Kudakudhin naai Maabandu Meehun Govaigen Mimagun Dhuvaairu Samaalu vaathi!
vfp.mv
VFPBAAZAARU
MIB
MIB
ކުޑަކުދިންނާއި މާބަނޑު މީހުން ގޮވައިގެން މިމަގުން ދުއްވާއިރު ސަމާލުވާތި!
inage
މަގު ހަލާކުވެފައި
  ޚިޔާލު | | 8 ސެޕްޓެމްބަރ 2017 | 22 ކޮމެންޓް
މިއީ ކަނބާއައިސާރަނި ހިނގުމުގެ މަޖީދީ މަގުން އުތުރަށް ވީ ބައެވެ. މާފަންނު މަދަރުސާ ސަރަހައްދުން ފެށިގެން ވެސްޕާކާއި ހަމައަށް އޮންނަ ސަރަހައްދެވެ. kobadoctor
މިސަރަހައްދުގެ މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު މާބަނޑު އަންހެނުންނާއި ތުއްތު ކުދިން ގޮވައިގެން މިސަރަހައްދުން ދުއްވުމަކީ ރަށްކާތެރި ކަމެއް ނޫނެވެ.

މި ސަރަހައްދުގައި އުޅޭ ބައެއް މީހުންބުނީ އެ ސަރަހައްދުގެ މަގު ހަލާކުވެފައިވާލެއް ބޮޑުވުމުން ބައެއް ފަހަރު ސައިކަލުގައިދާ މީހުންނަށް އަނިޔާވެފައިވާ ކަމަށާއި ދެކޮޅަށް ދުއްވާ މަގަކަށް ވެފައި ހެވީ ވެހިކަލްތައްވެސް އެމަގުން ދުއްވާތީ އާއްމުކޮށް އެމަގުން ދަތުރު ކުރުމުގައި ސަމާލުވާން ޖެހޭ ކަމުގައެވެ.މަގު މަރާމާތު ނުކުރާތާ ހައެއްކަ އަހަރު ވެފައިވާއިރު މަގު އެހާބޮޑަށް ހަލާކުވެފައިވަނީ ރަސްފަންނު ހެދުމަށްފަހު ކޮންޓެއިނަރ އުފުލާ އުޅަނދު ފަހަރު ފަދަ ބޮޑެތި ވެހިކަލްތައް އާއްމުކޮށް އެމަގުން ދަތުރުކުރަން ފެށުމުން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މަގުގެ ބައެއް ސަރަހައްދު ތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައިވާއިރު ބައެއް ސަރަހައްދުތައް ހަލާކުވެ މަގުގެ އާއްމު ލެވަލަށްވުރެ ފޫޓަކަށްވުރެ ފުންކޮށް ވަޅުގަނޑުތައް ވަނީ ހެދިފައެވެ.

ގުޅުންހުރި
ވެށިފަހި މާލެ މަޝްރޫއު އަލުން ފަށާނަން: އިބޫ
15 އޯގަސްޓު 2018
ކޮޅިގަނޑުގައި ބ ޖަމާލުއްދީން ތެރޭހުރި ގަހެއް ވެއްޓިއްޖެ
14 އޯގަސްޓު 2018
ޕާކިންއާއި ޓްރެފިކަށް އިބޫގެ ތިން ހައްލެއް
4 އޯގަސްޓު 2018
މާލޭ ސިޓީގެ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ވެއްޓި މީހަކު މަރުވެއްޖެ
4 އޯގަސްޓު 2018
ހިޔާލު

ގުޅުންހުރި
ރަސްރަނި
ރައްޔިތުންނަށް ވާ ގެއްލުމުގެ ބަދަލު ހައުސިން މިނިސްޓަރު މުއިއްޒު ދޭންޖެހޭ!
އަސޭލާ
ތިހުރިހާ ކަމެއްވެސް ރަނގަޅުވާނެ. 2018 އަށް ހުރިހާ ރައްޔިތުންވެސް ތައްޔާރުވޭ.
ޗަންކީ
ޙަބަރު ރަނގަޅު. މިގޮތައް ހަބަރު ލިޔުމުން އެކަންކަން ރަނގަޅުވެފަވެސް އެބަހުރި.
ހާސަރު
ތިއީ ހައްތަހާވެސް މުއިއްޒުވެފާ ހުރި މަގު!
މުއިއްޒު
މާބާނޑު އަންހެނުންނާއި ކުޑަކުދީން އުޅެނީ ހަމައެކަނި މާލޭގަތަ؟ އަތޮޅުތެރޭ ގިނަ ރަށްތަކުގެ މަގުތަކުގެ ހާލު ތިޔަށް ވުރެ ދެރަ. ބަލަ މާލޭގަ އެކަނި ތަ އިންސާނުން ދިރިއުޅެނީ؟ ހަބަރެއް ހަދާފަ ލިޔަން ވީނު މާލެއެއް ނޫނަކަސް؟؟
ޮސޮއްޕެ
ތީ ބަދަ ގުޑާ މަގު
އަހުމަދު
ސިޓީ ކައުންސިލް އިންނަ މަގު ވީމަ ޖެއްސުމަށް
ހައްޤުބަސް
އަތޮޅުތަކުގެ ގިނަރަށްތަކުގެ ހާލު މާ ބޮޑު..ސަރުކާރުން މަގު ހަދާއިރު ބޮޑެތި އަދި ވެހިކަލް ގިނަ ރަށްތަކަށް އިސްކަން ނުދީ ނަލަނީ އަތޮޅުވެރިކަން ކުރާ ރަށްތަކުގެ މަގުތައް ހެދޭތޯ... އަތޮޅުވެރިކަން ކުރާ ރަށްތަކުގެ ތެރޭގަ ގިނައީ 2000 ހަމަ ނުވާ އާބާދީތައް 5 ކައުންސިލަރުން އިންތިހާބު ކުރަންޖެހޭ 8 ރަށް ވަރު އުޅެނީ.. ބިން ބޮޑު ކުރެވެން ނެތް ކުދިކުދި ހަކޮށިތަކުގަ ވެސް ތާރުއެބަ އަޅާ އަތޮޅުވެރިކަން ކުރާތީޔޯލަ.. ޕްލޭނެއް ނެތް ސިޔާސަތުގެ ދޯހަޅިކަން މިއިން އެނގެނީ.. އަތޮޅުތަކުގަ ވެގިކަލް ގިނަ އާބާދީ ބޮޑު އަދި ބިން ބޮޑު ކުރެވޭނެ ކަހަލަ ރަށްތަކަށް އިސްކަން ދިނުން މުހިންމު
ރާޒީ
ތީ ރޯޑް ކޯޕަރޭޝަންގެ މައްސަލަ އެއް ހައުސިންގެ މައްސަަލަ އެއް ނޫން ޕޕޕޕޕޕޕޕޕޕޕޕ
ވިންޑޯޒްސުމެއް
ކ އަތޮޅު މާލޭގަ ވިއްސާރަ ދުވަސްވަރު ފައިގެ ކުޑަހުޅާހަމައަށް ފެންހުންނަ ވަޅުގަނޑެއް ހެދުނީމަ ނޫހުގެ ފަލަސުރުހީ، މިރަށުގަ ވިއްސާރަދުވަސްވަރު ހެދިފަ ހުންނަ ވަޅުގަނޑުތަކުގަ ކުޑަކުދިން ކީއްކުރަން މާބަނޑު އަންހެނުންވެސް އިސްކޮޅު ނުޖެހޭ، ކަލޭމެން މާލޭ ގޭގެ ކުޑަދޮރުން ބޯދިއްކޮށްފަ ފެންނަ ކޮންމެ އެއްޗެއް ހަބަރަކަށް ހަދައިގެން ލިޔަނީ.
މީމް އަހުމަދު
ހަބަރު ލިޔަން ޖެހޭތީ ކޮންމެވެސް އެއްޗެއް ލިޔެލަނީ..
ރައްފުށު
ޢަހަރެމެން ރަށު ބޮޑު މަގުގެ ހާލަތު ތިއައްވުރެން ހާލުބޮޑު...، ލިޔުނު ބޭފުޅާ މިފަހަރު ބޮޑުއީދު ހޭދަކުރީ މާލޭގަ ދެއްތޯ...؟. މާލެ މާލެ އަބަދު މާލެ އަހަރެމެން ރައްވެސް މިގޮތައް ހަދާ މި ހިދުމަތްތައް ލިބޭނަމަ އަހަރެމެން މާލެ ނައިސް އުޅެފާނަން
ސައްޕޭ
އެއްކަލަ ފޫނެތް ނާށީން ފެންވަރުވާ މުޢީޒު ކާރީގައި ތިވާހަކަބުނެފިއްޔާ ރަގަޅުވާނެ. އެއިރުން އޭނާ މާދަމާ މަގުހައްދާނެ ދެދުވަސް ފަހުން ހަލާކުވާނެ، ސީދާ ބަޔަކަށް ލާރިގަޑެއްދޭން ވެގެން ކުރުވާކަމަކާ އެއްމެވައްތަރީ
މާފަންނު ބޮޑުހިލަ
ތިޔައީ ނޫހުގާވެސް ޖަހަން ލަސްވެފައި އޮންނަ ތަނެއްގެ ހުރިހާ ކޮންޓީނާ އުފުލާ އުޅަނދުތައް ހަލާކުރާ މަހެއް ތީ! މުއިއްޒު ނޫޅޭ މިތަން ހަދާކަށް އަދި މިތަން ފެންނަ ސަރުކާރުގެ ގެރިއެއްވެސް ނެތް! މުޅި މަގު ދެފަރާތުގައި 4 ޓަނުގެ ވެހިކަލް ކީއްތޯ ވަނީ ބިންގަނޑު އެއްވަރު ކޮއްލާފައި ރީތިކޮށް ގާއަތުރާލަ ދިނީވިއްޔާ؟
ކޯޓްއަމުރު
މިހިދުން މިހަދަށް މަގު ރަނގަޅު ހާލަތަކަށް ގެނައުމަށް އެމްއާރްޑީސީ ގެ މަށްޗައް އަމުރުކޮށްފީމެވެ. ކކބކ. ކޯޓްއަމުރު
ވެދުން
ތިއަށްވުރެހާލުގަ ވަރަށްގިނަރައްތަކުގެ މަގުތައްހުރީ... އެހަބަރުތަކާ ފޮޓޯތައް ލަނީ ކޮންތާކަށް ...
މަގުމަތި
ކޮންމެ ކަމެއްގަ މިނިސްޓަރު މިނިސްޓަރު ނުނީ ހައުސިންގ މިނިސްޓްރީ ސާބަސް......
ހިޔާލު
ރާއްޖޭގެ ގިނަ ރަށް ރަށުގެ މަގު ތިމަގަށް ވުރެ ވަޅުގިނަ ، ހަމަ ހަބަރު ހަދާފަ ލިޔަންވީނުން
ހުވަދު
ބޮޑެތި ހެވީވެހިކަލްތައް ދުއްވާތީ ބޭރު ޤައުމު ތަކުގެ މަގުތަކުގައި ތާރުއަޅަނީ، ނަމަވެސް މާލޭގައި އަތުރަނީ ސިމެންތިގާ. ކީއްކުރާނީ ވިސްނުމުގެ މައްސަލައެއް
ވާލޭ
ހައުސިންގ މިނިސްޓަރަކަށް މުއިއްޒު އެރިފަހުން ތި މަގެއް މަރާމާތެއް ނުކުރޭ
ރުމާލު101
ވެސްޓްޕާކްގަ ހަދާ ޕީޕީއެމް ޖަގަހަ ހަދާ ނިމުނީމަ އިއްޒަތްތެރިން ތިމަގުން އާއްމުކޮށް ވަޑައިގަންނަވާނެ، އޭރުން މަގު ވަރަށް ރަނގަޅު ފެންވަރަކަށް ހަދާނެކަމަށް ބެލެވޭ
ރަސްފަންނު
ތިއީ ހައުސިން މިނިސްޓްރީގެ މެންޑޭޓުގެ ތެރޭ ހިމެނޭ މަގެއްނޫން، ތި މަގާ އެންމެ ކައިރީ ހައުސިން މިނިސްޓްރީ އެއް ނޫން މާފަންނު މަދަރުސާ، އެހެންވީމަ ތި މަގުތީ މާފަންނު މަދަރުސާގެ މެންޑޭޓުގެ ތެރޭ ހިމެނޭ މަގެއް

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]