Lanka ge Ba eh Sarahahdhuthakun Current Kendihje
vfp.mv
MIB
MIB
ލަންކާގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
inage
ލަންކާ
  ދުނިޔެ | އޭޝީއާ | 14 ސެޕްޓެމްބަރ 2017 | 0 ކޮމެންޓް
ސްރީލަންކާގެ ކޮލަންބޯ އާއި އިތުރު ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިއްޖެއެވެ. Dhiraagu
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ކަރަންޓު ކެނޑުނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އަދިވެސް ބައެއް ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދެވިފައިނުވާ ކަމަށް އެގައުމުގެ ޕަވާ އެންޑް ރިނިއުވަބަލް އެނާޖީ މިނިސްޓްރީ އާ ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތެރޭގައި ކައުޓަރަ، މަޓަރަ ގައްލެ، އަމްޕަރަ އަދި ޕޮލޮނަރުވާ ހިމެނެއެވެ.

ލަންކާގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސިލޯން އިލެކްޓްރިކްސިޓީ ބޯޑް (ސީއީބީ) ގެ ބައެއް މުވައްޒަފުން އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މުވައްޒަފުން އިހުތިޖާޖު ފަށާފައިވަނީ މިމަހުގެ 13 އިން 20 ވަނަ ދުވަހުގެ ނިޔަލަށް މުވައްޒަފުންގެ ލީވް ކެންސަލް ކުރުމުގެ ސަބަބުންނެވެ. އެކަމާ ދެކޮޅަށް އަޑުއުފުލާ އިހުތިޖާޖު ކުރަމުންދާ މުވައްޒަފުން ދަނީ މުސާރަ އިތުރުކޮށްދިނުމަށްވެސް ގޮވާލަމުންނެވެ.




ގުޅުންހުރި
ޕެޓްރޯލުގެ ދަތިކަމުން އަރައިގަތުމަށް އެހީވެދޭނެ ކަމަށް އިންޑިއާއިން ބުނެފި
9 ނޮވެންބަރ 2017
ދިވެހި ކުދިން ޒަހަމްވި ލަންކާ މާރާމާރީއާއި ގުޅިގެން ބަޔާން ނަގައިފި
12 އޮކްޓޯބަރ 2017
ލަންކާގެ ދަރިވަރުންނަށް ހާއްސަ އިންޝިއުރަންސް ސްކީމެއް ތައާރަފުކޮށްފި
3 އޮކްޓޯބަރ 2017
ސުލްހައިގެ އިނާމަށް ސިރިސޭނާގެ ނަން ހުށަހަޅައިފި
30 ސެޕްޓެމްބަރ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]