Tweet'thah Mihaarah Vure Dhigu Kuerevey Goi Hadhanee
vfp.mv
HM
HM
ޓްވީޓުތައް މިހާރަށް ވުރެ ދިގު ކުރެވޭ ގޮތް ހަދަނީ
inage
ޓްވިޓާގައި ލިޔެވޭ އަކުރުގެ އަދަދު 140 އިން 280 އަކުރަށް ހަދަންވަނީ ނިންމާފައި---
  ޓެކްނޮލޮޖީ | | 28 ސެޕްޓެމްބަރ 2017 | 0 ކޮމެންޓް
ޓްވިޓާގެ ލިޔެވޭ އަކުރުގެ އަދަދު އިތުރު ކުރަން ނިންމައިފިއެވެ thegardens
ޓުވީޓެއްގެ ދިގުމިން 140އިން 280 އަށް އިތުރު ކުރަން ނިންމީ ޓުވިޓާ ބޭނުންކުރާމީހުންގެ ޝުއޫރު ފާޅު ކުރަން ފަސޭހަ ކުރުމައްޓަކައެވެ. އިނގިރޭސި އަދި ސްޕެނިޝް ކަހަލަ ބަސްތަކުން 140 ބަހުން ފާޅު ކުރަން ބޭނުންވާ ޝުއޫރު އާއްމުކޮށް އެއް ޓްވީޓުން ފާޅު ކުރުމަކީ ދަތި ކަމެކެވެ.

ޗައިނީސް، ކޮރެއަން އަދި ޖަޕަނީސް ފިޔަވައި ހުރިހާ ބަހަކުން ދިގު ޓުވީޓު ކުރެވޭނެއެވެ. ޓުވިޓާގެ ބާނީ ޖެކް ޑޯޒީ ބުނެފައިވަނީ މީ ކުޑަ ބަދަލެއް ކަމަށެވެ. އެހެންނަމަވެސް ޓުވިޓާ އަށް ލިބިގެން ދާނެ ކުރިއެރުމެއް ކަމަށެވެ. އެހެންނަމަވެސް ބައެއް މީހުންނަށް 280 އަކުރު މާ ދިގެވެ. ސަބަބަކައްވެފައި އޮތީ ޓުވިޓާގެ ހާއްސަކަން އަންނަނީ 140 އަކުރުން ކަމަށްވާތީއެވެ. ބައެއް މީހުންނަށް ސޯޝަލް މީޑިޔާގައި އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ނިންމުން ނިންމާފައިވަނީ ޓުވިޓާ ބޭނުންކުރާ މީހުންގެ ނިސްބަތް މަދުވަފައިވަނިކޮށެވެ. މުދަލާއެކީ ޓުވިޓާއަށް އަލަށް ވަންނަ މީހުން ގިނަވާނެ ކަމަށް ބެލެވެއެވެ


ގުޅުންހުރި
ޑުބާއީގެ ފުލުހުން އުދުހޭ ސައިކަލް ދުއްވަން ފަށަނީ
13 އޮކްޓޯބަރ 2017
ދިރާގު މޯބައިލް ޕޭ ހިދުމަތް، ދިރާގު ޕޭ އިފުތިތާހުކޮށްފި
8 އޮކްޓޯބަރ 2017
ބްލޮކްކޮށްފައިވާ އެޕްލިކޭޝަންތަކެއް ބޭނުންކުރުމުގެ ހުއްދަ ދެނީ
21 ސެޕްޓެމްބަރ 2017
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]