Rashugai Thibegen Kiyavan Beynun thah? Mandun Mi Othee Furusathu Hulhuvaalaafa
vfp.mv
VFPBAAZAARU
HM
HM
ރަށުގައި ތިބެގެން ކިޔަވަން ބޭނުންތަ، މަންދުން މިއޮތީ ފުރުސަތު ހުޅުވާލައިފައި
inage
  ހަބަރު | | 12 ސެޕްޓެމްބަރ 2017 | 0 ކޮމެންޓް
މަންދު ކޮލެޖުން މިމަހު ފަށާ ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. muni
އެ ކޮލެޖުން ބުނި ގޮތުގައި މިއަހަރު އިތުރު ކޯސްތަކެއް ފަށާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކޯހެއް ފެށުމަށް ވަނީ ނިންމާފައެވެ. އެ ކޯހުގައި މަހަކު ދައްކަންޖެހެނީ އެންމެ 750 ރުފިޔާއެވެ.

މަންދު ކޮލެޖަކީ 1998 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮއްދެމުން އަންނަ ކޮލެޖެކެވެ. އެ ކޮލެޖުގެ ކޯސްތަކަކީ އަމިއްލަ ރަށުގައިވެސް ހުރެގެން ކިޔެވެން ކުރިއަށް ގެންދެވިދާނެ ފަދަ ގޮތަކަށް ރޭވިފައިވާ ކޯސްތަކެކެވެ.

މަންދު ކޮލެޖްގެ ވާޗުއަލް ސިސްޓަމް މެދުވެރިކޮށް މިހާރުވެސް ކިޔަވާ ދެމުން ގެންދާ ޓީޗަރުންނަށް އިތުރަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

އޭގެ އިތުރުން މަންދު ކޮލެޖްގެ ކޯސްތަކަކީ، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ރިސޯޓުތަކުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ކޯސްތަކެކެވެ.

މަންދު ކޮލެޖް މެދުވެރިކޮށް ޑިޕްލޮމާއެއް، ޑިގްރީއެއް ނުވަތަ އެން.ބީ.އޭ އެއް ހެދުމަށް ކޮންމެހެން މާލެ އަންނާކަށް ނުޖެހޭނެއެވެ. މަންދު ކޮލެޖުގައި އެއް އަހަރު ކިޔެވުމަށްފަހު، މެލޭޝިޔާ އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުން ކޯސް ފުރިހަމަ ކުރެވޭނެއެވެ.

އެ ކޮލެޖުގެ ކޯސްތަކަކީ، އިމްތިހާންތަކުގައި ބައިވެރިވުމަށް ފައިސާ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ. ސްކޫލް ނިންމާފައިވާ ކުދިންނާވެސް ގުޅޭ ތަފާތު ކޯސްތަކެއް މިފަހަރު މަންދު ކޮލެޖުން ވަނީ ތައާރަފުކޮށްފައެވެ.

މަންދު ކޮލެޖުގެ ކޯސްތަކަކީ، ރާއްޖެއަށް ފެތޭ ގޮތަށް އަމިއްލަ މޮޑިއުލްސްއާއި ކަރިކިއުލަމް ތައްޔާރުކޮށްގެން ފަރުމާކޮށްފައިވާ ކޯސްތަކެކެވެ. މަންދު ކޮލެޖުގެ ދަރިވަރުންނަށް ކޮންމެ ވަގުތަކުވެސް އެކޮލެޖުގެ އޮންލައިން ލައިބްރަރީގެ ހިދުމަތް މުޅިން ހިލޭ ލިބޭނެއެވެ.
ގުޅުންހުރި
މަންދު ކޮލެޖުން ޖެނުއަރީގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
9 ނޮވެންބަރ 2017
ޓެކްނޮލޮޖީގެ އެހީގައި ފެންވަރު ރަނގަޅު ޓީޗަރުން ދަރިވަރުންނާ ހަމައަށް ގެންގޮސްދެނީ
2 ނޮވެންބަރ 2017
ޖުލައި މަހު މަންދު ކޮލެޖުގައި ފަށާ ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލައިފި
5 ޖޫން 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]