Kurunba Fen: Miee Hashigandah Varah Faidhaahuri Buimeh
vfp.mv
MIB
MIB
ކުރުނބާ ފެން: މިއީ ހަށިގަނޑަށް ވަރަށް ފައިދާހުރި ބުއިމެއް
inage
  ފޭޑި | ސިއްހަތު | 1 ސެޕްޓެމްބަރ 2017 | 0 ކޮމެންޓް
ކުރުނބާ ފެނަކީ، ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ އެއްޗެކެވެ. Dhiraagu
މޮޑެލް ކުރާ މީހުންނާއި މަޝްހޫރު އެތުލީޓުންވެސް ކުރުނބާ ފެން ބޭނުންކުރެއެވެ.

މި ލިޔުމުގައި މި ބަލާލަނީ ކުރުނބާ ފެނުން ލިބޭ ކުރުނބާ ފެނުން ލިބޭ ބައެއް ފައިދާތަކަށެވެ.

ހަކަތަ އިތުރުކޮށްދޭ

ކުރުނބާ ފެން ބުއިމުގެ ސަބަބުން ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދެއެވެ. ބައެއް އެތުލީޓުން ވަނީ ވޯކްއައުޓްގެ ކުރިންނާއި ވޯކްއައުޓްގެ ތެރެއިން އަދި ވޯކްއައުޓަށްފަހުވެސް ކުރުނބާ ފެން ބުއިމަށް ލަފާ ދީފައެވެ.

ބަރުދަން ލުއިކޮށްދޭ

ކުރުނބާ ފެނަކީ ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ބުއިމެކެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ކުރުނބާ ފެނަކީ "ލޯ-ކެލޮރީ" ބުއިމެކެވެ.

ހަމަޖު ކުރުމުގެ ނިޒާމަށް ރަނގަޅު ބުއިމެއް

ކުރުނބާ ފެނަކީ ހަމަޖު ކުރުމުގެ ނިޒާމަށްވެސް ރަނގަޅު ބުއިމެކެވެ. ވޯލްޑް ހެލްތު އޮގަނައިޒޭޝަން އިން ވަނީ ކުރުނބާ ފެނުގެ ސަބަބުން ކުޑަކުދިންގެ ޑައިރިއާއަށް ފަރުވާ ލިބިފައިވާ ކަން ހާމަކޮށްފައެވެ.

ލޭގެ ޕްރެޝަރު ދަށްކޮށްދޭ

ކުރުނބާ ފެނަކީ ލޭ މައްޗަށް ދާ ފަރާތްތަކަށްވެސް ފަރުވާއެކެވެ. ދިރާސާތަކުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ހަންގަނޑު އޮމާންކޮށްދޭ

ކުރުނބާ ފެނަކީ ހަންގަނޑަށްވެސް ރަނގަޅު އެއްޗެކެވެ. ކުރުނބާ ފެނުގެ ސަބަބުން ހަންގަނޑު އޮމާންކޮށްދެއެވެ. ކޮންމެ ދުވަހުވެސް މޫނުގައި ކުރުނބާ ފެން އުނގުޅާނަމަ އޭގެ ނަތީޖާ ފެންނާނެއެވެ.

ކަންބޮޑުވުން ދުރުކޮށްދޭ

ސްޓްރެސްގެ މައްސަލަ ކުރިމަތިވެފައިވާ ފަރާތްތަކަށް ކުރުނބާ ފެނަކީ ވަރަށް ރަނގަޅު ބުއިމެކެވެ. އޭގައި ހިމެނޭ ވިޓަމިންތަކުގެ ސަބަބުން މީހާގެ މޫޑު ރަނގަޅު ކޮށްދީ މީހާގެ ޕްރޮޑަކްޝަން އިތުރުކޮށްދެއެވެ.
ގުޅުންހުރި
ދޮންކެޔޮ، އެއްވަނާގެ މޭވާއެއް، އެއްވަނާގެ ކާނާއެއް!
8 ނޮވެންބަރ 2017
ބައިސްކަލް ދުއްވުން: ސިއްހަތަށް ގިނަ ފައިދާތަކެއް ލިބޭ
6 ނޮވެންބަރ 2017
ލޮލުގެ ފެނުން ރަނގަޅުކޮށް ލޯ ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންކަން
2 ނޮވެންބަރ 2017
ޑިޕްރެޝަނުން ސަލާމަތްވުމަށް ކެވިދާނެ ބައެއް ކާނާ
29 އޮކްޓޯބަރ 2017
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]