Hajj Kuri Anhenun ge adhadhu Million akah araifi
vfp.mv
HM
HM
ހައްޖުކުރި އަންހެނުންގެ އަދަދު މިލިއަން އަކަށް އަރައިފި
inage
މިއަހަރުގެ ހައޖުގެ އަޅުކަމުގެ ތެރެއިން
  ދީން | މެދުއިރުމަތި | 8 ސެޕްޓެމްބަރ 2017 | 0 ކޮމެންޓް
ހައްޖުކުރި އަންހެނުންގެ އަދަދު ފުރަތަމަ ފަހަކަށް މިއަހަރު މިލިއަނަކަށް އަރާފައިވާކަމަށް ސައުދީ ބައެއް މީޑިއާތަކުން ހަބަރު ފަތުރައިފިއެވެ. thegardens
މިއަހަރުގެ ހައްޖު މޫސުމުގައި 1.3 މިލިއަން މުސްލިމުން ހައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު، އޭގެ ތެރެއިން 1,018,042 ހައްޖުވެރިންނަކީ އަންހެނުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި 1,334,080 ވެރިންނަކީ ފިރިހެނުން ކަމަށް ވާއިރު މިއީ ހަޖުގެ އަޅުކަން އަދާކުރި އަންހެނުންގެ އަދަދު މިލިއަނަކަށް އެރި ފުރަތަމަ ފަހަރު ކަމަށްވެސް ބައެއް މީޑިއާ ތަކުގައި ބުނެފައިވެއެވެ.

މިއަހަރުގެ ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާއިން ބޭރުން އެހެން ޤައުމުތަކުން 1,752,014 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު ސައުދީންވަނީ 600,108 ހައްޖުވެރިން ހައްޖުގެ އަޅުގަން އަދާ ކޮށްފައެވެ.

މިއަހަރުގެ ހަށްޖަށް އެންމެ ގިނަ އިން މީހުން ގޮސްފައިވަނީ އޭޝިއާ ސަރަހައްދުންނެވެ. އެއީ 1,042,335 މިލިއަން ހައްޖުވެރިންނެވެ. އެފްރިކާ ސަރަހައްދުން 186,873 ހައްޖުވެރިން ހައްޖަށް ގޮސްފައި ވެއެވެ.

އަދި ޔޫރަޕުން 84,894 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު ސައުތު އެމެރިކާއާއި ނޯތް އެމެރިކާ ބައްރުން 22,268 ހައްޖުވެރިންނަވީ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ.

މީގެ އިތުރުން އަރަބި ޤައުމުތަކުން 383,044 ހައްޖުވެރިން މިފަހަރު ހަށްޖަށް ސިޔައިރު ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ ޤައުމުތަކުން ހައްޖަށް ގޮސްފައިވަނީ 32,600 ހައްޖާޖީން ނެވެ.
ގުޅުންހުރި
އެހެން އެއާލައިންތަކުން ހައްޖާ އުމްރާއަށްދާ މީހުންނަށް ވެސް ވިސާ ދެނީ
29 އޮކްޓޯބަރ 2017
ހައްޖާ އުމްރާއަށް ސައުދީ އެއާލައިނުން އެކަނި ދެވޭ ގޮތް ހެދުމުން ބޮޑެތި ގެއްލުންތަކެއް!
26 އޮކްޓޯބަރ 2017
ހައްޖު މޫސުމުގައި 30 މިލިއަން ކިއުބިކް މީޓަރުގެ ފެން ބޭނުންކުރެވުނު!
7 ސެޕްޓެމްބަރ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]