Pogba Ah Aniyaave 1 Mahah Kulhumaa Dhurah
vfp.mv
MIB
MIB
ޕޮގްބާއަށް އަނިޔާވެ އެއް މަހަށް ކުޅުމާއި ދުރަށް
inage
ޕޮގްބާއަށް އަނިޔާވެ ފަރުވާ ހޯދަނީ ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 14 ސެޕްޓެމްބަރ 2017 | 0 ކޮމެންޓް
މެންޗެސްޓާ ޔުނައިޓެޑާއި ބާސެލް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބައްދަލު ކުރި މެޗުގައި ލިބުނު އަނިޔާއާއި ގުޅިގެން ޕޯލް ޕޮގްބާ އެއް މަސް ދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެވެ.
މެންޗެސްޓާ ޔުނައިޓެޑުން ބާސެލް މެޗުގެ 17 ވަނަ މިނެޓުގައި ޕޮގްބާއަށް އަނިޔާވެފައިވަނީ ބޯޅައެއް ހޯދުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ފައި އެޅުނު ގޮތަކުންނެވެ. ޕޮގްބާގެ ހެމްސްޓްރިންގަށް އަނިޔާވެފައިވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ސްކޭންތަކުން ދައްކާފައިވާއިރު އޭނާ އެނބުރި ކުޅުމަށް އާދެވޭނެ ކަމަށް ބެލެވެނީ 4 ހަފްތާގެ މުއްދަތަކަށް ފަހު އެވެ.

ޕޮގްބާއަށް އަނިޔާވުމާއި ގުޅިގެން އޭނާއަށް މެންޗެސްޓާ ޔުނައިޓެޑު އެވަޓަންނާއި ދެކޮޅަށް ނިކުންނަ މެޗާއި ލީގް ކަޕްގެ ފުރަތަމަ މެޗާއި، ޗެމްޕިއަންސް ލީގު ދެވަނަ ބުރުމުގައި ސީއެސްކޭ މޮސްކޯ އާއި ބައްދަލު ކުރާ މެޗާއި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސް އަދި ސައުތްހަމްޕްޓަނާއި ބައްދަލު ކުރާ މެޗުގައި ނުކުޅެވޭނެވެ. މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑު ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބައްދަލު ކުރާ މެޗަށް ވެސް އޭނާ ފިޓްވާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ޕޮގްބާ ނެތުމާއި އެކު މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފިލްޑަރ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ބޮޑު ބަދަލެއް ގެންނަން ޖެހޭނެވެ. އެގޮތުން އޭނާ ނެތްތައް ފޫބެއްދުމަށް އެންޑާ ހެރޭރާ، ހުއަން މަޓާ ނުވަތަ ފެލައިނީ ފުރަތަމަ 11 ގައި ހިމެނުން އެކަށީގެންވެއެވެ.

މި ސީޒަނުގައި މިހާތަނަށް ވަރުގަދަ ކުޅުމެއް ދައްކާފައިވާ ޕޮގްބާ ވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ޓީމުގައި މިހާތަނަށް ވަރަށް މުހިންމު ރޯލެއް ކުޅެފައެވެ.
ގުޅުންހުރި
ބާސާގެ ކޮންޓްރެކްޓް އާކޮށްފައިވާ ކަމުގެ ވާހަކަތައް އިނިއެސްޓާ ދޮގުކޮށްފި
7 ސެޕްޓެމްބަރ 2017
އެޑްރިއަން ސިލްވާ ލެސްޓާގެ ކުޅުންތެރިއެއްގެ ގޮތުގައި ރަޖިސްޓްރީއެއް ނުވި
6 ސެޕްޓެމްބަރ 2017
ބައި އައުޓް ކްލައުސެއް ނުހިމަނަނީސް ކޮންޓްރެކްޓް އާކުރަން ޗޭން ދެކޮޅު ހަދައިފި
6 ސެޕްޓެމްބަރ 2017
އިނިއެސްޓާ ބާސެލޯނާގެ ކޮންޓްރެކްޓް އާ ކުރަނީ
5 ސެޕްޓެމްބަރ 2017
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]