Marcelo Real gai Ithuru 5 Aharu Madukuran Ninmaifi
vfp.mv
MIB
MIB
މާސެލޯ ރިއާލްގައި އިތުރު 5 އަހަރަށް މަޑުކުރަން ނިންމައިފި
inage
މާސެލޯ ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 14 ސެޕްޓެމްބަރ 2017 | 0 ކޮމެންޓް
ރިއާލް މެޑްރިޑުގެ ޑިފެންޑަރ މާސެލޯ އެޓީމުގައި އިތުރު 5 އަހަރު މަޑުކުރުމަށް ނިންމައި ކްލަބާއި އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފިއެވެ.
ބްރެޒިލްގެ 29 އަހަރުގެ ކުޅަދާނަ ޑިފެންޑަރ އަލަށް ސޮއި ކުރި މި އެއްބަސްވުމާއި އެކު އޭނާ 2022 ވަނަ އަހަރާއި ހަމައަށް ރިއާލް މެޑްރިޑުގައި މަޑުކުރާނެވެ.

2007 ވަނަ އަހަރު ރިއާލް މެޑްރިޑާއި ގުޅުނު ފަހުން މާސެލޯ ވަނީ ރިއާލްއަށް 414 މެޗު ކުޅެދީފައެވެ.

ރިއާލް މެޑްރިޑުން މާސެލޯގެ ކޮންޓްރެކްޓް އާ ކޮށްފައިވާކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ އޭނާގެ ކޮންޓްރެކްޓް އާ ކޮށްފައިވާކަމާއި އެކަމާއި ގުޅިގެން މިއަދު ސެންޓިއޭގޯ ބާނެބިއުގައި ހާއްސަ ޕްރެސް އެއް ބާއްވާނެ ކަމަށެވެ.

10 އަހަރު ދުވަހު ރިއާލްގައި ހޭދަކޮށްފައިވާ މާސެލޯއަކީ މިހާރު ވެސް ޓީމުގައި މުހިންމު ރޯލެއް އަދާކުރަމުން އަންނަ، ފުރަތަމަ 11 ކަށަވަރު ކުރާ ކުޅުންތެރިޔެކެވެ. އޭނާ އަކީ މިހާރު ރިއާލްގެ ކޯޗު، ޒިދާންގެ ޕްލޭނުގައި ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ. އެހެންކަމުން އޭނާ ކޮންޓްރެކްޓް އާކޮށް ކްލަބުގައި 2022 ވަނަ އަހަރާއި ހަމައަށް މަޑުކުރަން ނިންމުން ވެގެންދާނީ ޒިދާންއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށެވެ.
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]