Kudhinge Thauleemah Huras Elhumuge Mahsala Midhiya Mahuves Hushahelhije
vfp.mv
VFPBAAZAARU
MIB
MIB
ކުދިންގެ ތައުލީމަށް ހުރަސް އެޅުމުގެ މައްސަލަ މިދިޔަ މަހުވެސް ހުށަހެޅިއްޖެ
inage
  ހަބަރު | އިޖުތިމާއީ | 29 އޯގަސްޓު 2017 | 0 ކޮމެންޓް
ކުޑަކުދިންގެ ތައުލީމަށް ހުރަސް އެޅުމުގެ މައްސަލަތައް މިދިޔަ ޖުލައި މަހުވެސް ހުށަހެޅިފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން ހާމަކޮށްފިއެވެ. muni
މިއަހަރުގެ ޖުލައި މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކާއި ގުޅޭ ތަފާސްހިސާބު ވަނީ ހާމަކޮށްފައެވެ. ތަފާސްހިސާބުގައިވާ ގޮތުން ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ ޖުމްލަ އަށް މައްސަލައެއް ޖުލައި މަހު ހުށަހެޅުނެވެ.

އޭގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ ތިން މައްސަލަ ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. އެ ބާވަތުގެ ފަސް މައްސަލަ މިދިޔަ ޖޫން މަހު ވަނީ އެ މިނިސްޓްރީއަށް ހުށަހެޅިފައެވެ.

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ވެކްސިން ނުދިނުމުގެ އެއް މައްސަލަ އާއި ސިއްހީ ފަރުވާއަށް ހުރަސްއެޅުން ނުވަތަ ނުދިނުމުގެ އެއް މައްސަލަ ޖުލައި މަހު ހުށަހެޅި އެ މައްސަލަތަކަށް ވަނީ އެޓެންޑްކުރެވިފައެވެ.

އޭގެ އިތުރުން ތައުލީމަށް ހުރަސް އެޅުމުގެ ތިން މައްސަ އަކާއި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ ދެ މައްސަލަ އާއި އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ މައްސަލައެއް ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމްކުރުމާ ގުޅޭ ނުވަ މައްސަލައެއް ޖޫން މަހުވެސް ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ.

އޭގެ ތެރޭގައި ސާފު ބޯފެނާއި ކަރަންޓު ފޯރުކޮށްނުދިނުމުގެ ދެ މައްސަލަ ހިމެނެއެވެ.
ގުޅުންހުރި
ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވާންޖެހޭ: މިނިސްޓަރ ޒެނީޝާ
15 އޯގަސްޓު 2018
ޖީއީއޭޕީ ތަންފީޒްކުރުމަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
15 އޯގަސްޓު 2018
ޖެންޑަރ މިނިސްޓްރީގެ ނައިބުގެ މަޤާމަށް ޑރ ސުނީނާ އައްޔަން ކުރައްވައިފި
2 އޯގަސްޓު 2018
ރަންގަލި ރިސޯޓުން ހިޔާގެ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ދެނީ
24 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]