Sevilla In Liverpool Hifahattaifi
vfp.mv
MIB
MIB
ސެވިއާއިން ލިވަޕޫލް ހިފަހައްޓައިފި
inage
  ކުޅިވަރު | ދުނިޔެ | 14 ސެޕްޓެމްބަރ 2017 | 0 ކޮމެންޓް
ރޭ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ސެވިއާ ބައްދަލު ކުރި މެޗު އެއްވަރު ވެއްޖެވެ. muni
ރޭގެ މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ސެވިއާއިންނެވެ. އެޓީމުގެ ވިސާމް 5 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ޓީމަށް ލީޑް ހޯދައިދިން ކަމުގައި ވީނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި ލިވަޕޫލުގެ ފިރްމީނޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އޭގެ މާގިނަ އިރުތަކެއް ނުވަނީސް ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހާ ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެން ވަރަށް ކައިރިވެފައިވަނިކޮށް ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނު ކަމުގައި ވީނަމަވެސް އެޓީމުގެ ފިރްމީނޯއަށް އެ ޕަލްޓީ ގޯލުގެ ތެރެއަށް ވައްދައެއް ނުލެވުނެވެ.

މެޗުގެ ފުރަތަމަ ހާފް ނިންމާލީ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެއެވެ.

ދެވަނަ ހާފްގެ ކުޅުން ފަށާ ލިވަޕޫލުން ކުޅެމުން ދިޔައީ ވަރަށް ޑިފެންސިވް ކޮށެވެ. ނަމަވެސް މެޗުގެ 72 ވަނަ މިނެޓުގައި ސެވިއާގެ ޖޯކުިއން ވަނީ ލަނޑެއް ޖަހާ ލިވަޕޫލް މެޗުން މޮޅުވިޔަނުދީ ހިފަހައްޓާފައެވެ.

މި މެޗުގެ 90 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑަކާއި އެކު ލިވަޕޫލުގެ ޖޯސެޕް ގޮމޭޒަށް ރަތް ކާޑެއްވަނީ ދައްކާފައެވެ. މިހެން ކަމުން ޗެމްޕިއަންސް ލީގުގައި ދެން ލިވަޕޫލު ކުޅޭ މެޗެއްގައި އޭނާއަށް ނުކުޅެވޭނެވެ.
ގުޅުންހުރި
ދިރާގު ޓީވީ މެދުވެރިކޮށް ޗެމްޕިއަންސް ލީގުގެ މެޗުތައް ބަލާލެވޭނެ
14 ސެޕްޓެމްބަރ 2017
މެންޗެސްޓާ ޔުނައިޓެޑުގެ ޗެމްޕިއަންސް ލީގް ސްކޮޑުގައި އިބްރަހިމޮވިޗް ހިމަނައިފި
4 ސެޕްޓެމްބަރ 2017
ލެމްޕާޑް ބީޓީ ސްޕޯޓްސްގެ އެނަލިސްޓަކަށް
3 އޯގަސްޓު 2017
ޔޫރޮޕާ ލީގް ކާމިޔާބު ކުރެވިއްޖެ، ދެން ބޭނުމީ ޗެމްޕިޔަންސް ލީގް: މިކިޓާރިއަން
27 ޖޫން 2017
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]