Clique College inn Alah 13 Course eh Ifthithaahukohfi
vfp.mv
HM
HM
ކްލީކް ކޮލެޖުން އަލަށް 13 ކޯހެއް އިފްތިތާހުކޮށްފި
inage
  ވިޔަފާރި | | 13 ސެޕްޓެމްބަރ 2017 | 0 ކޮމެންޓް
ކްލީކް ކޮލެޖުން ތަފާތު އެކި ދާއިރާތަކުން އަލަށް މަތީ ތައުލީމުގެ 13 ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު ކްލީކް ކޮލެޖު ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ކްލީކްގެ ވައިސް ޕްރެސިޑެންޓް ހަސަން އަބްދުﷲ ސައީދެވެ.

އެ ރަސްމިއްޔާތުގައި ހަސަން އަބްދުﷲ ސައީޑު ދެއްކެވި ވާހަކައިގައި އަލަށް ތައާރަފު ކުރެވުނު ޕްރޮގްރާމްތަކުގެ ކޯސް ކޮންޓެންޓާއި ކިޔަވައިދެވޭ ބައިތައް ކަނޑައެޅުމުގައި އޮސްޓޭލިއާއާއި އިނގިރޭސިވިލާތުގެ ކަރިއިކުލަމްތައް ދިރާސާކޮށްފައިވާނޭކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް ކޯސްތައް ބައްޓަންކުރުމަށް ސަމާލުކަން ދީފައިވާނޭ ކަމަށް ވިދާޅުވިއެވެ.

އެ ހަފްލާގައި ކްލީކުން އަލަށް ތައާރަފުކުރި ޕްރޮގްރާމްތަކާއި ގުޅޭ ވީޑީއޯ ޕްރެސެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ.

އެ ހަފްލާގައި ފައުންޑޭޝަން ސްޓަޑީސް، ސެޓްފިކެޓް ލެވަލް 3 އަދި 4 ގެ ޕްރޮގްރާމްތަކުގެ ގޮތުގައި ތައާރަފުކޮށްފައިވަނީ އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން އާއި އެޑިޔުކޭޝަން މެނޭޖްމަންޓް އާއި ބިޒްނަސް މެނޭޖްމަންޓް އާއި ބޭންކިންގް އެންޑް ފައިނޭންސްއެވެ.

އޭގެ އިތުރުން ސޯސަލް ސާވިސް އާއި މާކެޓިންގް އާއި ހިއުމަން ރިސޯސް މެނޭޖްމަންޓް އާއި ޓްރެވަލް އެންޑް ޓުއަރިޒަމް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ޕްރޮގްރާމްތައް ވަނީ ތައާރަފުކޮށްފައެވެ.

އެޑްވާންސް ޑިޕްލޮމާ ލެވެލް އިން އަލަށް ތައާރަފުކޮށްފައިވަނީ އިނގިރޭސިވިލާތުގެ އޭސީސީއޭ ޕްރޮގްރާމްގެ ސްކިލްސް ލެވެލް ޕްރޮގްރާމެކެވެ.

ޑިގްރީ ލެވެލްއިން އަލަށް ތައާރަފުކޮށްފައިވަނީ ބެޗްލާސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ މޯބައިލް އެޕްލިކޭޝަން ޑިވެލޮޕްމަންޓް އާއި ބެޗްލާސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ގްރެފިކްސް އެންޑް މަލްޓިމީޑިއާއެވެ.

އޭގެ އިތުރުން ހާއްސަ ޕްރޮގްރާމެއްގެ ގޮތުގައި ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއްވެސް ވަނީ ތައާރަފުކޮށްފައެވެ.

ކްލީކް ކޮލެޖުން ވަނީ ދަރިވަރުން މަތީތަޢުލީމަށް ކުރަން ޖެހޭ ހޭދަ ވީހާވެސް ލުއިކޮށްދިނުމަށްޓަކައި ފެމިލީ ޑިސްކައުންޓް ސްކީމާއި ކޯޕަރޭޓް ޑިސްކައުންޓް ސްކީމެއް މިއަހަރު ތައާރަފުކޮށްފައެވެ. އަދި ކިޔެވުމަށްޓަކައި މަހުން މަހަށް ކުރަންޖެހޭ ހޭދަ ކުރިއަށްވުރެ ލުއިކުރުމަށް އަމާޒުކޮށްގެން އެ ކޮލެޖުން ވަނީ ކޮލެޖްގެ ހުރިހާ ޕްރޮގްރާމެއްގެ ފީ ދެކުމުގެ އޮނިގަނޑަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

އެ ހުރިހާ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ގުޅުންހުރި
ކްލީކުން ތަފާތު 9 ދާއިރާއަކުން މަތީ ތައުލީމުގެ އާ ކޯސްތަކެއް ފަށަނީ
11 ޖުލައި 2017
މަހަލްދީބް ފައުންޑޭޝަނުން ކްލިކް ކޮލެޖަށް މުޞްޙަފް ހަދިޔާކޮށްފި
8 މެއި 2017
ކްލީކް ކޮލެޖް ކަޕްގެ ޗެމްޕިއަންކަން "ލާސްޓް އޮފް އެއިޓް" އަދި "ބިއުޓީސް އޮފް އެއިޓް'
26 މާޗް 2017
ކްލީކް ކޮލެޖުން "ކްލިކް އިންޓާންސް" އިފްތިތާހުކޮށްފި
1 މާޗް 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]