Tech Cunfunyyeh China ah Vikkun America Sarukaarun Huttuvaifi
vfp.mv
MIB
MIB
ޓެކް ކުންފުންޏެއް ޗައިނާއަށް ވިއްކުން އެމެރިކާ ސަރުކާރުން ހުއްޓުވައިފި
inage
ލެއްޓިސް ސެމީ ކޮންޑަކްޓަ ކޯޕަރޭޝަން---
  ވިޔަފާރި | ދުނިޔެ | 14 ސެޕްޓެމްބަރ 2017 | 0 ކޮމެންޓް
ކޮމްޕިއުޓަރުގެ ސާމާނު އުފައްދާ ފާމެއް ކަމަށްވާ ލެއްޓިސް ސެމީ ކޮންޑަކްޓަ ޗައިނާގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ކެންޔަން ބްރިޖް ކެޕިޓަލް ޕާޓްނާސްއަށް ވިއްކުން އެމެރިކާ ސަރުކާރުން ހުއްޓުވައިފިއެވެ. Dhiraagu
އެ ވިޔަފާރި އެމެރިކާ ސަރުކާރުން ހުއްޓުވާފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ބުނެއެވެ.

ކޮމްޕިއުޓަ ޗިޕު އުފައްދާ އެ ކުންފުނީގެ ގިނަ އުފެއްދުންތަކެއް އެމެރިކާ ސަރުކާރުން ބޭނުން ކުރަމުންދާ ކަމަށާއި އެ ކުންފުނީގެ ބާރު ޗައިނާއަށް ލިބިއްޖެ ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތުތަކެއް ޗައިނާއަށް ލިބިދާނެ ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.

ކެންޔަން ބްރިޖް ކެޕިޓަލް ޕާޓްނާސްއިން 1.3 ބިލިއަން ޑޮލަރަށް ލެއްޓިސް ސެމީ ކޮންޑަކްޓަ ގަތުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދަނީ ކުރަމުންނެވެ.

ޗައިނާއިން އެމެރިކާގައި ކުރަމުންދާ އިންވެސްޓުމެންޓުތަކާ މެދު ސަމާލުވާން އެ ގައުމުގެ ސަލާމަތާ ގުޅުން ހުރި ބައެއް އިސް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
ގުޅުންހުރި
ވައިގެ ތެރޭގައި ޖިންސީ ގުނަވަން ކުރެހި އެމެރިކާ ޕައިލެޓުގެ މައްސަލަ ބަލަނީ
18 ނޮވެންބަރ 2017
ތެޔޮ އުފައްދާ ގައުމުތަކުގެ މައްޗަށް އެމެރިކާ ކުރި ހޯދައިފި
16 ނޮވެންބަރ 2017
ކިމް ޖޮން އުންއަށް މަލާމާތް ކުރުމުން ޓްރަމްޕަށް މަރުގެ ހުކުމް!!!
15 ނޮވެންބަރ 2017
ޓްރަމްޕް މުސްކުޅި ކަމަށް ބުނުމުން ކޯފާ ވެއްޖެ
12 ނޮވެންބަރ 2017
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]