Haharu Episode 47
vfp.mv
VFPBAAZAARU
MIB
MIB
ހަހަރު
inage
ހަހަރު
  މުނިފޫހިފިލުވުން | ވާހަކަ | | ފުނަމާ | 12 ސެޕްޓެމްބަރ 2017 | 7 ކޮމެންޓް
47 ވަނަ ބައި dhi2
" ދާލިޔާން...! މި ރާއްޖޭގައިވެސް މިހާ ރީތި އަންހެން ކުދީން ތިބޭތަ؟"
ތިއާ ލައިގެންހުރި ހެދުމަށް ޚާއްސަ ނަޒަރަކުން އަލައިނާއަށް ބަލާލެވުނެވެ.
ލެވެންޑަރ ބްލަޝް ކުލައިގެ ހެދުމެއްގައި ހުރިއިރު އަރާފައިވަނީ ވިސްޓީރިއާ ކްލައިގެ ހައިހީލްއަކަށެވެ. އަތުގައި އަޅުވާލާފައިވަނީ އެންމެ ރީތި ޕަރޕަލް ކުލައިގެ ފެޝަން ދަބަހެކެވެ. ގޯލްޑަން ބްރައުން ކުލައިން އިސްތަށިގަނޑުގެ ތަންތަންކޮޅު ހައިލައިޓް ކޮށްލާފައިވެއެވެ. އެ ލޯބި އިސްތަށިގަނޑު ބޮލުގެ މެދަކާއި ހިސާބަށް މައްޗަށް ހިއްލާލުމަށްފަހު ވަނީ ، ހިމަ ވާށަކުން އައްސާލާފައެވެ. އެންމެ އިސްތައްޓަކަށްވެސް ނުކިޔަމަންތެރި ނުވެވޭ ވަރަށެވެ. ތިއާގެ ބޮޑު ދެ ލޮލުގެ ލަދުވެތިކަމުގެ ފަރުދާއެއްގެ ގޮތުން ދިގު އެސްފިޔަތައް ތިރިކޮށްލެވުނެވެ. ހީލުމުން ކޮލުގައި އަޑިވެފައިވާ ތަންކޮޅުގައި އަލައިނާއަށް ފިރުމާލެވުނެވެ.

" ބައްޕަވެސް ބުނި ތިއާ އަކީ ވަރަށް ރީތި ކުއްޖެކޭ..! އެކަމަކު ޤުދުރަތުގެ މިފަދަ ފުރިހަމަ ކަމެއް ކަމަކަށް މަންމައަށް ހިތައްވެސް ގެނެވިފައެއް ނެތް..!"
އަލައިނާ ތިއާއަށް ތައުރީފުކޮށް ނިންމާނެހެން ހިއެއްނުވެއެވެ. ލަދުން އިސްޖަހައިގެން ހުރެ ތިއާވެސް
އެއްޗެކޭ ބުނެލިއެވެ.
" ދާލިޔާން މަންމަވެސް ވަރަށް ލޯބި.. !"
ތިއާގެ ތައުރީފާއެކު އަލައިނާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ.

" ސޮރީ ..! މާގިނަ ވަގުތު މަންމަ ދަރިފުޅުމެން ހިފަހައްޓައިފި ދޯ..! ދަރިފުޅާ..! ދެން ދާންވާނީ މިގެއިން ލަންޗް ނަގައިގެން އިނގޭ..! ވަރަށް އަވަހަށް މަންމަ އެއްޗެއް ތައްޔާރުކޮށްލާނަން..!"
ދަރިފުޅުގެ ހޮވުން އަލައިނާއަށް ކިތަންމެހާވެސް ކަމުގޮއްސިއެވެ. ތަންކޮޅެއް ދުރުގައި އެ އުފާވެރި މަންޒަރުދެކެން މައުސޫމު ހުރީ ހިނިތުންވުމާއި އެކުއެވެ.
ދާލިޔާންމެން ދާން، ތަން ދިނުމަށްފަހު އަލައިނާވެސް މައުސޫމާއި ވާހަކަދައްކާލާފައި އަވަހަށް ގޮސްވަނީ ބަދިގެއަށެވެ.

ކޮޓަރީގެ ދޮރު ލެއްޕުމާއެކު ތިއާގެ އަތުގައި އޮތް ދަބަސް ތިރީގައި ބައިންދާލިއެވެ. ދާލިޔާން ބައްދާލަމުން ތިއާ ލައިގެންހުރި ހެދުމުގެ ޒިޕް ތިރިކޮށްލިއެވެ. ފަސޭހަ ކަމާއެކު ހެދުން ތިއާގެ ފައިބުޑައް ލޫދިގަތެވެ. އެއާއެކު އަރައިގެން ހުރި ހީލް ތިއާ ބާލާލިއެވެ. ހަމަ އެހިނދުގައި ދާލިޔާން ތިއާ އުފުލާލީ ކުޑަކުޑަ ކުއްޖަކު އުރާލާފަދަ ލުއި ގޮތަކަށެވެ. އަވަސް ހަރަކާތުގައި ގެންގޮސް ތިއާ އެނދުމަތީގައި ބާއްވާލުމާއެކު ދާލިޔާންގެ ހަށިގަނޑުގައި ހުރިނަމަ ހުރި ފޭރާމެއް އެތައް މިތަނަށް އުކާލިއެވެ. އެއްޗެއްގެ މިސްރާބު ހޯދާނީ އެ އެއްޗެކޭ ބުނާފަދައެވެ.! ތިއާއަށް އެއްޗެއް ބުނުމުގެ އެއްވެސް ފުރުސަތެއް ދާލިޔާން ނުދިނެވެ. ހަނަފަސް ސަހަރާއެއްގައި ގަދަ އަވީގައި އެތައް ދުވަހެއް ވަންދެން ދަތުރު ކޮށްފައިވާ މުސާފިރެއް ފަދައިން ދާލިޔާންގެ ކަރުހިއްކުން ފިލުވަމުން ދިޔައެވެ.

އެންމެ ފަހުން، ދާލިޔާން މާނޭވާއެއްވެސް ދޫކޮށްލީ އޭނާގެ ހިތް ފުރުމުންނެވެ. ނުވަތަ ހަށިގަނޑުގައި އެވަގުތު ހުރި ހުރިހާ ހަކަތައެއް ހުސްވުމުންނެވެ. ނޫނީ ދާލިޔާންއަށް ތިއާގެ ހުއްދަ އޮތް މިންވަރަށް، ބޭނުން ހުރިހާ ކަމެއްކޮށް ނިމުމުންނެވެ! ތިއާވެސް އޮތީ އެއްޗެއް ބުނެވޭ ހާލަތެއްގައެއް ނޫނެވެ.
ހިތައްއެރިއެވެ.! ވާހަކަދައްކާނީ ކަރުހިއްކުން ފިލީމައެވެ! ދާލިޔާންގެ ފިރުމުންތަކަކީ ފިރިހެނެއްގެ ކިބައިން ތިއާ އަށް ލިބުނު ހަމައެކަނި ބީހުންތަކެވެ. ފިރިހެނެއްގެ ފަރާތުން އަންހެނަކަށް ލިބޭނެ ހުރިހާ އަރާމަކާ އުފާ ހާސިލްކޮށްދިން ހަމައެކަނި އިންސާނަކީ ދާލިޔާންއެވެ. ދާލިޔާންދެކެ އިންތިހާއަށް ތިއާއަށް ލޯބި ވެވުނު ސަބަބަކީ އެއީކަމަށް ތިއާ ގަބޫލުކުރެއެވެ. ދާލިޔާންގެ ބީހުންތަކަށް ތިއާގެ ހިއްސުތައްވަނީ ދެވި ހިފާފައެވެ. ހަޤީގަތަކީ އެއީކަމަށްވާއިރު އެނޫން މީހަކާއެކު ތިއާގެ ލޯބީގެ ގަނޑުވަރު ބިނާކުރާނީ ކިހިނެއް ހެއްޔެވެ؟

" ވަރަށް ލޯބިވޭ..!"
އެނދުމަތީގައި ތަރުތީބެއް ނެތިފައި އޮތް މަޑުމަޑު ކުއިލްޓުން ދެ ހަށިގަނޑު ނިވާކޮށްލަމުން ތިއާ ބުނެލިއެވެ.
" އޫމްމްމް... ދެޓްސް މައި ގަރލް..!"
ޖަވާބުގައި ދާލިޔާން ބުނެލިއެވެ.

ދާލިޔާން ލޯވެސް ނުހުޅުވާ އޮވެ، ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ތިއާގެ ގައިގައި ޖައްސާ ބާރުކޮށްލަމުން ބައްދާލިއެވެ. އެފަދަ ކޮންމެ ހަރަކާތަކުން ތިއާގެ ހިއްސުތައް ހޭލައްވާލައެވެ. ހިތް އުފަލުން ނަށާލައެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް އެއްކަމަކަށް އިސްނެގުމަށް ލަދުވެތިކަމާއެކު ތިއާ އަށް ފަސްޖެހެވުނެވެ. ދާލިޔާންގެ ވިސްނުންތެރި ސިކުނޑި އެއިން ކޮންމެ ހަރަކާތެއް ދެނެގަތުމުގައި ކާމިޔާބުކުރިއެވެ. ޔަޤީންކޮށްލުމަށްޓަކައި ބޭނުންވީ ހަމަ އެންމެ އިނގިއްޔެއްގެ ހަރަކާތެކެވެ! ގަތް ލަދުން އެނދުން ތެދުވުމަށް ތިއާގެ އަތް ވިއްދާލުމާއެކު ދާލިޔާން އެ އަތުގައި ހިފެހެއްޓިއެވެ. އަދި ކުއްލި ލައްކެއްޖަހާ ދާލިޔާން އާއި އިހުނަށް ވުރެންވެސް ކައިރިއަށް ތިއާ ދަމައިގަތެވެ. އެއަށްފަހު އަނެއްކާވެސް ގަޔާލާ ފިއްތާލިއެވެ. ދެއަތުގެ ތެރޭގައި ބޮނޑިކޮށްލީ ދާލިޔާންގެ ހިއްސުތައްވެސް ހޭލައިފިކަން އަންގާލުމަށެވެ. ދާލިޔާން އޮތީ ފުރަގަހުން ތިއާގެ ގައިގައި ބައްދައި، ދެ ފައިން ތިއާގެ ފައި ބަންދުކޮށްލައިގެންނެވެ. އެއަށްފަހު ދާލިޔާންގެ ބޯ ބާއްވާލީ ތިއާގެ ކަނދުރާ މަތީގައެވެ. ތިއާއަށް ގެނެވުނު ހަރަކާތަކާއެކު އިހުނަށްވުރެންވެސް ބާރަށް ތިއާގެ ހަށިގަނޑުގައި ދާލިޔާން ބައްދާލިއެވެ. އަދި ކަނދުރާމަތީން ބޮސްދެމުން ، ހޫނު ނޭވާތަކުން ހިއްސުތަކުގައި ހުޅު ރޯކުރަމުން، މުޅި ކަނދުރާގައި ވަސްބަލަމުން ގެންދިޔައީ ޓްރިމް ކޮށްލާފައިވާ މަޚުމާކޮޅެއް ފަދަ ތުނބުޅި ހާކާލަމުންނެވެ. އެއިން ކޮންމެ ފަހަރަކު ތިއާގެ ދެލޯމަރާ ތަގުޅިކޮށްލެވެނީ ކެތްތެރިކަން ކޮޅުންލާތީއެވެ. ހިއްސުތައް ކޮންޓްރޯލްކުރަން ތިއާ މަސައްކަތް ކުރިއަކަސް ދާލިޔާން އެއަށްވުރެން މާކުޅަދާނަވެފައި ހުށިޔާރެވެ.

ތިއާގެ އިހުސާސްތައް މަޖުބޫރުކުރަމުން ގެންދިޔައީ މުޅިހަށިގަނޑު ހިބައިން ދާލިޔާންއަށް ހަދިޔާ ކުރުމަށެވެ. ދާލިޔާންގެ އުކުޅުތައް މޮޅުވެފައި އެކަމަށް ކުޅަދާނައެވެ. ލޯބީން ބީހެމުން އެކި ގުނަވަންތަކަށް ދާލިޔާން ކުރަމުންދިޔަ ކޮންމެ ގޯނާއެއް ތިއާ އަށްވީ އިނތިހާ އަރާމަކަށެވެ. އަންހެނެއްނެ ނާޒުކު ކޮންމެ ގުނަވަނެއްގެ ވަކިވަކި އިހުސާސްތައް ދާލިޔާންވަނީ ދަސްކޮށްފައިހެއްޔެވެ؟ ދާލިޔާންގެ އެފަދަ ކޮންމެ ހަރަކާތަކަށް ، ދުނިޔޭގައި ފުރާނަހުރި ކޮންމެ އަންހެނަކު އެދޭނެއެވެ! އެ އާދާތަކަށް ތިއާ ލަންބުވާލަން ދާލިޔާން ހުށިޔާރެވެ.

އެންމެ ފަހު ވަގުތައް ރައްކާތެރިކޮށްފައި އޮތް 'ޚަޒާނާ'ވެސް ދާލިޔާން ހޯދީއެވެ. ދުނިޔެ މަތީގައި މީގެކުރީން ދުވަހަކުވެސް ނުކުރެވޭފަދަ އިހުސާސެއް ކުރެވިގެން ދިޔަ ވަގުތެކެވެ. ހޫނު ދަތެއް ކުއްލިއަކަށް އިހުސާސްވިއެވެ. އެހެންނަމަވެސް، އަރާމާއި ލައްޒަތުގެ އިންތިހާ ވަގުތުކޮޅެކެވެ! 'އާހް'ގެ އަޑުން މުޅި ކޮޓަރިތެރެ ގުގުމައިގެން ދިޔައެވެ. ތިއާގެ އިނގިލަތުގެ ނިޔަފަތިތައް ދާލިޔާންގެ ބުރަކަށީގެ ހަންގަނޑުގެ ތެރެއަށް ވަދެގެންދިޔައީއެވެ. ދެ ތަނަކުން ލޭ އޮހޮރިގެން ދިޔައިރުވެސް އެކަމުގެ ހިލަމެއްވެސް އެ ކޮޓަރީގެ ހަތަރު ފާރުތެރޭގައި ނެތެވެ. އެއް ހަށިގަނޑާޖެހި އަނެއްހަށިގަނޑު އޮއްދާހިއްލަމުންދިޔައެވެ. ދެމީހުންގެ އަޑުން އެއްފަހަރާ އެއް މިއުޒިކެއް ނިކުންނަށްފެށިއެވެ. އެއަޑު ބާރުވަމުންގޮސް ނޭވާ އަވަސްވާންފެށިއެވެ.

ދާލިޔާންގެ ހަރަކާތް މަޑުވުމާއެކު އެ އިހުސާސްވި ހޫނުކަން ތިއާއަށް އަލެއްނުވާނެއެވެ. އޭރު އަނގައިން ބަހެއް ބުނެލާނެ ހިތްވަރެއް ދެ ލޯބިވެރިންގެ ކިބައިގައި ނެތެވެ. ކައިރީގައި ހުރި ޓިޝޫ ފޮށި ތިއާއަށް ގާތްކޮށްލައިދެމުން ދާލިޔާން އެއްއަރިއަކަށް އެނދުމައްޗަށް ވެއްޓިގަތެވެ. ކުޑައިރުކޮޅަކަށްފަހު ދާލިޔާންގެ ގައިގައި ތިއާ ބައްދާލިއެވެ.
މިނޫނަސް ކިތަންމެ ފަހަރަކު ދާލިޔާންއާއިއެކު ތިއާ މިފަދަ އަރާމުތައް ލިބިގެންފިއެވެ. އެހެންނަމަވެސް މިފަހަރުގެ އިހުސާސްތައް މުޅިންތަފާތެވެ. ދާލިޔާންގެ ހުނަރުވެރިކަމުން ލިބުނު އަރާމާއި އުފާވެރިކަމުގައި ތިއާވެސް ފިދާވެއްޖެއެވެ. ދެ ހަށިގަނޑު ވަރުބަލިވެ މަޑުމަޑުން ހަރަކާތް ނެތެމުންގޮސް އަރާމު ނިދީގެ ތެރެއަށް ޣަރަޤްވެވުނީ އެކެއްގެވެސް އިޚުތިޔާރަކު ނޫނެވެ.

ދުވަހުގެ މަސައްކަތުގެ އެންމެ މުހިއްމު ވަގުތުގައި ތިއާ އެމަސައްކަތުން އެކަހެރިކުރުވީ ލޯތްބެވެ. ހިތާއި ނަފުސުގައި އަނދަމުންދިޔަ ލޯބީގެ ޖަޒްބާތުތަކެކެވެ. އެ ޖަޒްބާތުތައް އުތުރި އަރައިގަތުމުން އޭގެ މައްޗަށް ގަދަވެގަތުމަކީ އިންސާނުންނަށް ކުޅަދާނަ ކަމަކަށްވަނީ މަދު ފަހަރަކުއެވެ. ދާލިޔާންއާއި ތިއާ އަށް ވެސްވީ އެފަދަ ގޮތެކެވެ. ދިހަ ގަޑިބައި ނުވަނީސް އޮފީހުން ނިކުތް ތިއާއަށް، އަދިވެސް ވާނުވާއެއް ނޭންގެއެވެ. ލޯބީގެ ދާނެއްގައި ދެ ލޯބިވެރީން އެކަކު އަނެކެއްގެ އަތުގެ ތެރޭގައި އަރާމު ނިންޖަކުން ނިދާލީއެވެ. ތިއާގެ ލޮލުގެ އެސްފިޔަތައް ތަޅުވާލެވުނީ ކަންފަތައް އުނދަގޫވެގެންނެވެ. އެއަޑަކީ ކޮން އަޑެއްކަން ދެނެގަންނަންވެސް މިވަގުތު ތިއާއަށް ހިނދުކޮޅެއް ބޭނުންވީއެވެ.

" ބޭބީ..! ޔޯ ފޯން..! ނަގާބަލަ! ބަލާބަލަ ކާކުތޯ؟"
ނިދީގައި އޮތް ދާލިޔާން އަނެއްކާވެސް ތިއާ ގެނެސް ގައިގައި ތަތްކޮށްލިއެވެ.

" ޕްރިންސެސް އާންސާކޮށްބަލަ.. އޯކޭވާނެ..!"
ނިދީގައި އޮވެ ދާންލިޔާން ބުނެލިއެވެ. އެއާއެކު ރިންގުވަމުންދިޔަ ފޯނު އަތުޖެހޭތޯ ނިކަން އުނދަގުލުން ، ތިއާ މަސައްކަތް ކުރަންފެށިއެވެ. ދާލިޔާންގެ ބިއްދަށުގައި ތިއާ އޮތުމުން ފޯނަށް އަތެއް ނުފޯރިއެވެ. އެހެންކަމުން ކުޑަކޮށް ހަށިގަނޑު ހިއްލާލުމަށްފަހު ދާލިޔާންގެ ހަށިގަނޑު ހުރަސްކޮށް ތިއާގެ އަތް ދިއްކޮށްލުމުން ފޯނު އަތުގައި ޖެހިއްޖެއެވެ. އޭރުވެސް އެއްވެސް ހުރަހަކާ ނުލާ ތިއާގެ މޭމައްޗާއި ދާލިޔާންގެ ބުރަކަށިވަނީ ޖެހި ފިތިފައެވެ. ފޯނު އަތުގައި ޖެހުމާއެކު ތިއާއަށް ސްކްރީން ބަލާލެވުނެވެ. ހަމަ އެ ސިކުންތުގައި ދެލޯބޮޑުވެ ތެޅިގަނެވުނެވެ. ފޯނުގައި ސޭވްކޮށްފައިވަނީ ' މައި ލަވް'ގެ ނަމުގައެވެ.

" ވަޓް ދަ ހެލް އިޒް ދިޒް..؟ ކާކު މި ގުޅަނީ...؟ ދާލިޔާން ...! ހޭލަބަލަ!"
ތިއާ ރުޅިގަދަވެގެން ދާލިޔާންގެ ބުރަކަށީގައި އަތުންނާއި ފޯނުން ތަޅަންފެށިއެވެ.

" ކިހިނެއްތަ ވެގެން ތިއުޅެނީ..؟"
ދާލިޔާން އަހާލިއެވެ.
ދާލިޔާންގެ ބުރަކަށީގައި ހުރަސްވެގެން އޮތް ތިއާގެ އުނަގަނޑުގައި ހިފައިފައި ދާލިޔާންގެ ބާރުގެ ދަށަށް ގެނައެވެ. އަދި ތަދު ނުވާނެހެން ތިއާގެ ގައި މައްޗަށް ފުންމާލުމަށްފަހު ދެއަތާއި ދެފައި ހައްޔަރު ކޮށްލިއެވެ. އެއްވެސް ގޮތަކަށް ތިއާއަށް ގުޑާ ނުލެވޭނެގޮތަށް ދާލިޔާންގެ ހަތަރެސްފައިގެ ހުނަރު ދައްކާލިއެވެ. ހަމައެކަނި ސަލާމަތުން އޮތީ ބޯ ކަމަށްވާތީ ތިއާގެ ކަނދުރާއާއި ކޮނޑާއި ދޭތެރޭގައި ދާލިޔާންގެ ތުންބުޅި ކާއްތާލިއެވެ. ގިނަ އިރެއްނުވެ ލޯބީގެ މިއުޒިކަށް ތިއާގެ ހަށިގަނޑު ހަރަކާތްކޮށްލިއެވެ. އެއާއެކު އަނެއްކާވެސް ފޯނު ރިންގްވާންފެށިއެވެ.
މިފަހަރު ފޯނު ފެނުނީ ދާލިޔާން އަށެވެ. ވެގެން އުޅޭގޮތް އެނގުނީ ސްކްރީން ފެނުމުންނެވެ. އެއާއެކު ދާލިޔާންގެ ހިނިގަނޑު ކޮންޓްރޯލް ނުކުރެވިގެން ގޮސް ތިއާގެ ގައި މައްޗަށް މުޅި ހަށިގަނޑުގެ ބާރު ދޫކޮށްލެވުނެވެ. ދާލިޔާންގެ ހަށިގަނޑުގެ ބަރުކަމުން ، ތިއާ ހާސްވެގެން ތެޅިފޮޅެން މެށުމުން ދާލިޔާން ތެދުވިއެވެ. އަދި ފޯނު ނެގިއެވެ.

" ދަރިފުޅާ..! މަންމައޭމީ..! ލަންޗް ރެޑީ އިނގޭ..! ދަރިފުޅުމެންނާ އެއްކޮށްނޯ ބައްޕަވެސް ކާނީ..!"
އަލައިނާގެ އަޑުގައި އުފާވެރިކަންވިއެވެ.

" މާ ލޯބި ނަމެއްގައި ސޭވްކޮށްފައި އޮތީމަދޯ ތި އަނިޔާކުރަނީ...؟ ޕްރިންސެސް ތިއުޅެނީ މަގޭ ފޯނު ހިފައިގެން..! ދެން ވާނީ މިކަހަލަ މޮޅެތި ކަންތައް.! މީ މަންމަގެ ފޯނު...! މަންމަ އެ ގުޅީ ބައްޕަގެ ފޯނުން!.. ސޯ.. މަންމަގެ ' މައި ލަވް' އަކީ ބައްޕަ..! "
ބާލީހުގައި ބައްދާލަމުން ދާލިޔާން ބުނެލިއެވެ.

" ކޮން އިރަކު ތިއާ ގެންދިޔައީ...؟ ތިއާ ގުޅާ ގުޅާވެސް ފޯނެއް ނުނަގަމެއްނުން..؟"
ތިއާ ހައިރާންވިއެވެ.

" ފޯނު ވާނީ ޕްރިންސެސް ކާރު ތެރޭގައި...! އޭތި ނޭންގެ ފުނޑުފުނޑު ނުވާކަމެއްވެސް..!"
ދާލިޔާންގެ ފޯނުވީތަން ތިއާއަށް ބުނެދިނެވެ. އެއާއެކު ތިއާ ލަދުގަތީ ދެންމެއަކު ކަންތައްކުރެވުނު ގޮތުންނެވެ.

" ހޫމްމްމްމް... އެންގްރީ ބާޑް ދޯ...! ޖެހިޖެހީނުން ފޯނުގެ ދުވަސް ދުއްވާލާފައިދޯ ތިއުޅެނީ..! "
ތިއާ ދާލިޔާންއާއި ދިމާކޮށްލިއެވެ.

-- ނުނިމޭ --

ގުޅުންހުރި
ހަހަރު
11 ސެޕްޓެމްބަރ 2017
ހަހަރު
10 ސެޕްޓެމްބަރ 2017
ހަހަރު
8 ސެޕްޓެމްބަރ 2017
ހިޔާލު

ގުޅުންހުރި
ޒީ
އަބަދުވެސް ދިވެހި ވާހަކަ ތަކުގަ އުޅޭނީ ހޫރުލް އީނުން ފަދަ ރީތި ކުދިން... ޕާރފެކްޓު ވާނެ... ތިއާ އަކީ އަޚްލާގު ރަނގަޅު ކުއްޖެކޯ، އެކަމަކު ބަލާ އެހެރަ އުޅޭ ގޮތެއް.. ހަނީން މެންނަކަށް ދޫ ނުކުރޭ. ރީތި ގޮތުގަ އިނދެގެން ކަންކުރެވެން އޮއްވާ ކޮން ސަކަރާތެއްތަ މި ދެމީހުން މި ގަންނަނީ😡
ޙަސް
ދެން ކީކުރަން އިންނަނީ ހުރިހާކަމެއް އެބަ ވެއެއްނު ހަނީން މެންނެކޭ ތިއާ އެކޭ އެއްގޮތް ދޯ
ނާޔާ
މިހާ ބޮޑަށް ތަފްސީލު ނުކުރި ނަމަވެސް ވާހަކަ ލިޔެވުނީސްދޯ.. ކަމަކު ނުދޭ 😡
މަލް
ހަހަރުގެ މާނައަކީ މިއީ.. އެހެންވީމަ ވާހަކައިގަ އޮންނާނެ ދޯ މިކަހަލަ ވާހަކަ
އަހަރެން
އަހަރެންވެސް މިހާރު މި ކިޔާ ހިތް ކެނޑިއްޖެ. ހޮޑުލަވާ ގޮތެއް ހުންނަނީ.. ބައެއް ތަންތަން ކިޔަންވެސް ނުކެރޭ... އަދި ނަމާދަށްވެސް އެބަ އަރުވައޭ މާ ރަނގަޅުކުރަން. މީ ދިވެހި މުޖުތަމަޢާ ނުގުޅޭ ބޭއަދަބީ ވާހަކަ އެއް. ދިވެހި ޕޯން ސްޓޯރީ...
ހަމް
މި ވާހަކާގައި މިނޫން ކަމެއް ނޯވޭ. ތިއާ އެއީ އެހާ ރަނގަޅު އަންހެނެއްނަމަ އެހެން އުޅޭތަ. އަސްލުވެސް ފޫހި،
ޕްރިންސެސް
މި ދެމީހުން މައިންބަފައިން ކުރިމަތީ ރޫމަށް ވަންނަންވެސް ލަދުނުގަތްދޯ!... ފޫހި ތިއާ / ދާލިޔާން

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]