Bolun Isthashi Feybumah Medhuverivaa Sababuthah!
vfp.mv
HM
HM
ބޮލުން އިސްތަށި ފޭބުމަށް މެދުވެރިވާ ސަބަބުތައް!
inage
ބޮލުން އިސްތަށިފައިބާފައި ހުރި މީހެއް
  ފޭޑި | ނަލަވުން | 1 އޮކްޓޯބަރ 2017 | 4 ކޮމެންޓް
ބޮލުން އިސްތަށި ފޭބުމަކީ، އިސްތަށިގަނޑަށް ދިމާވާ އެންމެ އާންމު އެއް މައްސަލައެވެ. thegardens
މިކަމަކީ ވަކި އުމުރެއްގެ ބަޔަކަށް ދިމާވާ މައްސަލައެއްނޫނެވެ. އަންހެނުންނާއި ފިރިހެނުންނަށްވެސް ދިމާވާ މައްސަލައެކެވެ. އިސްތަށި ފޭބުމަކީ ކޮންމެ ވަގުތަކު ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެކެވެ.

އިސްތަށިގަނޑު ހެދި ބޮޑުވުން ތިން މަރުހަލާއަކަށް ބެހިގެންދެއެވެ.

ފުރަތަމަ މަރުހަލާއަކީ އިސްތަށިތައް ބުޑުން (ފޮލިކަލް) ދިގުވެ ވަރުގަދަވުމެވެ. މިކަމަށް ދެ އަހަރާ ފަސް އަހަރުގެ މުއްދަތެއް ނަގައެވެ.

ދެވަނަ މަރުހަލާގައި އިސްތަށިތައް ބަލިކަށިވެ ބުޑުން ވަކިވެއެވެ. މިކަމަށް ނަގާނީ ދެ ހަފުތާއެވެ.

ތިންވަނަ މަރުހަލާގައި އިސްތަށިތައް ބުޑުން ހަލާކުވެ ފައިބަން ފަށައެވެ. އެކަމަށް ނަގާނީ ތިންވަރަކަށް ހަފުތާއެވެ.

މި މަރުހަލާތަކުން ކޮންމެ މަރުހަލާއެއްގައި ވެސް މައްސަލައެއް ޖެހިއްޖެ ނަމަ އިސްތަށި ފޭބުމަށް މަގުފަހިވެއެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިއެޓްސް ނުލިބޭނަމަ މައްސަލަޖެހެއެވެ. އޭގެ ތެރޭގައި އަޔަން، ޒިންކް، ވިޓަމިން ޑީ އަދި ވިޓަމިން ބީ ހިމެނެއެވެ. އޭގެ އިތުރުން ހޯމޯންސް ބެލެންސް ނުވުމާއި ތައިރޮއިޑް މައްސަލަތަކާއި ޑިޕްރެޝަންއަކީވެސް އިސްތަށި ފޭބުމަށް މެދުވެރިވާ ސަބަބުތަކެކެވެ. އިސްތަށި ފޭބުމަކީ ވާރުތަކުރާ ކަމެކެވެ.

އިސްތަށި ފޭބުމަށް މެދުވެރިވާ އެހެން ސަބަބުތަކުގެ ތެރޭގައި ބާރުގަދަ ކެމިކަލްސް ހުންނަ ޝޭންޕޫ އާއި ބޮލުގައި ޖައްސާ ކުލަ ބޭނުން ކުރުން ވެސް ހިމެނެއެވެ.

ފުރާ އުމުރުގެ ކުދިންގެ ބޮލުން އިސްތަށި ފައިބަން ދިމާވާ އެންމެ ބޮޑު ކަމަކީ އެކުދިން ކާ ކާނާއެވެ. ހަށިގަނޑަށް ފައިދާ ހުންނަ ކާނާގެ ބަދަލުގައި ޕެކެޓް ކާނާ ނުވަތަ ފާސްޓް ފުޑް އާއި ކެފެއިން ހުންނަ ބުއިންތައް ބޭނުންކުރުން ގިނަވުމެވެ.

އޭގެ ސަބަބުން އިސްތަށިގަނޑަށް ލިބެންޖެހޭ މާއްދާތަކެއް ކަމަށްވާ މިނަރަލްސް އާއި އަޔަން ލިބޭގޮތް މަދުވެއެވެ.

ފުރާ އުމުރުގެ ކުދިންނާއި ބޮޑެތިމީހުންނާ ހިލާފަށް ކުޑަކުދިންގެ ބޮލުން އިސްތަށި ފައިބާގޮތް މަދެވެ. ސަބަބަކީ އެކުދިން ހެދި ބޮޑުވަނީ ހަށިގަނޑަށް ރަނގަޅު ކާނާ ކައިގެން ކަމަށް ވާތީއެވެ.

އިސްތަށި ފޭބުން މަދުކުރުމަށްޓަކައި ގިނަގިނައިން ހަށިގަނޑަށް ފައިދާ ހުންނަ ކާނާ ކެއުމަށް އާދަކުރާށެވެ. ހާއްސަކޮށް އަޔަން، ވިޓަމިން ބީ އަދި ވިޓަމިން ޑީ ހިމެނޭ އެެއްޗެހި ކެއުމަށް އާދަ ކުރާށެވެ. ބާރުގަދަ ކެމިކަލް ހުންނަ އުފެއްދުންތައް ބޭނުން ނުކުރާށެވެ.
ގުޅުންހުރި
ބޭކިން ސޮޑާ، މިއީ އެތައް ފައިދާތަކެއް ލިބޭ އެއްޗެއް
9 އޮކްޓޯބަރ 2017
ކާށި ތެޔޮ - ގުދުރަތީ ހަދިޔާއެއް
28 ސެޕްޓެމްބަރ 2017
ލެކިއުޓްގެ "ދަ ފޭސް އޮފް ޕްރިޓީ" މުބާރާތް، އެއް އަހަރަށް މޭކްއަޕް ސާމާނު ހިލޭ
6 ޖުލައި 2017
ހިޔާލު

ޣުޅި
މާޒްސަލީމުގެ އިސްތިހާރެއްބާ
ހަސަނު މ
އިސްޓަށި ފައިބައި ހުސްވީމަ މާރަގަޅު ދެނެއްނުހުންނާނެ ފައިބާނެއިއްޗެއް
ޢަލިދީދީއައްޑޫސިޓީ
ރަނގަޅު ކާނާ ކަންޏާ ވާރުތަ ނުކުރާނެ ދޯ؟
ރިޒް
ކޮަަޮޮއްމެ ކަމެއް ކުރިޔަސް ނުކުރިޔަސް އިސްތަށި ފައިބާ ބޮލަކުން ފަައިބާނެ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]