Fahun Libunu Quota in 500 Quota Raees Ofeehuge Belumuge Dhashah
vfp.mv
MIB
MIB
ފަހުން ލިބުނު ކޯޓާއިން 500 ކޯޓާ ރައީސް އޮފީހުގެ ބެލުމުގެ ދަށަށް
inage
ފަހުން ލިބުނު ކޯޓާއިން 500 ކޯޓާ ހުރީ ރައީސް އޮފީހުގެ ބެލުމުގެ ދަށުގައި---
  ރިޕޯޓް | | 21 އޯގަސްޓު 2017 | 4 ކޮމެންޓް
މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ފަހުން ދިން އިތުރު 1000 ކޯޓާގެ ތެރެއިން 500 ކޯޓާގެ ކަންތައްތައް ރައީސް އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ނިންމައިފިއެވެ.
ފަހުން ދިން 1000 ކޯޓާގެ ތެރެއިން މިހާރުވަނީ 500 ކޯޓާ ހައްޖު ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ. އެ ކޯޓާގައި ދާން ބޭނުންވާ މީހުން ކުރިމަތިލުމަށް މިރޭ 10:00 ހަމައަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރައީސް އޮފީހުގެ ބެލުމުގެ ދަށުގައި ހުރި 500 ކޯޓާއަށް އަމަލު ކުރާނެ ގޮތެއް އަދި ހާމައެއް ނުކުރެއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވީއެފްޕީއަށް ވިދާޅުވީ އިތުރަށް ލިބުނު ކޯޓާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރައީސް އޮފީހުން ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު ފޯނު ނުނަންގަވާތީ ރައީސް އޮފީހުގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.

ވޭތުވެ ދިޔަ ދެ އަހަރު ވެސް ރާއްޖެއަށް އިތުރު 1000 ކޯޓާ ލިބިފައިވެއެވެ. އަދި އެ ކޯޓާތައް ލިބެނީ ސައުދީ ރަސްގެފާނުގެ ހާއްސަ ހުއްދައެއްގެ ދަށުން ސީދާ ރައީސް އޮފީހަށެވެ. ނަމަވެސް އެ 1000 ކޯޓާގެ ކަންކަން ވެސް ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

މިއަހަރު ރާއްޖެއަށް އިތުރު 1000 ކޯޓާ ލިބުނުކަން އެނގިފައިވަނީ އިއްޔެއެވެ. އެކޯޓާތައް ހަމަޖެހުނު އިރު މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ 1000 މީހުން މިހާރު ތިބީ ސައުދީ އަރަބިއްޔާއަށް ގޮހެވެ.

މިއަހަރު ފުރަތަމަ ލިބުނު 1000 ކޯޓާއަށް މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަދި ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ.
ގުޅުންހުރި
ހައްޖު މޫސުމުގައި 30 މިލިއަން ކިއުބިކް މީޓަރުގެ ފެން ބޭނުންކުރެވުނު!
7 ސެޕްޓެމްބަރ 2017
މިއަހަރު 1 މިލިއަނަށްވުރެ ގިނަ އަންހެނުން ހައްޖުގެ އަޅުކަން އަދާކުރި
7 ސެޕްޓެމްބަރ 2017
ހައްޖުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނީ މިފޮޓޯއަށްތަ؟
6 ސެޕްޓެމްބަރ 2017
ގެއްލުނު ދިވެހި ހުރިހާ ހައްޖުވެރިންވެސް ފެނިއްޖެ
4 ސެޕްޓެމްބަރ 2017
ހިޔާލު

ބޯމީން
އަޅުކަމެއްގެ ތެރެއަށް ނުބައިކަމެއް ވައްދަންއުޅޭތީ، އެކަމުގެ ތެރެއަށް ހެޔޮގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތައް ނުވަނުމަށް ނަޞީޙަތްތެރިވަމެވެ. އެ 500 ކޯޓާގަ ދާނެ މީހުން އެ އުރެންގެ ތެރެއިން ވާނެއެވެ. އެ މީހުން އެދަނީ ޙައްޖަކަށް ނޫނެވެ. އެކަމު ކިއެއްތަ އެ މީހުން 2018 އަށް ކެމްޕޭނު ކުރަނީއެވެ.
ފުނޯސް
ހައްޖު ދުވަހު އިއުލާން ނުކުރީ ކީއްވެތޯ؟ ރައީސް މީހާގެ ހެޔޮފުޅު ކަމާއި ދީލަތިކަން މިއީ. ރަގަޅަށް ގެންދެވޭ އެއްވެސް ކަމެއްވޭބާ؟
އަލީ
ރަސްގެފާނުޒަމާނުގަވެސް ހުރިހާ އިނާޔަތްތަކާ ފުރުސަތު ތަކެއް ލިބެން ހުންނާނީ ގަނޑުވަރުން
ކުޅުދުއްފުށީ އެއަރޕޯޓް
ގޯހެއް ނޫން ކޮންމެ ކަމެއްގައި ވެސް ކޮރަޕުސަން އޮއްނަން ވާނެ. ފާތުމަގެ ދީލަތި އެހީ އޭ ކިޔާފައި ބަހަން ފަށަން އުޅޭ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]