Pizza Buona ge Outlet eh Maaffanu gai Hulhuvaifi
vfp.mv
MIB
MIB
ޕިއްޒާ ބޯނާގެ އައުޓްލެޓެއް މާފަންނުގައި ހުޅުވައިފި
inage
މާފަންނު ޕިއްޒާ ބޯނާ
  ވިޔަފާރި | ކުންފުނި | 14 ސެޕްޓެމްބަރ 2017 | 0 ކޮމެންޓް
ޕިއްޒާ ބޯނާގެ އައުޓްލެޓެއް މާފަންނުގައި ރޭ ހުޅުވައިފިއެވެ.
ގާތްގަނޑަކަށް 50 މީހުންގެ ޖާގައިގެ ޕިއްޒާބޯނާ އައުޓްލެޓް ހުޅުވާފައިވަނީ މާފަންނު މަޖީދީމަގު ހުދުމާ ގޯޅި ތެރޭގައެވެ. މިތަން ހުޅުވައިދެއްވީ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު މިލިންދް ޑެރަސާރީ އެވެ.

ޕިއްޒާ ބޯނާއިން ބުނީ މާފަންނު ބޮޑު އައުޓްލެޓަކީ ފެމެލީތަކުން އެކީއައިސް ހިދުމަތް ހޯދުމަށް ރަނގަޅު ތަކެއް ކަމަށާއި އެތަން އެކިއެކި ޕާޓީތަކާއި ފަންކްޝަންތަކަށްވެސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ. ގުރޫޕްތަކާއި އާއިލާތަކަށް ހިދުމަތް ހޯދުމަށް ފަސޭހަ ވާނެގޮތަށް ތަނަވަސްކޮށް ފަރުމާކޮށްފައިވާ ޕިއްޒާބޯނާ މާފަންނު އައުޓްލެޓަކީ ހިއްގައިމު ތަނެކެވެ.

ތަފާތު ގިނަ ރަހަތަކެއް އެކުލެވޭ މީރު ޕިއްޒާތަކަށް ހާއްސަ ޕިއްޒާ ބޯނާއަކީ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލް ތަނެކެވެ.

ޕިއްޒާ ބޯނާއިން ބުނީ މިރޭ ހުޅުވުނު ބޮޑު އައުޓްލެޓްގެ އިތުރުން ހުޅުމާލޭގައި އިތުރު އައުޓްލެޓެއް ހުޅުވުމަށްވެސް މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.
ގުޅުންހުރި
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]