Criminal Courtge 2 Muvazzafaku Vazeefain Vakikofii
vfp.mv
VFPBAAZAARU
HM
HM
ކްރިމިނަލް ކޯޓުގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
inage
ކްރިމިނަލް ކޯޓު---
  ހަބަރު | | 14 ސެޕްޓެމްބަރ 2017 | 1 ކޮމެންޓް
ކްރިމިނަލް ކޯޓުގެ ދެ މުވައްޒަފަކު އެ ކޯޓުގެ ވަޒީފާއިން ވަކިކޮށްފިއެވެ. kobadoctor
ކްރިމިނަލް ކޯޓުގެ ސެކިއުރިޓީއަކަށް މަސައްކަތް ކުރާ މުވައްޒަފަކާއި ކޯޓުގެ ޑްރައިވަރަކަށް މަސައްކަތް ކުރާ މުވައްޒަފަކު ކޯޓުން ވަކިކޮށްފައިވާ އިރު އެ ދެ މުވައްޒަފުން ވަކި ކުރި ސަބަބާ މެދު އެއްވެސް ފަރާތަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވީްއެފްޕީއާއި ވާހަކަ ދެއްކި ނަން ހާމަ ކުރަން ބޭނުން ނުވާ ބައެއް މުވައްޒަފުން ބުނި ގޮތުގައި އެ ދެ މުވައްޒަފުން ވަކި ކުރީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް އެ ދެ މުވައްޒަފުންނަކީ ވެސް ކުރީގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފާއި ގާތް ގުޅުންތަކެއް އޮންނަ ދެ މުވައްޒަފެކެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ބާރީ ހުންނަވަނިކޮށް ކުއްލި ގޮތަކަށް މިދިޔަ ޖުލައި މަހު ބާރީ ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ. ބާރީ ޖުވެނައިލް ކޯޓަށް ބަދަލު ކުރީ ބާރީގެ ސުލޫކީ މައްސަލަތަކެއް ސްޕްރީމް ކޯޓުން ޖޭއެސްސީއަށް ހުށަހެޅައިގެން އެ މައްސަލަތައް ބަލައި ނުގަންނަން ނިންމާފައިވަނިކޮށެވެ.
ގުޅުންހުރި
ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފައިވާ ހުރިހާ ޝަރީއަތެއް ކެންސަލު
9 އޯގަސްޓު 2018
މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އަޑުއެހުން ކެންސަލްކޮށްފި
9 އޯގަސްޓު 2018
ރައީސް މައުމޫނުގެ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާ
8 އޯގަސްޓު 2018
ޣައިރު ހާޒިރުގައި ޝަރީއަތްތައް ކުރިއަށް ގެންދަން ރައީސް މައުމޫން އެދިވަޑައިގެންފި
8 އޯގަސްޓު 2018
ހިޔާލު

ގުޅުންހުރި
ޢުމަރުބެ
މީގެކުރިން ޝަޒުފާވެސް ވަޒީފާއިން ވަކިކުރި.....ކީއްވެ އެ ވާހަކަ ނުލިޔުނީ...

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]