Flat ge Mahsalathakeh ACC inn Balan Fashaifi
vfp.mv
HM
HM
ފްލެޓްގެ މައްސަލަ އޭސީސީން ބަލަން ފަށައިފި
inage
  ހަބަރު | އިޖުތިމާއީ | 14 ސެޕްޓެމްބަރ 2017 | 9 ކޮމެންޓް
ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ އޮފިޝަލަކު ވަނީ އެ މައްސަލަ ބަލަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭގެ ތަފުސީލެއް ހާމައެއް ނުކުރައްވައެވެ.

ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ފްލެޓް ނުލިބުނު ބައެއް ފަރާތްތަކުން ވަނީ އެ ފަރާތްތަކަށް ފްލެޓް ނުލިބުނު ސަބަބު ސާފު ކުރުމަށް އޭސީސީއަށް މައްސަލަ ހުށަހަޅާފައެވެ.

ފްލެޓު ލިބޭ މީހުން ހުށަހެޅި ފޯމުތަކުގެ ނަންބަރުތައް ހިމެނޭ ލިސްޓު މިމަހުގެ 11 ވަނަ ދުވަހު އިއުލާންކޮށްފައިވާ އިރު އެ ލިސްޓަށް މިމަހުގެ 17 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އިއުލާންކޮށްފައިވަނީ މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ހާއްސަކޮށްގެން ދިނުމަށް ހަމަޖެހިފައިވާ ފްލެޓުތަކުގެ ތެރެއިން ކެޓަގަރީ އެކަކާއި ދެއަކުން ފްލެޓު ލިބުނު މީހުންގެ ލިސްޓެވެ. ހައުސިން މިނިސްޓްރީން ނެރެފައިވާ ލިސްޓުގައި 661 މީހެއްގެ ފޯމު ނަންބަރު ހިމަނާފައިވެއެވެ.

ފްލެޓު ލިބޭ 661 މީހެއްގެ ފޯމު ނަންބަރު އިއުލާންކޮށްފައިވާ އިރު މީގެ ކުރިން ފްލެޓު ލިބޭ މީހުންގެ ތަފުސީލުތައް ހާމަކުރެއެވެ. ނަމަވެސް މިފަހަރު ހަމައެކަނި ފޯމު ނަންބަރު އިއުލާން ކުރީ ފްލެޓު ލިބުނު މީހުންގެ ހައްގުތައް ރައްކާތެރި ކުރަން ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ފްލެޓު ލިބޭ މީހުން އިއުލާންކޮށްފައިވާ އިރު ފްލެޓަށް ކުރިމަތިލީ ބައެއް މީހުންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ފްލެޓު ލިބޭ މީހުންގެ ފޯމު ނަންބަރުތައް އެކަނި އިއުލާން ކުރުމުން ޝަކުވާ ހުށަހަޅަންވީ ކޮން ކަމަކާ މެދު ކަން ނޭނގޭ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

ފްލެޓު ލިބޭ މީހުން ކަނޑައެޅުމުގައި ކުރިމަތިލީ މީހުންގެ ގޭގެއަށް ގޮސް ހާލަތު ވަޒަން ކުރާނެ ކަމަށް ބުނި ނަމަވެސް އެކަން ވެސް ނުކުރާ ކަމަށް ކުރިމަތިލީ ބައެއް މީހުންދަނީ ބުނަމުންނެވެ.

ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަން ނޭންގޭ ގޮތަށް ފޯމް ނަމްބަރުތައް ހިމެނޭ ލިސްޓެއް ހައުސިން މިނިސްޓްރީން އިއުލާނު ކުރި އިރު 60 ޕޮއިންޓް ލިބިފައިވާ މީހުނަށް ވެސް ފްލެޓް ލިބިފައި އެބަހުރިކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފައެވެ.
ގުޅުންހުރި
ފެނަކައިގެ އޮޑިޓުގައި ހުރި ގިނަ މައްސަލަތައް ދަނީ ބަލަމުން: އޭސީސީ
21 ސެޕްޓެމްބަރ 2017
މުދާ ކްލިއާކުރުމާ ގުޅޭ ދިރާސާ ރިޕޯޓް އޭސީސީން އާންމުކޮށްފި
18 ސެޕްޓެމްބަރ 2017
މި އަހަރުގެ ދެވަނަ ކުއަރޓަރގެ ބިތުފަންގި ބުލެޓިން ނެރެފި
18 ސެޕްޓެމްބަރ 2017
ހިޔާލު

ސަޓޯ
އިދިކޮޅު ޕާރޓީ މީހުން އެކަންޏެއް ނޫން، ހުރިހާ މީހުންވެސް މައްސަަލަ ޖައްސާ.. މި ފްލެޓްތައް ދީފައި ހުރީކީ އިންސާފަނުންނެއް ނޫން.
ޙަސަން
އޭ.ސީ.ސީ އަކީ ސަރުކާރު ދެމެހެްްޓުމަށް މަސައްކަތް ޖުރާ ބައެއް. ދެން ވާނީ ކޮންކަމެއް
ޒުލޭހާ
ދަފުތަރު މީހުންގެ އެޑްރެސް އައިޑީ ކާޑުގަ ނިއިން ނާަނެ ދެން ކިހިނެއް އެޑްރެސް ޖަހާނި
މޫސަ
ޙައްޖު ކޯޓާގެ މައްސަލަ އަށް ވީވަރުވެސް ނުކުރެވޭނެ. ބުނަންޖެހޭނީ ރަގަޅަށޭ ހުރިހާކަމެއް ކުރީ ވެސް.
ސުއޭދު
މަސްލަހަތު ނަގާލަން އެމްޑީޕީ އެކުޑިވިސްޓުން ތިކުރާކަން ތައް ހުއްޓާލަން ގޮވާލަން ކިތައްމެ ވަރެއް ކުރިއަސް މީސްމީހުންގެ ޒާތީ މައުލޫމާތު ހާމައެއް ނުކުރެވޭނެ
ވިސްނ
އެމްއެމްޕީއާރސީ މައްސަލަ ބެލިގޮތަށް ދެއްތޯ.
ވަޒަންބެ
ވަގުތު ބޭކާރު ނުކުރޭ އޭސީސޫ. ތީގަ މައްސަލައެއް ނޯންނާނެ. މައްސަލައެއް އޮތްތަ އައިޖީއެމްއެޗް ގެ އާިމަރާތާ ގުޅެގޮތުން ތިތަނުން ބެލި ބެލުމުގައި.
އަހުމަދު
ތިޔަމައްސަލައިގެ ޖަވާބު ވ ސާފު ދޯ . ތިކަން ކޮށްފައިތިޔައޮތީ އެންމެ ރަގަޅަށްކަމަށްބުނީމަ ނިމުނީދޯ.. ނަޒާހަތްތެރި ފްލެޓް ...އަދި އެކިއެކިހަދިޔާ ސަރުކާރު
އައިހަމް
ފްލެޓް މައްސަލައެއް ވިއްޔާ ތިތަނުން ވަރަށް އަވަހަށް ބަލާނެ- ކުރީފަހަރަކު ލުޠުފީ ފްލެޓްއަށް އެދިގެންވެސް ލުޠުފީއަށްވެސް އޮތީ ފްލެޓް ނުލިބި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]