Banduhaivegen Hure Mikankan Nukurachey!
vfp.mv
HM
HM
ބަނޑުހައިވެގެން ހުރެ މިކަންކަން ނުކުރައްޗޭ!
inage
  ފޭޑި | ސިއްހަތު | 1 ސެޕްޓެމްބަރ 2017 | 1 ކޮމެންޓް
އެނގޭ ހެއްޔެެވެ؟ ހުސްބަނޑާ ހުރެ ނުވަތަ ބަނޑުހައިވެގެން ހުރެ ކޮށްގެން ނުވާނެ ކަންތައްތަކެއްވެސް ހުރެއެވެ.
ބައެއް މީހުންނަށް އެއީ އާދައިގެ ކަމެއް ކަމަށް ގަބޫލު ކުރެވުނު ނަމަވެސް މިއީ ވިސްނާލަން ޖެހޭ ކަންކަމެވެ.

މި ލިޔުމުގައި މި ބަލާލަނީ ހުސް ބަނޑާ ހުރެ ކޮށްގެން ނުވާނެ ބައެއް ކަންތައްތަކަށެވެ.

ނިދުން

ބަނޑުހައިވުމުންނާއި ލޯ ގުލްކޯޒް ލެވަލް އަކީ ނިދުމަށް ހުރަސް އަޅާ ކަންކަމެވެ. އަދި އަވަހަށް ހޭލުމަށް އަސަރު ކުރާ ކަންކަމެވެ. ނިދި މަދުވުމަކީވެސް ބަނޑުހައިވުމުގެ ހޯމޯންސް އިތުރުކޮށްދޭ ކަމެކެވެ.

ކަސްރަތުކުރުން

ހުސްބަނޑާ ހުރެ ކަސްރަތު ކުރުމުން ހަށިގަނޑުގެ ކެލޮރީތައް އަވަހަށް އަނދާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ނަމަވެސް އެއީ ތެދެއް ނޫނެވެ.

ހުސް ބަނޑާހުރެ ކަސްރަތު ކުރަން ފެށުމުން ނަތީޖާއަކަށްވެގެން ދާނީ ހަކަތަ ހުސްވެ މީހާ ވަރުބަލިވުމެވެ.

ވިޔަފާރިކުރުން

މިއީ ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެކެވެ. ބަނޑުހައިވެ ހުރެ ވިޔަފާރިކުރަން ގޮސްފިނަމަ، ތިމާއަށް ގިނައިން ގަނެވޭނީ ކާބޯތަކެއްޗެވެ. ގިނަ ފަހަރު އެފަދަ ކާބޯތަކެއްޗަކީ ހަށިގަނޑަށް އެންމެ ފައިދާހުރި ކާނާއެއް ނޫނެވެ.
ގުޅުންހުރި
އޮފީހަށް ދާން ފެށިފަހުން ބަރުދަން އިތުރުވޭތަ؟ މިކަންކަމަށް ސަމާލުވޭ!
31 އޯގަސްޓު 2017
މޭވާ ގަންނައިރު މި ކަންކަމަށް ސަމާލުވާތި
4 އޯގަސްޓު 2017
ސްމާޓްފޯނާއި ކުޅޭ ކުދިންގެ ނިދުމަށް އަސަރުކުރޭ: ދިރާސާ
16 އޭޕްރީލް 2017
ފަސްޓްލޭޑީގެ 3 މިލިއަން ޑޮލަރު އަނގޮއްޓިއަށް ގިނަބައެއްގެ ފާޑުކިއުން
5 އޭޕްރީލް 2017
ހިޔާލު

ގުޅުންހުރި
ައަލިބެ
ބަނޑުހައި ވެގެން ހުރެ އާޓިކަލް ލިޔުމަކީވެސް ރަނގަޅުކަމެއް ކަމަކަށްވެސް ނުފެނޭ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]