Dhathah Gellun Libey Baeh Kaana thah
vfp.mv
HM
HM
ދަތައް ގެއްލުން ލިބޭ ބައެއް ކާނާތައް
inage
ރީތި ދަތްޕިލައެއް
  ފޭޑި | ސިއްހަތު | 29 ސެޕްޓެމްބަރ 2017 | 1 ކޮމެންޓް
ދުޅަހެޔޮ ސިއްހަތަކަށްޓަކައި ދަތް ސާފު ކޮށް ބެހެއްޓުމަކީ ވަރަށް މުހިންމުކަމެކެވެ. ދަތަށް ގެއްލުން ލިބޭނީ ހަމައެކަނި ސާފު ނުކުރުމުން އެކަންޏެއް ނޫނެވެ. ބައެއް ފަހަރު ކެވޭ ކާނާ އަކުން ވެސް ދަތަށް ގެއްލުން ލިބެއެވެ. ދަތް ރީތިކޮށް ބެހެއްޓުމަށް ބޭނުން ވާނަމަ ތިރީގައި މިވާ ކާނާތަކަށް ސަމާލުކަންދޭށެވެ. muni
ބްލޫބެރީ: ބްލޫބެރީ އަކީ ދަތުގެ ދުޅަހެޔޮކަމަށް ގެއްލުން ހުރި މޭވާއެއްނޫނެވެ. އެހެންނަމަވެސް ބުލޫބެރީ މާގިނައިން ކާނަމަ ދަތުގެ ރީތިކަން ގެއްލެއެވެ. ދަތުގެ ކުލަ ރީދޫވާން ފަށައެވެ.

ޗިޕްސް: ޗިޕްސް ގައި ހިމެނޭ ފާސްޓް ކާބޯހައިޑްރޭޓްސް ކުޅު ބޭނުން ކޮށްގެން ގުލްކޯޒްއަށް ބަދަލުވެއެވެ. މީގެ ސަބަބުން ދަތް ފަނި ކެއުމަށް މަގުފަހިވެއެވެ. އަދި އަނގައިގެ ތެރޭގައި ބެކްޓީރިޔާ އުފެދުމުގެ ފުރުސަތުވެސް ބޮޑެވެ. އެހެންކަމުން ޗިޕްސް ކެއުމަށް ފަހު އަނގަ ދޮންނަން އާދަ ކުރާށެވެ.

ޗުވިންގަމް: ގިނަ މީހުން ހީކުރާގޮތުގައި ހަކުރު ނުހުންނަ ޗުވިންގަމް ކާން ރަނގަޅު ވާނެކަމަށެވެ. މީގައި ގެއްލުން ހުރީ ހަކުރުގެ ސަބަބުނެއް ނޫނެވެ. ނޭނގި ނަމަވެސް ޗުވިންގަމްގެ ސަބަބުން ދަތުގެ ބައިތައް ނެއްޓެއެވެ. އޭގެ އިތުރުން ޗުވިންގަމް ހެފުމުން އަނގައިގެ ތެރޭގައި ކުޅު އުފައްދާލެއް ގިނަވެ އަލްކަލީ އުފައްދުމަށް މަގުފަހިވެއެވެ.

ޕޮޕްކޯން: ކޮންމެ ޕޮޕްކޮން ޕެކެޓެއްގައި ވެސް ނުކެކި ހުންނަ ޒުވާރި އޮތް ހުރެއެވެ. މި ޒުވާރި އޮތް ދަތުގައި ހަރުލުމުގެ ސަބަބުން ދަތަގެ ބާރު ކެނޑެއެވެ. މި އީ ވެސް ފާސްޓް ކާބޯހައިޑްރޭޓް ހިމެނޭ ކާނާއެކެވެ.

އެހެންކަމުން ދުޅަ ހެޔޮ ދަތް ޕިލައެއް ބޭނުން ނަމަ ކެއުމުގައި ވީހާވެސް މަދުން މިތަކެތި ހިމަނަން އާދަކުރާށެވެ. އެހެން ނޫން ނަމަ ބޭނުންވާ ފަދަ ރީތިކޮށް ދަތްޕިލަ ނުބެލެހެއްޓިދާނެއެވެ.
ގުޅުންހުރި
އަމާޒަކީ 2025 އަންނަން ވާއިރަށް އިންޑިއާއިން ޓީބީ ފޮހެލުން: މޯދީ
24 މާޗް 2018
އައިޖީއެމްއެޗް ލެބޯޓްރީގެ ހިދުމަތްތައް ލަސްވެ، އާއްމުންގެ ޝަކުވާ ގިނަވެފައި
10 މާޗް 2018
އަގުމެންޓިންގެ ފޭކް ބޭހެއް ދައުރުވާތީ ސަމާލުވުމަށް އެދިއްޖެ
9 މާޗް 2018
ހެނދުނު ލުނބޯ ޖޫސް ބުއިމުން ގިނަ ފައިދާތަކެއް
9 މާޗް 2018
ހިޔާލު

ގުޅުންހުރި
ގާޒީ
ކޯޗެއްހުރީ ގެއްލުންނުވާ؟ އިންސާނުން އުފައްދާހުރިހާ އެއްޗަކުންވެސް ކޮންމެވެސް ގެއްލުމެއް ލިބޭނެ!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]