Blockkohfaiva Applicationthakeh Beynunkurumuge Hudhah Dhenee
vfp.mv
HM
HM
ބްލޮކްކޮށްފައިވާ އެޕްލިކޭޝަންތަކެއް ބޭނުންކުރުމުގެ ހުއްދަ ދެނީ
inage
  ޓެކްނޮލޮޖީ | | 21 ސެޕްޓެމްބަރ 2017 | 0 ކޮމެންޓް
ސައުދީ އަރަބިއްޔާގައި، ސްނެޕްޗެޓް އާއި ޓެލެގްރާމް މަނާކޮށްފައި އޮތް އޮތުން މިރޭ ނިމުމަކަށް ގެނައުމަށް ނިންމައިފިއެވެ. thegardens
ސައުދީގެ ކޮމިޔުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ކޮމިޝަން (ސީ.އައި.ޓީ.ސީ) އިން ބުނި ގޮތުގައި މަނާކޮށްފައި އޮތް ހަ އެޕްލިކޭޝަނެއް މިރޭން ފެށިގެން ބޭނުން ކުރެވޭނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ފޭސްޓައިމް، ސްނެޕްޗެޓް، ސްކައިޕް، ލައިން، ޓެލެގްރާމް އަދި ޓަންގޯ ނަމަކަށް ކިޔާ އެޕްލިކޭޝަނެކެވެ. އެ އެޕްލިކޭޝަންތައް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަނީ ސައުދީގެ ރެގިއުލޭޝަންގައިވާ ކަންކަން ފުރިހަމަ ކުރުމުންނެވެ.

ސީ.އައި.ޓީ.ސީން ބުނި ގޮތުގައި ޖީއެމްޓީ ގަޑިން މިރޭ 9:00 ން ފެށިގެން އެޕްލިކޭޝަންތައް ބޭނުން ކުރެވޭނެއެވެ.

މިންގަނޑުތަކަށް ނުފެތޭ އެޕްލިކޭޝަންތައް ކުރިއެކޭވެސް އެއްގޮތަށް ބްލޮކްކޮށްފައި ބެހެއްޓޭނެ ކަމަށް ސައުދީގެ ކަމާބެހޭ އިދާރާއިން ބުނެއެވެ.

ވަޓްސްއެޕް އަދި ވައިބާއަށް ހުއްދަ ދިންކަން ނުވަތަ ނޫންކަންވެސް ސީ.އައި.ޓީ.ސީން ހާމަކޮށްފައި ނުވާ ކަމަށް ސައުދީ ގެޒެޓުން ރިޕޯޓުކޮށްފައިވެއެވެ.
ގުޅުންހުރި
4 މީހަކަށް މަރުގެ އަދަބު ދީފި
14 އޮކްޓޯބަރ 2017
އިންޑިޔާގެ އަންހެނުންނަށް މަހުރަމަކާ ނުލާ ހައްޖު ކުރުމުގެ ހުއްދަދެނީ
12 އޮކްޓޯބަރ 2017
ސައުދީގެ ޖީއީއޭއިން 200000 ވަޒީފާ އުފައްދަނީ
11 އޮކްޓޯބަރ 2017
ފޮޓޯ: ސައުދީގައި ހުރި 1230 އަހަރުވެފައިވާ މިސްކިތެއް
10 އޮކްޓޯބަރ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]