެހިކާށެވެ. ޑިޕްރެޝަން ހުންނަ ނަމަ އެންމެ ރަގަޅުވާނީ ލަސްނުކޮއް ޑޮކްޓަރަކަށް ދެއްކުމެވެ.
ގުޅުންހުރި
ހަށިގަނޑުން ގުޅިފައިވާ ދެކުދިން ވަކިކުރުމަށް ކުރި އޮޕަރޭޝަން ކާމިޔާބުވެއްޖެ
16 އޮކްޓޯބަރ 2017
ސިއްހީ ދާއިރާއިން ދެވޭ 5 އިނާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 އޮކްޓޯބަރ 2017
އާސަންދަ ފުރަތަމަ ރީޖަނަލް އޮފީ ކުޅުދުއްފުށީގައި ހުޅުވައިފި
2 އޮކްޓޯބަރ 2017
ހިޔާލު

ހަސަން މ
ރައިތުން މިތިބީ ތަކެތީގެ އަގުބޮޑުކަމުން ނާއި ކުލި ބޯހިޔާވަހިކަންނެތުމުން ހަމައަސްލުވެސް ވަރަށްބޮޑު ސިސްނުމާއި ހާސްކަމުގެތެރޭގައި މިލިބޭކުޑަލާރިކޮޅުން ނުވަނީ 2އިރު ރަގަޅަށް ނުކެވޭ (މިހެން ބުންޏަސް ފުދިގެން އުޅޭމީހުންވެސް އުޅޭ)

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]