Diplomaa hedhi Kudhinthakakah Olhigen Eh Maahdhaa Kiyavai Nudhevi
vfp.mv
HM
HM
ޑިޕްލޮމާ ހެދި ކުދިންތަކަކަށް "އޮޅިގެން" އެއް މާއްދާ ކިޔަވައި ނުދެވި
inage
އެމްއެންޔޫ ކުޅުދުއްފުށި ކެމްޕަސް---ފޮޓޯ:ފޮޓޯ މެޖިކް
  ހަބަރު | އިޖުތިމާއީ | 19 އޯގަސްޓު 2017 | 11 ކޮމެންޓް
ހދ.ކުޅުދުއްފުށީ ކެމްޕަހުން ހިންގި ޑިޕްލޮމާ ކޯހެއްގައި ބައިވެރިވި ދަރިވަރުންނަށް ކޯސް ނިމުނު އިރު އެއް މާއްދާ ކިޔަވައި ނުދީ އޮތްކަން މިދިޔަ ހަފުތާ އަންގައިފިއެވެ. thegardens
ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމަޕަހުގައި ޑިޕްލޮމާ އިން ޓީޗިން އިސްލާމް ހެދި ކުދިންނަށް މިިދިޔަ ހަފުތާ ކިޔަވައިދޭން ޖެހޭ އެއް މާއްދާ ކިޔަވައި ނުދެވި އޮތް ކަން ޔުނިވާސިޓީން އެންގި އިރު އެ ކުދިން ތިބީ މިމަހުގެ 24 ވަނަ ދުވަހު ބާއްވާ ދަސްވެނިވުމުގެ ރަސްމިއްޔާތަށް މާލެ އައުމަށް ތައްޔާރު ވެގެންނެވެ.

"މިދިޔަ ހަފުތާ އެންގީ އިސްލާމިކް މެތަޑްސް ކިޔާ މާއްދާއެއް ކިޔަވައި ނުދެވިއޭ އޮތީ. މިހަފުތާގެ ބުރާސްފަތި ދުވަހު ގުރެޖުއޭޝަން މާލޭގައި އެބަ އޮތް. ރަސްމިއްޔާތަށް ދިއުމަށް ކުދިން ތިބީ ތައްޔާރު ވެގެން،" ވީއެފްޕީއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި އެކޯހުގައި ބައިވެރިވެފައިވަނީ ފަސް ކުއްޖެކެވެ.

"ނަތީޖާ ދައްކައިފި މިދިޔަ މޭމަހު. އޭރު ވެސް ނާންގާ އެއް މާއްދާ ކިޔަވައި ނުދެވިކަން އޮތީ. މާފަށް އެދިފަ އޮޅުނީ ކަމަށް އަންގާފައި އޮތީ. އެކަމަކު މިވީ ގޮތުން އަނެއްކާ އެ ކުދިންގެ ހަ މަސް ބޭކަރުވީ މި. ދެން އެ މާއްދާ ހަދައިގެން ގުރެޖުއޭޓު ވެވޭނީ އަންނަ އަހަރު،" ކުޅުދުއްފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި ހަބަރާއި ގުޅިގެން ޔުނިވާސިޓީގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ގުޅުންހުރި
ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް، އަންނަ އަހަރު ސްކޫލްތައް ޑިޖިޓަލައިޒް ކުރަނީ
15 ނޮވެންބަރ 2017
އުގައިލް ގެންގޮސްގެން ސުކޫލުތަކުގައި ދެމުން ދިޔަ ލެކްޗަތައް ހުއްޓުވައިފި
14 ނޮވެންބަރ 2017
ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 22 ދަރިވަރުން ފުރިހަމަކޮށްފި
9 ނޮވެންބަރ 2017
މަންދު ކޮލެޖުން ޖެނުއަރީގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
9 ނޮވެންބަރ 2017
ހިޔާލު

ކަމަނަ
ތީވާ ތަނަކީ .. ތިއަށްވުޜެ ޓީއުޝަން ކްލާހެއްވެސްސިސްޓަމެޓިކް ވާނެ. 😅
އަހުމަދު
ޔުނިވާސިޓީން މިއަހަރު ޖުލައިގައި ފެށި މާސްޓާރސް ކޯހަށް ކުދިން ސެލެކްޓް ކޮށްފައިވަނީ ވެސް ވަރަށް ދޯދިޔާކޮށް! ފަހުން ފޯމްލީ ބައެއްކުދިން ޝަރުތު ހަމަނުވޭ! އެކަމަކު ޝަރުތު ހަމަވާ ކުދިންނަނަށް ފުރުޞަތެއް ނުދިން!
ލެކްޗަރރެއް
ދަރިވަރުން ރަޖިސްޓްރީ ވާނީ ދީފައިވާ މައުލޫމާތަށް ބަލާފައި. ސިސްޓަމުގައި އެންޓަރކޮށްފައިވާ މާއްދާތަކަށް. ހަބަރުގައިވެސް އެއޮތީ ޔުނިވަރސިޓީގެ އޮޅުމަކުންކަމަށް. ޙދ އަދި ލ.ކެމްޕަހުގައި ދިވެހި މާއްދާ ކޯހަކަށް ތިހެންތިވީ ޑިޕާރޓްމަންޓުން ކުރި ކަމަކުން. ފަހަރު 1 އަދި 2 ކުއްޖަކު ފަރުވާކުޑަކަމުން ވީ ކަމެއް ނަަމަ މުޅި 2 ބެޗަށް ނުވީސް ތިހެން.
ހުސޭން
ރާއްޖޭގައި މިހާރު އިނގިރޭސި ބަހުން ލިޔަން ކިޔަން ނުދަންނަ މީހުންވެސް މާސްޓަރސް އިނގިރޭސި ބަހުން ކިޔަވާ ކޯސްތަކުންވެސް ގްރަޖުއޭޓް ވެފަތިބެނީ.. މިކަމަކީ މިހާރު ވިސްނަންވެއްޖެ ކަމެއް😢
ސްމޭޝް/ފުވައްމުލައް
އަތޮޅު ތަކުގެ ކެމްޕަހުގައި ކިޔަވާއިރު ބައެއްފަހަރު މައްދާތައް ދޫކޮށްލަން ޖެހެނީ ކިޔަވަިއދޭނެ މީހަކު ނުވުމުން. ދެން ފަހުން އެމާއްދާއެއް ހަދާގޮތަށް އޮންނަނީ. ގްރެޖުއޭޝަންގެ ކުރިން ރެޖިސްޓްރާ ޗެކު ކުރާނެ ކޯސްރިކުއަރމެންޓް ފުރިހަމވެފައިވޭތޯ؟ އެގޮތަށް ބެލިބެލުމުން ފުރިހަމަ ނުވާކަން އެނގިފައި ތިއޮތީ.
ކުދިންނަށް ވެސް އެގެންޖެހޭނެ އެމާއްދާ އަދި ނުކިޔަވާ އޮތްކަން. ކުރިން އެކަމާއި ކުދިން ވެސް ވިސްނައި ޑިގްރީ ރިކުއަރމެންޓް ފުރިހަމަ ނުވާކަން އަންގައި، އެމާއްދާ ހެދުމުގެ ފުރުސަތު ކޯހުގެ މުއްދަތުގެ ތެރޭގައި ހޯދުނީސް. ދެން ހަމަ ޖެހޭނީ އެމާއްދާ ކިޔަވަން. ލަސްވުމުގައި ހާލަތާއި އިހުމާލުވެސް ވޭ..
ލ.އަތޮޅު ކެމްޕަހު ދަރިވަރެއް
އަޅުގަނޑަކީ މިމަހު ދަސްވެނިމޭނެ ކަމަށް ކްލިއަރަންސް ދީފައިވާ ބެޗްލަރސް އިން ދިވެހި ސްޓަޑީސް ލ.އަތޮޅު ކެމްޕަހުން އޭގެ ފަހުން އަދި 1 ސެމެސްޓަރ ކިޔަވަންޖެހޭ ކަމަށް މިމަހު އަންގައިފި. ބުނެފައިވާ މާއްދާތަކުގައި ރަޖިސްޓްރީވެ ކިޔެވުން ނިމުނުފަހުން ކްލިއަރަންސްދީފައި އަލުން ހަދަން. އެބުނާ ސެމެސްޓަރަކާ ހަމައަށް މިކެމްޕަހުގައި ދެން ބެޗެއް ދާނެ ދުވަހެއް ނޭނގޭ. 6 މަސް ކީއްކުރަންތޯ ދޮޅު އަހަރު ފަހުން ދެން ނިމޭނީ. މިވަރު ލަނޑެއް ދޭން ހެޔޮނުވާނެ.
ކަދުރޭ
ގައުމީ ޔުނިވަރސިޓީ ވެސް ޕީޕީ ޖަގަހައިގެ ފެންވަރުގަ މީ ހަމަ ތަރައްގީ🐜🐜🐜
ޕޮގުބާ
ނުފިލާނެ ގަމާރުކަމެއް ދުވަހަކުވެސް
ގޮއްޔެ
ތިގޮތަށް "އޮޅިގެން" އެބަހުރި ގްރެޖުއޭޝަނަށް ފޯމްލާން ބަލާލާއިރު ކޯހުގެ ނަންވެސް ބަދަލުވެފަ.
ޒެޑްސް 2
ޔުނިވާސިޓީ ގެ ފަރުވާކުޑަކަމުން ހިނގާ ކަންތައްތަކުގެ ކުދިން ޒިންމާ ވާކަށްނުޖެހޭނެ.
ޒެޑްސް 1
އެކަމަކު ކުދިން ނަށް ވެސް އެނގޭނެ ދޯ، ޑިޕްލޮމާ އަށް ކުރިމަތި ލާއިރު މިކުރިމަތި ލަނީ ކޮން ޑިޕލޮމާ އަކަށް ކަން. އަދި އެ ހަދަން ޖެހޭ ޑިޕލޮމާ އެއްގައި ހިމެނެނީ ކިތައް މޮޑިއުލްކަން ވެސް އެނގޭނެ ޔުނިވަރސިޓީ ވެބްސައިޓް ބަލާލުމުން. އޭގައި ލިޔެފައި އޮންނާނެ އެތަނުން ކިޔަވައިދޭ ޑިޕލޮމާ ތަކާއި ޑިގްރީ ތަކާއި ސެޓްފިކެޓްތަކުގައި ކިޔަވަން ޖެހޭ މޮޑިއުލް ތައް. ކުދިން ވެސް މިވަރު ނުބަލާ ނަމަ، ދެން ކޮން ފެން ވަރެއް ތިޔަހުރީ؟

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]