Raees Yameen ge Verikamuge Maafushi Jail ge mi 2 Photo Dhushin tha?
vfp.mv
VFPBAAZAARU
MIB
MIB
ރައީސް ޔާމީނުގެ ވެރިކަމުގެ މާފުށީ ޖަލުގެ މި ދެ ފޮޓޯ ދުށިންތަ؟
inage
ރައީސް ނަޝީދުގެ އާއިލީ ބޭފުޅުން ޖަލަށް ވަޑައިގަންނަވަނީ
  ޚިޔާލު | ސިޔާސީ | 4 ސެޕްޓެމްބަރ 2017 | 16 ކޮމެންޓް
މަތީގައި އެވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރެވުނު 13 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނު ޖަލުގައި ހޭދަކުރެއްވި އިރު، އެމަނިކުފާނުގެ އާއިލީ ބޭފުޅުން އެމަނިކުފަނަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން ނަގާފައިވާ ފޮޓޮއެކެވެ. muni
ނަމަވެސް ސުރުހީ އަޅާމިލަނީ އެ ފޮޓޮއަކަށް ނޫނެވެ. ތިރީގައި އެވާ ދެ ފޮޓޮއަށެވެ. ތިރީގައި އެވާ ފުރަތަމަ ފޮޓޮއަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު މާފުށީ ޖަލަށް ރައީސް ނަޝީދުގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ފޮޓޮއެކެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ ކްރިމިނަލް ކޯޓްގެ ކުރީގެ އިސްޤާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައެވެ.

ނަމަވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ރައީސް ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތުގައެވެ. ރައީސް ނަޝީދު އާއްމުކޮށް ދިރިއުޅުއްވަނީ އިނގިރޭސި ވިލާތާއި ސްރީލަންކާގައެވެ.

ދެވަނަ ފޮޓޮއަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ރާއްޖޭގެ ކުރީގެ ފަސްޓްލޭޑީ މެޑަމް ނަސްރީނާ އިބްރާހިމް ދާދިފަހުން މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ނަގާފައިވާ ފޮޓޮއެކެވެ. ދެބޭފުޅުން ޖަލަށް ވަޑައިގެންނެނީ ޖަލުގައި ބަންދުކޮށްފައިވާ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫނުގެ އަރިހަށެވެ.

ފާރިސް ހައްޔަރުކުރި ފަހުން މިއަދަށް 49 ދުވަސް ވާއިރު އެމައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް ނިންމާލާ ހުކުމެއް ނުކޮށް އޮންނަތާ މިއަދަށް 26 ދުވަހެވެ.
ހިޔާލު

ޒަކަރިއްޔާ
ނޫސް ލިޔާމީހުންވެސް ވިސްނަނީ އެމީހަކަށް އެހެންމީހުންގެ ސަމާލުކަން ލިބޭނެކަމަށް ކަންކަންކުރުމަށް. ރާއްޖޭގެ ވެރިކަންކޮށްފައިވާ މީހުންނާއި ވެރިކަމާހެދި ދަންޖެހޭމީހުންގެ ފަރާތުގެ މީހަކު ޖަލަށް ލައިފިއްޔާ އެއީ މާބޮޑުކަމަކަށް ހަދައިގެން ނޫސްތައް ލިޔަނީ. ނިކަމެތި ރައްޔިތަކު ނުވަތަ ރައްޔިތެއްގެ ދަރިއަކު ޖަލަށްލިޔަސް އެވާހަކައެއް ނުލިޔާނެ. ހީވަނީ އެއީ އިންސާނުންކަމަށްވެސް މިމީހުން ނުބަލަނީހެން.
ނާށި
މަޢުމޫނައްވެސް މިހާރު ވިސްނޭނެ 30އ ވަންދެން މީހުގެ ދަރިންތައް ޖަލައްލައިގެ އޭމީހުގެ މައިން ބަފައި އެމީހުއްނާ ބައްދެލު ކުރަންއުޅު ހާލު.
މިންވަރު
ބަލަ މައުމޫނު ގެ ވެރިކަމުގައި މައުމޫނު ކިހާ އަނިޔާއެއް ކުރިތަ ކިތަކުދިންެ މައިން ބަފައިން ބައްދަލްކުރަން ބޭނުންވެ ނުކުރެވިވަނީ ގޯހެއްނޫ ބައެއްފަހަރު މިކަންކަން މަރުވުމުގެ ކުރިން ކޮށްފަވާ ބައެއްކަންތަށް ތަކުގެ ހިތިފެނިފަ ނިޔާވާމީހުންވެސް ތިބޭނޭ،
ވަރުގަދަމީހާ
ތިމަންޒަރު ދެކޭހިތުން ހުންނަތާ 25 އަހަރުވެއްޖެ ޝުކުރިއްޔާ ރައީސް ޔާމީން
ޕޮގުބާ
ކުއްކުރިޔަސް ޖަލަށް ނުލާންވީ ގަދަވިމީހަކު ގަދަވި ބަލިވިމީހަކު ބަލިވީ!!!! ތީތިދައްކާވާހަކަ ރާއްޖޭގަ ކުއްވެރިންގިނަވެފަ ކުއްކުރާމީހުން ގިނަވީމާ ގައުމު އަނދަވަޅަށް ވެއޓެނީ
ސިކުނޑި
ބަދަލު ހިފުން ހުށްޓާލަމާ. މިޤައުމެކޭ މިޔަންމާ އެކޭ ތަފާ ވަމާ ހިނގާ. ޖަލުތަކުގެ ގޮޅިތައް ވެސް ދުވާލުގެ އަލި ލިބޭނެހެން ވަގުތު އެނގޭނެހެން ބަދަލުކުރަމާ. ކޮންމެ ރައީސަކު، ވަޒީރަކު، މެމްބަރަކު ޖަލަށް ލެވުމުން އެކަން އިހުސާސުވެ އެކަން ފާހަގަކުރުމުގެ ބަދަލުގައި އިހުލާސްތެރިކަމާއެކު އެކަންކަން ރަނގަޅުކޮށްފައި ބަހަށްޓަވާ. ތިމާވެސް އެތަނަށް ދިޔުން ގާތް. އިންސާފެއް ނެތް ތަނެއްގައި ފުރުސަތު ބޮޑު.
ލެވެންޑަރ
އަދި ފެންނާނެ ފާތުމަ ވެސް ހަމަތިލޮކޭޝަނުން..އަދިއޭގެ ފަހުގައި ޔާމީނާއި ފާތުމަގެ ފެމިލީ މީހުން ވެސް ތިތަނުގައި ނަގާފައިވާ ފޮޓޯ ނޫސްތަކުން ފެންނާނެ....ވ ވާހަކަ
ދިވެހި ދަރިއެއް
ތިންވަނަ ފޮޓޯއެއްވެސް އިސާހިތަކު ފެނިދާނެ..
ޢާއިޝާ
ތިހަަމަ ވަރަށް ވާހަކަ މައުމޫނުގެ ދަރިވެސް އެހެން މީހުންގެ ދަރިން ޖަލަށްލީ ގޮތަށް އެއޮތީ ލާފަ
އަލިބެ
ފާރިސް މައްސަލަ ވެސް އެހެން މައްސަލަވެސް ދެން ނިމިދާނެ. ހައިކޯޓުގެ ދެކުނުގެނެސް ބޭނުންގޮތަށް ނިންމޭގޮތަށް މިހާރު އެ ރެޑީވީ. ފާރިސް މައްސަލަވެސް ނުނިމިގެން އުޅެނީ އިންސާފުން ނިމެންއުޅޭތީ.
ތެދެއް
ނޫސްވެރިޔާ ވަރަށް ވާހަކަ ދައްކަން އުޅެފަ ނުކެރިފަ ހުރި ފާޑެއް ޖަހަނީ
މަސްދަރު
ނޫސްވެރިއާ އަސްލު ބުންނަ އުޅެފަ އޮތް އެއްޗެސް ސާފެއް ނުވޭ، ހިތްވަރު ހުރެގެން އުޅެބަލަ
ތަރަހަ
ތެދު ފުޅެއް. ވަރަށް ވާހަކަ ހަމަ.މީހުނަށް.. އެދުވަސް އެނބުރި އައިއްސް އެއޮތީ
ޝުހުރު
މިއީ ފެންނަން ހުރި ބޮޑު އިބްރަތެކެވެ. މިކަމުން އިބުރަތް ލިބިގަންނާށެވެ. އަތު ޖެހުނުހައި އެއްޗެއް ކާލައިގެން މިއަދު އުޅުނަސް މާދަމާ ޖަލަށް ދާން ޖެހިދާނެއެވެ. ވިސްނާ ވިސްނާ
ކުރިނބީ އަލީ
ދައްކަވަން ހުރި ތަކެއް ދައްކަވާފަ ގެންދަވާނީ
ނަސީރު
އަޅުގަނޑަށް ފެންނަ ފެނުމުގައި މިއީ ވަރަށް ގިނަ ވާހަކަ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]