ބަންގްލަދޭޝްގައި ތިބި މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް އިންސާނީ އެހީ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް ޔޫއޭއީގެ ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރަޝިދް އަލް މަހްކްތޫމް ގޮވާލައްވައިފިއެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާމެދު އަނިޔާވެރިވަމުންދާއިރު ރޮހިންޔާ ރެފިއުޖީންދަނީ ބަންގްލަދޭޝްއަށް ހިޖުރަކުރަމުންނެވެ.
ޝައިހް މުހައްމަދު ބިން ރަޝިދް އަލް މަހްކްތޫމް ވަނީ ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ރެފިއުޖީންނަށް ބީ747-400 ގެ ޕްރައިވެޓް ފްލައިޓެއްގައި އަވަސް އެހީ ފޯރުކޮށްދިނުމަށް އަމުރު ކުރައްވާފައެވެ.
ބަރުދަނުގައި 100 މެޓްރިކް ޓަނު ހުރި ޓެންޓްތަކެއް މިހާރު ވަނީ ފްލައިޓަށް އަރުވާފައެވެ.
ފާއިތުވި ދެ ހަފުތާ ތެރޭގައި ގާތްގަނޑަކަށް 270،000 ރޮހިންޔާ ރެފިއުޖީން ވަނީ ބަންގްލަދޭޝްއަށް ގޮސްފައެވެ.