54 Wakeelunge Suspension, Dhen Vaanee Kihineh?
vfp.mv
HM
HM
54 ވަކީލުންގެ ސަސްޕެންޝަން، ދެން ވާނީ ކިހިނެއް؟
inage
ޕެޓިޝަންގައި ސޮއި ކުރި ބައެއް ވަކީލުން---
  ޚިޔާލު | | 11 ސެޕްޓެމްބަރ 2017 | 2 ކޮމެންޓް
ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކެއް ފާހަގަކޮށް 56 ވަކީލަކު ސްޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަން އެ ކޯޓުން ބަލައިގަނެފައެއް ނުވެއެވެ. ވަކީލުން ވަނީ އެ ޕެޓިޝަން މީޑިއާތަކާއި ހިއްސާކޮށްފައެވެ. ޝަރުއީ ދާއިރާއާއި މެދު ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އަދި އެ ކަންކަން އިސްލާހު ކުރަން އެކަށިގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެފައިވެއެވެ. ސްޕްރީމް ކޯޓުން އެ ޕެޓިޝަން ބަލައި ނުގަތުމުން ވަކީލުން ވަނީ އިއްޔެ އެ ޕެޓިޝަން ބަނޑާރަ ނައިބު މުހައްމަދު އަނިލްއަށް އަރުވާފައެވެ. thegardens
ޕެޓިޝަންގައި ސޮއި ކުރި ވަކީލުންގެ ތެރޭގައި ތިއްބެވީ މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ކޯޓުތަކުގައި އާއްމުކޮށް ވަކާލާތު ކުރައްވާ ވަކީލުންނެވެ. އަދި މިވަގުތު ކޯޓުތަކުގައި ހިންގަމުންދާ ހައި ޕްރޮފައިލް ގިނަ މައްސަލަތަކުގައި ވެސް ވަކާލާތު ކުރާ ވަކީލުންނެވެ. ސަސްޕެންޝަނާއެކު އެ މައްސަލަތަކަށް ބުރޫ އަރާނެއެވެ. އެ މައްސަލަތައް އެކަންޏެއް ނޫނެނެވެ. ގިނަ މައްސަލަތަކަކަށް ހުއްޓުން އަންނާނެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

"ކްރިމިނަލް ކޯޓުގައި ރަޖިސްޓަކޮސްގެން ވަކާލާތު ކުރާ ތިބީ 172 ވަކީލުން. އޭގެތެރެއިން ގިނަ ވަކީލުން ޕެޓިޝަންގައި ސޮއި ކުރި. ކޯޓުގައި ހިންގަމުންދާ ހުރިހާ މައްސަލަތަކާ މެދު ދެން ހަދާނީ ކިހިނެއް؟ އަނެއްކާ ވެސް މައްސަލަތައް ހުއްޓޭނެ. ހިންގުމަށް ބުރޫއަރާނެ،" ޕެޓިޝަންގައި ސޮއި ކުރި ވަކީލަކު ވިދާޅުވިއެވެ.

"ގާނޫނު އުގޫބާތު ބުނާ ގޮތުން ވަކީލަކު ބޭނުންވާ ނަމަ އެމީހަކަށް އެމީހަކު ބޭނުންވާ ވަކީލަކާއެކު މައްސަލައާއިގެން ކުރިއަށްދާން ފުރުސަތު ލިބެން ޖެހޭނެ. އެހެންވީމަ ވަކީލުން ހޯދަން ގިނަ ދުވަސް ވެސް ނަގާނެ،" ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައިވާ ވަކީލަކު ވިދާޅުވިއެވެ.

ޕެޓިޝަންގައި ސޮއި ކުރި ވަކީލުންގެ ތެރެއިން ގިނަ ވަކީލުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. "ތިބޭނެ ފަހަތަށް ޖެހޭނެ ވަކީލުން ވެސް. އެކަމަކު ސޮއިކޮށްފައި އެ ތިއްބެވީ ހަމަ ޔަގީނުން ވެސް އެ ބޭފުޅުންނަށް މަޖުބޫރު ކަމެއް ނެތި. އެހެންވީމަ އެ ބޭފުޅުންގެ ޒަމީރު ގަބޫލު ކުރާ ނަމަ ފަހަތަށް ޖެހެންވީ،" ޕެޓިޝަންގައި ސޮއި ކުރި ވަކީލަކު ވިދާޅުވިއެވެ.

ސޮއި ކުރި 56 ވަކީލުންގެ ތެރެއިން 54 ސަސްޕެންޑު ކުރި އިރު ވަކީލުން ދިޔައީ ދުސްތޫރީ ފަސާނާގެ ނަމުގައި ޓޯކް ޝޯއަކާއި ވަކީލުން ފެށި މަސައްކަތާ ގުޅުން ހުރި އެހެން ބައެއް ކަންތައްތައް ވެސް ރާވަމުންނެވެ.

ވަކީލުންގެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ކުރީގެ ބަނޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ ސްޕްރީމް ކޯޓުގެ އަމަލު ކުށްވެރި ކުރައްވާ ކަމަށެވެ.

"ފިޔަވަޅު އެޅި ޖަވާބުދާރީވާން ވެސް ފުރުސަތު ނުދީ. އަދުލު އިންސާފުގެ އެންމެ މައިގަނޑު އެއް ސިފައަކީ އެމީހާގެ ހައްގަށް ހުރަސް އެޅޭ ނަމަ ޖަވާބުދާރީވާން ފުރުސަތު ދިނުން،" ސުއޫދު ވިދާޅުވިއެވެ.
ގުޅުންހުރި
"ބައެއް ވަކީލުންގެ ސަސްޕެންޝަން އުވާލާފައި ނުވަނީ ނުރުހޭތީ"
10 އޮކްޓޯބަރ 2017
ވަކީލުންގެ ސަސްޕެންޝަނާ މެދު އދއިން ވެސް ކަންބޮޑުވުން ފާޅުކޮށްފި
9 އޮކްޓޯބަރ 2017
މައްލާ ގޯލުގެ މަފްހޫމް
8 އޮކްޓޯބަރ 2017
ވަކީލުންގެ ސަސްޕެންޝަން އުވާލުމުގައި އަމަލު ކުރާ އުސޫލު ހޯދަން އެދިއްޖެ
3 އޮކްޓޯބަރ 2017
ހިޔާލު

ޕޮގުބާ
ވާނެކަމެއްވެސް ކުރެވޭނެކަމެއްވެސް ހަދާނެ ގޮތެއްވެސް ހެދޭނެގޮތެއްވެސް ނެތް ދިވެހިބަހުންނަމަ ތެޅިތެޅި ތިބެ
ޏ ސިޓީއުރަ
ދެންު އަމުރުއަންނާނީ ހުރިހާވަކީލުންގެމައްޗަށް ރިޝްވަތުދިންކަމަށާއި ރިޝްވަތުދޭންއުޅުނުކަމަށާއި ރިޝްވަތުބުއިކަމުގެދައުވާކޮށް ޓެރެރިޒަމްގާނޫނޫގެއަރިމަތިން ދައުވާކޮށް ކޮންމެވެސްދިގުމުއްދަތަކަށް ޖަލަށްލާނީ ،،،،

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]