Rohingya Muslimunnah Eheevaan Feevakugai Behetti Fund Foshi Vagah Nagaifi
vfp.mv
HM
HM
ރޮހިންޖާއަށް އެހީވާން ފީވަކުގައި ބެހެއްޓި ފަންޑުފޮށި ވަގަށް ނަގައިފި
inage
ށ.ފީވަށް---
  ހަބަރު | އިޖުތިމާއީ | 14 ސެޕްޓެމްބަރ 2017 | 5 ކޮމެންޓް
މިޔަންމާގައި އަނިޔާ ލިބެމުންދާ ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ށ.ފީވަކުގައި ބެހެއްޓި ފަންޑު ފޮށި ވަގަށް ނަގައިފިއެވެ. kobadoctor
ފީވަކު ކައުންސިލު މެންބަރަކު ވީއެފްޕީއަށް ބުނި ގޮތުގައި 7000 ރުފިޔާއާއި އިތުރު ބޭރު ފައިސާތަކެއް ހުރި އެ ފަންޑު ފޮށި ވަގަށް ނެގީ އަންގާރަ ދުވަހުގެ ރޭ އެރަށު މިސްކިތު ފެންޑާގައި ބަހައްޓާފައި ހުއްޓައެވެ.

ފަންޑު ފޮށި ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށް އެ ފޮށީގައި ހުރި ބައެއް ފައިސާތައް ވެސް މިހާރު ވަނީ ހޯދާފައެވެ.

ވިއެފްޕީއަށް މައުލޫމާތު ދިން ކައުންސިލަރު ވިދާޅުވި ގޮތުގައި ފަންޑު ފޮށި ފެނިފައިވަނީ ފޮށީގައި ޖަހާފައި ހުރި ކްލިޕުތައް ނައްޓާލައިގެން ފައިސާ ނެގުމަށްފަހު ވަލު ތެރެއަށް އެއްލާލާފައި އޮއްވައެވެ.

"އެ މައްސަލާގައި ހައްޔަރު ކުރީ މިރަށު މީހަކާ އިނދެގެން އުޅޭ ރަށުން ބޭރު މީހެއް،" ކައުންސިލަރު ވިދާޅުވިއެވެ.
ގުޅުންހުރި
ރޮހިންޔާ އަންހެން ކުދިން އަޅުންގެ ގޮތުގައި ހަށި ވިއްކުމުގެ ވިޔަފާރިތަކަށް ވިއްކަނީ
5 ޑިސެންބަރ 2017
ރޮހިންޔާ މުސްލިމުން މިޔަންމާއަށް ފޮނުވާލަން އެއްބަސްވުމެއްގައި ސޮއިކޮށްފި
23 ނޮވެންބަރ 2017
ރޮހިންޔާގެ ކުޑަ ކުއްޖަކު ފުރާނަ ސަލާމަތްކުރުމަށް 4 ކިލޯމީޓަރަށް ފަތައިފި
14 ނޮވެންބަރ 2017
އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ރޮހިންޔާ މުސްލިމުންނަށް 1 މިލިއަން ރުފިޔާ
7 އޮކްޓޯބަރ 2017
ހިޔާލު

ފީވަކު މީހާ
ފީވަކު މީހުން ގޯސް ނަމަކަ 10000 ގާތް ކުރާ ވަރަކަށް ފަންޑު ފޮށީގަ ރުފިޔާ އެއް ނުހުންނާާނެ..އޭގެން ވެސް އިނގެނީ އާބާދީ ގޯތުން ކުޑަ ފީވަކަކީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާ ބައެއްކަން..
ފީވަކު މީހާ
މޫސަ ރަނގަޅަށް ކިޔާލިންތަ ލިޔެފަ އޮތް އެއްޗެއް؟ ވަގަކީ ފީވަކު މީހެއް ނޫން. ވަގަކީ ކުޅުދުއްފުށީ މީހެއް..އެހެންވީމަ ފީވަކު މީހުންނެއް ނޫން ގޯހީ....
ޢީސަ
މިސްކިތުންވެސް ވައްކަންކުރަނީދޯ ؟
ައައިިޝާ
ތީ ރޮހިންޖާ މުސްލިމުންނައް ވުރެ ލާހުގަ ޖެހިފަ ހުރި މީހެއްތާ.. ލަދު ކުޑަ އިނގެ. !
މޫސަ
މީ ހާދަހާ ވިޔާނުދާ މީހުން އުޅޭ ރަށެކޭ ދޯ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]